Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިސިސްއިން "ޝަހީދުކުރި" ޒުވާނާގެ ވާހަކަ

އައިސިސްއިން "ޝަހީދުކުރި" 22 އަހަރުގެ ޒުވާނާގެ މަންމަ ބުނީ ކީކޭކަން އެނގޭތަ؟

2015 ވަނަ އަހަރު، އައިސިސްގެ ލީބިޔާ ގޮފިން ވަނީ ތުރާބުލުސްގައި ހިންގި ލަގްޜަރީ ފެންވަރުގެ ކޮރިންތިއާ ހޮޓަލަށް ހަމަލާ ދީ، 9 މީހަކު މަރާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 މެއި 2023 | ބުދަ 12:32
އައިސިސްއިން "ޝަހީދުކުރި" 22 އަހަރުގެ ޒުވާނާގެ މަންމަ

އައިސިސްއިން "ޝަހީދުކުރި" 22 އަހަރުގެ ޒުވާނާގެ މަންމަ

ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ޖަމާއަތަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކޮންމެ މީހެއްގެހެން ދުލުކުރިއަށް އެންމެ ފުރަތަމަވެސް އަންނަ ނަމަކަށް ވަނީ އައިސިސްއެވެ. ސޫރިޔާގެ ހަނގުރާމަގަނޑުގެ ތެރެއިން އުފެދިގެން އައި އިސްލާމިކް ސްޓޭޓް އިރާގް އެންޑް ލީވާންޓް، ނުވަތަ އަރަބިން ކިޔައިއުޅޭގޮތުން ނަމަ ދާއިޝް (އައިސިސް)ގެ ބާރުވެރިކަން އަދިވެސް ކަނޑުވާލެވިފައެއް ނުވެއެވެ.

އައިސިސްގެ ސަބަބުން ދުނިޔެއަށް ނުރައްކާ ކުރިމަތިވެފައިވާކަމަށް، އދ.ގެ ސަލާމަތީ މަޖިލީހުން މިއަހަރު އާންމުކުރި ރިޕޯޓުގައިވެސް ވަނީ ތަކުރާރުކޮށްފައެވެ. އައިސިސްގެ ފިކުރަށް އެއްބާރުލުން ދެމުންދާ އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ފެތުރިފައެވެ. ކަން މިހެން އޮތްއިރު، ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ދަނީ، އައިސިސްއަށް ވާގިދޭ ފަރާތްތައް ހޯދައި، އެފަދަ މީހުންގެ މައްޗަށް ހުކުމްތައް ތަންފީޒުކުރެވޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ.

އައިސިސްގެ ކެމްޕޭނުގައި ބައިވެރިވެފައިވާކަމުގެ ކުށުގައި އެންމެ ފަހުން ބައެއްގެ މައްޗަށް ހުކުމް އިއްވި އެއް ގައުމަކީ ލީބިޔާއެވެ. މެއި 29 ވަނަ ދުވަހު ލީބިޔާގެ ކޯޓުން ވަނީ 23 މީހަކު މެރުމަށާއި އިތުރު 14 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައެވެ. އެ މީހުންނަކީ 2015 ވަނަ އަހަރު ސިރްތީ ސިޓީ ހިފުމާއި، މިސްރުގެ ނަސާރާއިންތަކެއްގެ ބޯ ބުރިކުރުމަށް ހިންގި ކެމްޕޭނުގައި ބައިވެރިވެފައިވާ މީހުންނެވެ.

6 މީހެއްގެ މައްޗަށް 10 އަހަރު ދުވަހުގެ ހުކުމް، އެކަކުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމް، އަދި 6 މީހެއްގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމް، އަދި އިތުރު މީހެއްގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާކަމަށް ލީބިޔާގެ ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތު ދެއެވެ. 5 މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ނިންމާފައިވާއިރު، 3 މީހަކު ވަނީ ޝަރީއަތް ނިމުމުގެ ކުރިން މަރުވެފައި ކަމަށްވެސް ޚަބަރު ލިބެއެވެ.

އައިސިސްއިން ލީބިޔާގައި އޮޕަރޭޓް ކުރަމުން ދިޔަ ގޮތްޕަކީ، އެ ޖަމާއަތުގެ މަރުކަޒު ކަމުގައިވާ އިރާގާއި ސޫރިޔާއިން ބޭރުގައި ހިންގި އެންމެ ވަރުގަދަ އެއް ގޮތްޕެވެ. އެއީ 2011 ވަނަ އަހަރު ނޭޓޯގެ އެއްބާރުލުމާއެކު ލީބިޔާގައި ހިންގި ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއިން އުފެދުނު ނުތަނަވަސްކަމުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.

މުސްތަފާ ސަލީމް ތުރާބްލުސީއަކީ އައިސިސްގެ ޝިކާރައަކަށް ވީ މީހުންގެ އާއިލާތަކަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ޖަމިއްޔާގެ އިސްވެރިޔާއެވެ. އޭނާ އުއްމީދުކޮށްގެން ހުރީ، ދައުވާ ލިބޭ ހުރިހައި އެންމެންގެ މައްޗަށް މަރުގެ ހުކުމް އިއްވާނެކަމަށެވެ. އެކަން އެހެން ނުވިނަމަވެސް، ކޯޓުގެ ނިންމުން ބަލައިގަންނަކަން ތުރާބްލުސީ ވަނީ ފާހަގަކޮށްފައެވެ.

ސިރްތީ ސިޓީ ކައިރީގައި ހިންގި އިންޖީނު ގެއެއްގައި އައިސިސްއިން މަރައިލި ފިރިހެނެއްގެ މަންމަ ކަމަށްވާ، ފައުޒިއްޔާ އަރްހުމާވެސް ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ.

2015 ވަނަ އަހަރު، އައިސިސްގެ ލީބިޔާ ގޮފިން ވަނީ ތުރާބުލުސްގައި ހިންގި ލަގްޜަރީ ފެންވަރުގެ ކޮރިންތިއާ ހޮޓަލަށް ހަމަލާ ދީ، 9 މީހަކު މަރާލާފައެވެ. އަދި މިސްރަށް ނިސްބަތްވާ ނަސާރާއިންތަކެއްގެ ބޯ ބުރިކޮށް، އެމަންޒަރުތައް ރެކޯޑްކޮށް، އައިސިސްގެ ޕްރޮޕެގެންޑާ ވީޑިއޯތަކުގައި ވަނީ ބޭނުންކޮށްފައެވެ.

ލީބިޔާގެ އިރުމަތިން ބެންޣާޒީ، ދީރްނާ، އަދި އަޖްދާބިޔާގެ ކޮންޓްރޯލް ނެގުމަށް ފަހު، އައިސިސްއިން ވަނީ ލީބިޔާގެ އައްސޭރިފަށުގެ މަރުކަޒީ ސިޓީއެއް ކަމަށްވާ ސިރްތީގެ ކޮންޓްރޯލްވެސް ނަގާފައެވެ. 2016 ވަނަ އަހަރުގެ ފަހުކޮޅާ ޖެހެންދެން އެ ސަރަހައްދު ކޮންޓްރޯލްކުރަމުން ދިޔައީ އައިސިސްއިން ކަމަށް ވާއިރު، ވެރިކަން ހިންގަމުންދިޔައީ އިންތިހާ ހަރުކަށި އުސޫލަކުންނެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2018

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

18 ޖެނުއަރީ 2018
މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟
01 ޖެނުއަރީ 2018

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........
09 އޮކްޓޯބަރު 2017

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު