Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗަމްޕާ ބްރަދާސްގެ އެހީ

ޗަމްޕާ ބްރަދާސްއިން މާލެ ސިޓީ ކައުންސިލަށް ވެދިން އެހީތެރިކަމުގެ އަގު ވަޒަންކޮށްފި

ކާއްޓާއި 10 ޓަނުގެ ކަރާ ސިޓީ ކައުންސިލް މެދުވެރިކޮށް މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބަހާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މެއި 2023 | އަންގާރަ 08:09
ޗަމްޕާ ބްރަދާސް އިން ވެދިން އެހީ ފާހަގަކޮށް ލިޔުން ހަވާލުކުރައްވަނީ

ޗަމްޕާ ބްރަދާސް އިން ވެދިން އެހީ ފާހަގަކޮށް ލިޔުން ހަވާލުކުރައްވަނީ

ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެ ސިޓީގެ ގޭބިސީތަކަށް ވެދިން އެހީތެރިކަމުގެ އަގު މާލެ ސިޓީ ކައުންސިލުން ވަޒަންކޮށްފިއެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހު މާލެ ސިޓީ ގޭބީސީތަކުގެ ކެއިންބުއިމާ ބެހޭ އާންމު ޚަރަދުބަރަދަށް ލުއިކަން ދިނުމުގެ މަޤުސަދުގައި ޗަންޕާ ބްރަދާރސްގެ ފަރާތުން ޗަންޕާ މުޙައްމަދު މޫސާ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގެ ގޭގެއަށް ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށް ޓަކައި އެކަމުގެ އަގުވަޒަންކޮށް މާލެސިޓީ ކައުންސިލްގެ ފަރާތުން ވަނީ ޗަންޕާ މުޙައްމަދު މޫސާ އަށް ހަނދާނީ ފިލާ އަކާއި ހަނދާނީ ލިޔުމެއް އަރުވާފައެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ހަނދާނީ ފިލާއާއި ހަނދާނީ ލިޔުން މުޙައްމަދު މޫސާ އާއި ހަވާލު ކޮށްދެއްވީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ބައްދަލުވުމުގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަންޕާ މުޙައްމަދު މޫސާ ވަނީ މާލެ ސިޓީ ކައުންސިލުން އެތަކެތި ރައްޔިތުންނަށް ބެހުމުގެ އިންތިޒާމްތައް ކުރިއަށްގެންދިޔައީ ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ އެކަމަށްޓަކައި މާލެ ސިޓީ ކައުންސިލާއި، މޭޔަރ ޑރ. މުޢިއްޒުއަށް ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުޢިއްޒު ވަނީ ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޗަމްޕާ ބްރަދާސް އާއި ޗަންޕާ މުޙައްމަދު މޫސާ އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. އަދި މިއީ ރައްޔިތުން ވަރަށް ބަލައިގަތް ކަމެއް ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލަށް ހަވާލުކުރި ކާށި އަދި 10 ޓަނު ކަރާ ކައުންސިލް މެދުވެރިކޮށް މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބަހާފައެވެ. އެގޮތުން 3524 މީހަކަށް 50375 ކާށި ވަނީ ބަހާފައެވެ. އަދި 2325 މީހަކަށް 4650 ކަރާ ވަނީ ބަހާފައެވެ.

މިތަކެތީގެ ތެރެއިން ކާށި ބެހުން ކުރިއަށްގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކަރާ ބެހުން ކުރިއަށް ގެންގޮސްފައިވަނީ 27 އޭޕްރީލްގައެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ 2 ފަހަރެއްގެ މަތިން ކާށި ހަދިޔާ ކޮށްފައެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި ކާއްޓާއި ކަރާ މާލެސިޓީ ކައުންސިލުން ވަނީ ކާމިޔާބުކަމާއެކު ބަހާ ނިންމާލާފައިފައެވެ. ކާއްޓާއި ކަރާ ބެހުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއިއެކު ދިޔަ ދިވެހި ކޮންމެ ރައްޔިތަކަށެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު