Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އިސްތިހާރު ކުރުން

ސައުދީ މާކެޓުގައި ރާއްޖެ އިސްތިހާރުކުރަން އާރުޓީއެފްގައި ރާއްޖެއިން ބައިވެރިވެއްޖެ

އެމްއެމްޕީއާރުސީއާއެކު 15 ކުންފުނި ތަމްސީލު ކުރާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 26 ޕާޓްނަރުން ބައިވެރިވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 މެއި 2023 | އަންގާރަ 02:34
އާރުޓީއެފްގައި އެމްއެމްޕީއާރުސީގެ ސްޓޭންޑު ކުރިމަތީގައި ރާއްޖެއިން ބައިވެރިވި ފަރާތްތައް

އާރުޓީއެފްގައި އެމްއެމްޕީއާރުސީގެ ސްޓޭންޑު ކުރިމަތީގައި ރާއްޖެއިން ބައިވެރިވި ފަރާތްތައް

ސައުދީ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށް ސައުދީ އަރަބިއްޔާގައި މި މަހު ކުރިއަށްދިޔަ އެ ޤައުމުގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ރިޔާދު ޓްރެވަލް ފެއާ (އާރުޓީއެފް) ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 22 އިން 24 އަށް ކުރިއަށްގެންދިޔަ މި ފެއާގައި އެމްއެމްޕީއާރުސީއާއެކު 15 ކުންފުނި ތަމްސީލު ކުރާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 26 ޕާޓްނަރުން ބައިވެރިވިއެވެ. އެމްއެމްޕީއާރުސީން މި ފެއާގައި ބައިވެރިވީ ސައުދީ މާކެޓުގައި ރާއްޖޭގެ ބްރޭންޑު ހަރުދަނާކޮށް އެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ހަލާލް ޓޫރިޒަމް ޕްރޮމޯޓު ކުުރުމުގެ އިތުރުން މެދުއިރުމަތީގެ ލަގްޒަރީ ސެގްމަންޓަށް އަމާޒުކޮށް ރާއްޖެ ޕްރޮމޯޓު ކުރުމުގެ ބޭނުމުގައެވެ.

އާރުޓީއެފް އަކީ ކޮންމެ އަހަރަކު ސައުދީގެ ވެރިރަށް ރިޔާދުގައި ކުރިއަށްގެންދާ އެ ޤައުމުގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތެވެ. މި ފެއާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވެއެވެ. މިއީ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ޚިދުމަތްތައް އިންވެސްޓަރުންނަށް އެއްތަނަކުން ދައްކާލެވޭ އެންމެބޮޑު އެއް ހަރަކާތެވެ.

މި ފެއާގައި ކޯޕަރޭޓް ޓްރެވަލް ޑިސިޝަން މޭކެރުންނާއި، އިންވެސްޓަރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، ވީއައިޕީ ކްލައިންޓުން ތަމްސީލުކުރާ ޓްރެވަލް އޭޖެންޓުން އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުން ބައިވެރިވާއިރު މިއީ އައު ޚިދުމަތްތަކާއި އުފެއްދުންތައް ތައާރަފު ކުރުމަށް ވެސް ރަނގަޅު ފެއާއެކެވެ.

އެމްއެމްޕީއާރުސީން އާރުޓީއެފްގައި ބެހެއްޓި ސްޓޭންޑަކީ ރާއްޖޭގެ އަމާންކަމާއި ރީތިކަން ފެންނަގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. އެ ސްޓޭންޑު މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓުތައް ދައްކާލާފައިވާއިރު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދުނިޔޭގެ ބޮޑެތި ފެއާތަކުގައި ބައިވެރިވުމާއި ކެމްޕޭނުތަކުގައި ބައިވެރިވުމާއި ރޯޑްޝޯ އާއި ޓީވީތަކާއި ރޭޑިއޯ އަދި މެގަޒިންތައް މެދުވެރިކޮށް ވެސް އެ ކުންފުނިން އަންނަނީ ރާއްޖެ އިސްތިހާރު ކުރަމުންނެވެ.

ސައުދީ އަކީ މިއަހަރުގެ މިހާތަނަށް 19 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ޤައުމެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު