Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރެޒިލް ޤައުމީ ޓީމު

އެޑްނާލްޑޯ އަދިވެސް އުންމީދު ކުރަނީ އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް

އަންނަ ސީޒަނުގައި ރެއާލްގެ ކޯޗުކަމުގައި ހުންނާނެ ކަމުގެ ޔަގީންކަން އަންޗެލޮޓީ ވަނީ ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 07:05
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ބްރެޒިލް ޤައުމީ ޓީމުގެ ކޯޗުކަމާ އިޓަލީގެ ކާލޯ އަންޗެލޮޓީ ހަވާލުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭސް ވިދާޅުވެއްޖެ އެވެ.

ބްރެޒިލް ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްކޮށް އޮތީ އެންމެ ފަހުން އެ މަގާމުގައި ހުރި ޓީޓޭ ވަކިވުމުންނެވެ. ޓީޓޭ މަގާމުން ވަކިވެފައި ވަނީ މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕަށް ފަހު އެވެ. އެ މުބާރާތުގެ ކުރިން ވެސް ޓީޓޭ ވަނީ އެކަން ހާމަކޮށްފަ އެވެ. އޭގެ ފަހުން ބްރެޒިލްގެ ކޯޗުކަމުގެ ޒިންމާ ވަގުތީ ގޮތުން އަދާ ކުރަމުން އަންނަނީ އެސިސްޓެންޓް ކޯޗެވެ. މީގެ ކުރިން ވެސް އެޑްނާލްޑޯ ވަނީ އަންޗެލޮޓީ އަށް ޝައުޤުވެރިކަން އޮތް ކަމަށް ވިދާޅުވެފަ އެވެ. އޭނާ އޭރު ވިދާޅުވީ އަންޗެލޮޓީ އަކީ ބްރެޒިލަށް އެންމެ ރަނގަޅު ޗޮއިސް ކަމަށެވެ.

އަންޗެލޮޓީ މިހާރު ހުރީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ބްރެޒިލުން އޭނާ އަށް ޝައުޤުވެރިކަން ފާޅު ކުރި ހިސާބުން ވެސް އަންޗެލޮޓީ ބުނަމުން އައީ އެއްބަސްވުމުގެ މުއްދަތު ހަމަވާންދެން ރެއާލްގައި ހުންނާނެ ކަމަށެވެ. އަދި ކޯޗިން ކަމުން ރިޓަޔާވާން ބޭނުންވަނީ ވެސް ރެއާލްގައި ހުރެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި ސީޒަނުގައި ރެއާލާއެކު އަންޗެލޮޓީ އަށް މާ އެދެވޭ ކާމިޔާބެއް ނުހޯދުނު ނަމަވެސް، އަންނަ ސީޒަނުގައި އެ ކުލަބުގެ ކޯޗުކަމުގައި ހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފަ އެވެ.

އެކަމާ ގުޅިގެން ދާދި ފަހުން އެޑްނާލްޑޯ ވިދާޅުވީ އަބަދު ވެސް ބްރެޒިލްގެ ފުރަތަމަ ޕްލޭން އަކީ އަންޗެލޮޓީ ކަމަށެވެ. އެހެންކަމުން އުންމީދު ކުރަނީ އެކަން ކާމިޔާބުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ބްރެޒިލް ޤައުމީ ޓީމު ދެކެ އަންޗެލޮޓީ ލޯބިވާ ކަމަށާއި، ބްރެޒިލްގެ ކުޅުންތެރިންނާއި އެ ޤައުމުގެ ފުޓުބޯޅަ ވެސް އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ.

ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލްގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އެ ޓީމަށް އިރުޝާދު ދީފަ އެވެ. ދެ ފަހަރުގެ މަތިން އަންޗެލޮޓީ ވަނީ އެ ޓީމަށް 10 ތައްޓެއް ކާމިޔާބުކޮށްދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު