Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބޮރޫޝިއާ ޑޯޓްމަންޑު

ހިލޭ ޓްރާންސްފާއެއްގައި ގުރެއިރޯ ޑޯޓްމަންޑު ދޫކޮށްލަނީ

ޑޯޓްމަންޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 05:43
ޑޯޓްމަންޑަށް ކުޅެމުން އަންނަ ރަފައެލް ގުރެއިރޯ

ޑޯޓްމަންޑަށް ކުޅެމުން އަންނަ ރަފައެލް ގުރެއިރޯ

ޖަރުމަނު ލީގުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ރަފައެލް ގުރެއިރޯ މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

ލޮރިއެންޓް ދޫކޮށް ގުރެއިރޯ ޑޯޓްމަންޑަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ އެކުލަބާއެކު އެކުލަވާލީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މުއްދަތު 2020 ވަނަ އަހަރު ހަމަވާން އޮތްއިރު، އިތުރު ތިން އަހަރަށް އެއްބަސްވުން އައު ކުރި އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ޑޯޓްމަންޑު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޑޯޓްމަންޑު ދޫކޮށްލަން އޭނާ ނިންމާފައިިވީ ނަމަވެސް، ބަދަލުވާނެ ކުލަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ހޯދުމުގެ ޝައުޤުވެރިކަން ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑުން ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގުރެއިރޯ ވަނީ އޭނާގެ ނިންމުން ކުލަބުގެ ވެރިންނާއި، ޓީމުގެ ކުޅުންތެރިންނާ ހިއްސާކޮށްފަ އެވެ. ޑޯޓްމަންޑު ދޫކޮށްލަން ގުރެއިރޯ ނިންމީ އެކުލަބުން އޭނާއާއެކު އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތަކަށް ތައްޔާރުވަމުން އަންނަނިކޮށް ކަމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ގުރެއިރޯގެ ނިންމުމަށް ޑޯޓްމަންޑުން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގުރެއިރޯ ވަނީ މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 224 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ދެ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް އެވެ. މީގެ އިތުރުން މި ސީޒަނުގެ ޖަރުމަނު ލީގުގެ ރަނަރަޕްކަން އޭނާ ވަނީ ޑޯޓްމަންޑާއެކު ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2017

ޖެނުއަރީ ޓްރާންސްފާގައި ޓޮރޭޒް އެޓްލެޓިކޯ ދޫކޮށްލަނީ!

04 ނޮވެމްބަރު 2017
ޖެނުއަރީ ޓްރާންސްފާގައި ޓޮރޭޒް އެޓްލެޓިކޯ ދޫކޮށްލަނީ!
08 ސެޕްޓެމްބަރު 2017

ހަމްސިކް ނަޕޯލީ ދޫކޮށްލަނީ..؟

08 ސެޕްޓެމްބަރު 2017
ހަމްސިކް ނަޕޯލީ ދޫކޮށްލަނީ..؟
21 ޖޫން 2017

މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!

21 ޖޫން 2017
މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!
08 ޖޫން 2017

ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ

08 ޖޫން 2017
ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ
02 މެއި 2017

ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!

02 މެއި 2017
ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު