Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާގެ އައު މަޖިލިސް ކުރާ ގެ

އިދިކޮޅު މެންބަރުން ނުލައި އިންޑިއާގެ މަޖިލީސް ކުރާ ގޭގެ އައު އިމާރާތް ހުޅުވައިފި

އައު އިމާރާތް ހުޅުވާދެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 މެއި 2023 | ހޯމަ 02:25
ނިއުދިއްލީގައި ހުންނަ އިންޑިއާގެ އައު މަޖިލިސް އިމާރާތް

ނިއުދިއްލީގައި ހުންނަ އިންޑިއާގެ އައު މަޖިލިސް އިމާރާތް

އިނގިރޭސި އިސްތިޢުމާރީ އަޅުވެތިކަމުގެ އަސަރުތައް އެ ޤައުމުން ފޮހެލުމަށް އިންޑިއާގެ އަދުގެ ސަރުކާރުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ޗޭނަށް އައު ބޮޅެއް އިތުރުކޮށް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އައު އިމާރާތް ހުޅުވައިފިއެވެ.

އިނގިރޭސިންގެ އަޅުވެތިކަމުގެ ދުވަސްވަރުގެ ފަރުމާއަކަށް، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަޅާފައި ހުރި މަޖިލީސް ކުރާ ގެއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މެއި 28 ވަނަ ދުވަހު، އައު އިމާރާތް ހުޅުވާދެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއެވެ.

މިހާރުވެސް ތަރައްޤީއާއި އާބާތުރަ ފިލުވުމުގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންދާ ދިއްލީގެ މައި ސަރަޙައްދުގައި ހުޅުވި އައު އިމާރާތަކީ އިންޑިއާގެ ޘަޤާފަތާއި، އާދަކާދައިގެ އިތުރުން އިންޑިއާ ރަމްޒުކޮށްދޭ އެކި ނިޝާންތައް ބޭނުންކޮށްގެން ފަރުމާ ކޮށްފައިވާ އިމާރާތެކެވެ. އިންޑިއާގައި މިހާރު އޮތް މަޖިލީހުގެ ދަޢުރު ހަމަވެ، އައު މަޖިލީހެއް އެކުލަވާލުމަށް ވޯޓުލުން ކުރިއަށް ގެންދަން ދެން އޮތީ އަހަރެއްހާ ދުވަހެވެ. ކުރިއަށް އޮތް އިންތިޚާބުގައި، މޯދީގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން، ހިންދޫ ވަޠަނީ ފިކުރުގެ ގިނަ މެންބަރުންތަކެއް ކުރިއަށް ނޭރެނެ ކަމަށް ޚަބަރު ލިބެއެވެ. އަމާޒަކީ ބީޖޭޕީ ސަރުކާރަށް 3 ވަނަ ދައުރެއް ކަށަވަރު ކުރުމެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އައު އިމާރާތް ހުޅުވުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، އިދިކޮޅު ފިކުރަށް ނިސްބަތްވާ 20 ޕާޓީއިން ބައިވެރިވެފައެއް ނުވެއެވެ. އެ ޕާޓީތަކުން ވަނީ މި ރަސްމިއްޔާތު ބޮއިކޮޓް ކޮށްފައެވެ. އެ ޕާޓީތަކުން ބުނާ ގޮތުގައި، މޯދީ ވަނީ މަޖިލިސް ކުރާ ގޭގެ އައު އިމާރާތް ހުޅުވުމުގެ ޕްރޮޓޮކޯލްއާ ޚިލާފުވެވަޑައިގެންފައެވެ. މޯދީ އެކަން ކުރައްވާފައި ވަނީ އޭނާއަށް ސަމާލުކަން ހޯއްދެވުމަށް ކަމަށާއި، ރަސްމީ ގޮތުން އިމާރާތް ހުޅުވާދެއްވަން ޖެހޭނެ ބޭފުޅަކީ ވެރިކަން ހިންގުމުގެ އެންމެ މަތީ ބާރު ކަމުގައި ރައީސް ކަމަށް، އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.

މޯދީގެ ސަރުކާރުން ވަނީ އިދިކޮޅުގެ ދަޢުވާއަށް އިންކާރު ކޮށްފައެވެ. އަދި އެއްވެސް ޕްރޮޓޮކޯލްއަކާ ޚިލާފުވެފައި ނުވާނެ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ޤައުމުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ފަރާތަށް، ބޮޑުވަޒީރު އިޚުތިރާމް ކުރައްވާ ކަމަށް ވެސް މޯދީގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އައު އިމާރާތުގެ މަޝްރޫޢަކީ އިސްތިޢުމާރީ އަޅުވެތި ކަމުގެ ދުވަސްވަރު ދިއްލީގެ އެންމެ މަރުކަޒީ ހިސާބުގައި އަޅާފައިވާ މުހިންމު އިމާރާތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެ އިމާރާތްތަކުގައި އިންޑިއާ ވަންތަކަން އަށަގެންނެވުމަށް ހިންގާ 2.4 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ އެންމެ ހައްސާސް ބައެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު އިމާރާތް ކޮށްފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އައު އިމާރާތުގައި، 2 ޗޭމްބަރު ހިމެނޭހެން ޖުމުލަ 1272 މެންބަރުންގެ ގޮނޑި ހިމަނާފައިވެއެވެ. އެއީ ބައު އިމާރާތްތަށް ވުރެ ގާތްގަނޑަށް 500 ގޮނޑި އިތުރު ޢަދަދެކެވެ. އަދި އޭގެ 3 ގުނަ އިތުރު ޖާގަވެސް، ދެން އިތުރުވާ މަޖިލީސް މެންބަރުންނަށް ތިބެވޭނެ ގޮތަށް ބަދަލު ގެނެވޭނެ ފަދައިން ހިމަނާފައިވެއެވެ. އިންޑިއާއަކީ މިވަޤުތު ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ.

ތިނެސްކަން ބައްޓަމަށް ފަރުމާކޮށްފައިވާ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އައު އިމާރާތް ހުންނަނީ، ވަށްބުރެއްގެ ބައްޓަމަށް ފަރުމާކޮށްފައި ހުރި ބައު އިމާރާތުގެ ކުރިމަތިން ހުރަސްވާ ގޮތަށެވެ. އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައު އިމާރާތަކީ އިންޑިއާއަށް މިނިވަންކަން ލިބުމުގެ 20 އަކަށް އަހަރު ކުރިން، 1927 ވަނަ އަހަރު، އިނގިރޭސި އަރކިޓެކްޓުން ކަމަށް އެޑްވިން ލޫޓިޔެންސްއާއި ހަރބާޓް ބޭކަރ އެޅި އިމާރާތެކެވެ. އައު އިމާރާތް ހުޅުވުމާއެކު، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައު އިމާރާތް ބަދަލު ކުރާނީ ދާރުލްއާޘާރާކަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު