Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް އެސްއެމްއީ ވޯރކްޝޮޕް

އެސްއެމްއީތަކަށް އަމާޒުކޮށްގެން އައްޑޫގައި ކުރިއަށްގެންދިޔަ ވޯރކްޝޮޕް ވަރަށް ކާމިޔާބު: ބީއެމްއެލް

28 މެއި 2023 | އާދީއްތަ 11:43

މި މަސައްކަތު ބައްދަލުވުމުގައި 60ށްވުރެ ގިނަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ބައިވެރިވެފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 މެއި 2023 | އާދީއްތަ 11:43
ބީއެމްއެލްއިން އައްޑޫގައި ބޭއްވި އެސްއެމްއީ ވޯރކްޝޮޕް

ބީއެމްއެލްއިން އައްޑޫގައި ބޭއްވި އެސްއެމްއީ ވޯރކްޝޮޕް

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާ ގުޅިގެން، ފައިނޭންޝަލް ލިޓްރަސީ އިތުރުކުރުމުގެ ގޮތުން، އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށާއި އަލަށް ވިޔަފާރިއަށް ނިކުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބުކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ސިޓީ ކައުންސިލްގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި 60ށްވުރެ ގިނަ, ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، އަލަށް ވިޔަފާރިއަށް ނިކުންނަން ބޭނުންވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އެހެންކަމުން މިއީ ކާމިޔާބު މަސައްކަތު ބައްދަލުވުމެއް ކަމަށް ސިފަކުރަމުން ބީއެމްއެލްއިން ބުނީ ބައިވެރިންނާއި ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި، ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފަށައިގަންނާނެ ގޮތްތަކާއި ގަވާއިދުތަކާއި އަދި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާއި، ވިޔަފާރިއެއް ފަށައިގަތުމުގައި އެންމެ ބޮޑަށް ދިމާވާ މާލީ ދަތިތައް ހައްލުކޮށް އެކަމަށް ހުރި ފުރުސަތުތައް ކިޔައިދީފައި ވާނެކަމަށެވެ.

އެފްޖޭއެސް ކޮންސަލްޓީއާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުންވެސް ފާހަގަކޮށްފައިވަނީ މިއީ އައްޑޫ ސިޓީގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ ކާމިޔާބު ވޯރކްޝޮޕެއް ކަމަށެވެ.

މާލެއާއި ކުޅުދުއްފުށީގައި މީގެ ކުރިން ބީއެމްއެލްއިން މިފަދަ ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު، ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ޖޫން 2019

އައްޑޫގައި ބާއްވާ އުރީދޫ ކަލަރ ރަންގައި ބައިވެރިވާން ހުޅުވާލައިފި

11 ޖޫން 2019
އައްޑޫގައި ބާއްވާ އުރީދޫ ކަލަރ ރަންގައި ބައިވެރިވާން ހުޅުވާލައިފި
18 މެއި 2019

ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތައް ހިންގައިފި

18 މެއި 2019
ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތައް ހިންގައިފި
20 މާރިޗު 2019

ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ބާއްވާ މާރކެޓިން ސެމިނަރތައް ފަށައިފި

20 މާރިޗު 2019
ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ބާއްވާ މާރކެޓިން ސެމިނަރތައް ފަށައިފި
17 މާރިޗު 2019

އެސްއެމްއީއަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސްގައި ހިންގައިފި

17 މާރިޗު 2019
އެސްއެމްއީއަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސްގައި ހިންގައިފި
26 ފެބުރުއަރީ 2019

ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފި

26 ފެބުރުއަރީ 2019
ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފި
02 ޖުލައި 2018

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ

02 ޖުލައި 2018
ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާރވޭ ޖުލައި 13ގައި ފަށަނީ
21 ފެބުރުއަރީ 2018

ބީއެމްއެލް އިން އައްޑޫގައި އިތުރު ދެ އޭޓީއެމް ހުޅުވައިފި

21 ފެބުރުއަރީ 2018
ބީއެމްއެލް އިން އައްޑޫގައި އިތުރު ދެ އޭޓީއެމް ހުޅުވައިފި
19 އޯގަސްޓު 2017

ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!

19 އޯގަސްޓު 2017
ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް