Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މެޑަލިން މެކެއިން ގެއްލުން

16 އަހަރުން ކުރިން މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދުން ސާމްޕަލްތަކެއް ނަގާ، އޭނަ ހޯދުން ހުއްޓާލައިފި!

ތަޙުޤީޤުތަކާ ގާތް މަސްދަރަކުން ރޮއިޓަރޒްއަށް ޚަބަރު ދިން ގޮތުގައި، ރިޕޯޓު ކުރާނެ ވަރުގެ ސާބިތު ހެއްކެއް، އޮޕަރޭޝަނުން ލިބިފައެއް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 11:19
މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

އޭނާގެ ޢާއިލާއާއެކު ޕޯރޗުގަލްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް، މީގެ 16 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައި ވާ، އިނގިރޭސި ރައްޔިތެއް ކަމަށްވާ، ޢުމުރުން އެންމެ 3 އަހަރުގެ މެޑަލިން މެކެއިން ހޯދުމަށް، ޕޯރޗުގަލްގައި އެންމެ ފަހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން، ބުރާސްފަތި ދުވަހު ހުއްޓާލައިފިއެވެ.

މެޑަލިން މެއިކެއިން ހޯދުމަށް، އޭނާ އެންމެ ފަހުން އުޅުނު ސަރަޙައްދު ބަލާ ފާސް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފެށީ މެއި 23، 2023 ވަނަ ދުވަހުއެވެ. އޮޕަރޭޝަން ނިންމާލިއިރު އެ ސަރަޙައްދުން ބައެއް ސާމްޕަލްތައްވެސް ވަނީ ނަގާފައެވެ. ނަމަވެސް، ޖަރުމަނު ޕްރޮސެކިއުޓަރު ވަނީ، މިކަމުން، އާދަޔާ ޚިލާފު ބޮޑު ކުރިއެރުމެއް ލިބުމުގެ ޢުއްމީދު ފަނޑުކަން ހާމަ ކުރައްވާފައެވެ.

ޕޯޗުގީޒް ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނަކީ، ޖަރުމަނުވިލާތުގެ ހުށަހެޅުމަކަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. މެޑަލިން މެކެއިން ގެއްލުނު ހާދިޘާއާ ގުޅިގެން ޕޯޗުގަލްގައި ކުރިއަށް ގެންދާ ތަޙުޤީޤުތަކާ މަސްލަޙަތު ފުށުނާރާނެ ގޮތްތަށް ބެލުމަށްފަހު، ޖަރުމަނުވިލާތާ ސާމްޕަލްތައް ހަވާލު ކުރާނެ ކަމަށްވެސް ޕޯޗުގީޒް ފުލުހުން ވަނީ ބުނެފައެވެ.

މެޑަލިން މެކެއިން ހޯދުމަށް އެންމެ ފަހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ބޭނުން ހިފޭ ވަރުގެ ހެކި ލިބިފައި ވާ ކަމަކަށް ޕޯޗުގީޒް ފުލުހުން ބުނެފައެއް ނުވެއެވެ. މި އޮޕަރޭޝަންގައި، ވަސްބަލަން ހާއްސަ ކުއްތާތަކުގެ އިތުރުން، ގަސްކަނޑާ މެޝިންތައް ބޭނުންކޮށްފައި ވާ އިރު، އިންވެސްޓިގޭޓަރުން ވަނީ، ހާމަ ބިމުގެ ކުދި ތަންތަންކޮޅުގައި، މަށަންދަތި އަޅައިގެންވެސް އެއްޗިހިތަކެއް ހޯދަން މަސައްކަތް ކޮށްފައެވެ.

ތަޙުޤީޤުތަކާ ގާތް މަސްދަރަކުން ރޮއިޓަރޒްއަށް ޚަބަރު ދިން ގޮތުގައި، ރިޕޯޓު ކުރާނެ ވަރުގެ ސާބިތު ހެއްކެއް، އޮޕަރޭޝަނުން ލިބިފައެއް ނެތެވެ.

މެޑަލިން މެކެއިން ގެއްލުނު ހާދިޘާގައި ތުހުމަތު ކުރެވޭ މީހަކު ހުރިކަމަށް ބުނެފައިވާ ޖަރުމަނުވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، މެޑަލިން މެކެއިން ޗުއްޓީ ހޭދަ ކުރަމުން ދިޔަ އެކަހެރި ރަށުގައި އަތްފުނާ އެޅުމަށް، ޕޯޗުގީޒް ކުރޫއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނަށް ހާއްސަކޮށްގެން އެ ސަރަޙައްދުގައި އެޅި ވަޤުތީ ކޮމާންޑް ސެންޓަރުވެސް، މެއި 25 ވަނަ ދުވަހު ވަނީ ރޫޅާލާފައެވެ.

ޖަރުމަނު ޕްރޮސެކިއުޓަރ ކްރިސްޗަން ވޯލްޓަރޒް ވަނީ، މާ ބޮޑު ކުރިއެރުމެއް ލިބިދާނެ ކަމުގެ ޢުއްމީދެއް ނެތް ކަމަށާ، ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ތަޙުޤީޤުތައް ކުރިއަށް ގެންދާކަން އަންގައިދިނުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުގެ ހޯދުންތަކުގެ ނަތީޖާ، މާ އަވަހަކަށް ލިބިދާނެ ކަމުގެ ޢުއްމީދެއްވެސް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕޯޗުގަލްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް، މެޑަލިން މެކެއިން ގެއްލުނީ، މެއި 3، 2007 ވަނަ ދުވަހުއެވެ. މެޑަލިން މެކެއިން ގެއްލުނު ހާދިޘާއަކީ، އަދުގެ ޒަމާނީ ތާރީޚުގައި މީހަކު ނުވަތަ ކުއްޖަކު ގެއްލިގެން އެންމެ ގަދައަށް މީޑިއާތަކުން ރިޕޯޓްކުރި ޚަބަރު ކަމުގައިވެސް ދެންނެވިދާނެއެވެ. ޖަރުމަނު ޕްރޮސެކިއުޓަރުން ވަނީ އޭނާ މަރުވެއްޖެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ނިންމާފައެވެ. ޖަރުމަނުވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މެޑަލިން މެކެއިން ގެއްލުނު ހާދިޘާގައި ތުހުމަތު ކުރެވޭ މީހަކީ، ޖަރުމަނުވިލާތަށް ނިސްބަތްވާ، ކްރިސްޗަން ބްރޮކްނަޔަރ ނަމަކަށް މީހެއް ކަމަށްވެސް ރަސްމީކޮށް އިޢުލާން ކޮށްފައެވެ.

ކްރިސްޗަން ބްރޮކްނަޔަރއަކީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ރެކޯޑް އޮންނަ މީހެކެވެ. ކުޑަކުދިންނަށް ލާއިންސާނީ އަނިޔާ ދިނުމާއި ޑްރަގްގެ ޑީލް ކުރުމުގެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ވާ ކްރިސްޗަން ބްރޮކްނަޔަރ މި ވަގުތު ޖަލުގައި ހުރީ، މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދުގައި، 72 އަހަރުގެ އަންހެނަކު ރޭޕް ކުރި މައްސަލައިގައެވެ.

މެޑަލިން މެކެއިން މަރުވެފައި ވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ޖަރުމަނު ފުލުހުން ޢިއުލާން ކުރީ ޖޫން 2020 ގައެވެ. އެކަމުގައި ޒިންމާ ވާ ފަރާތަކީ ކްރިސްޗަން ބްރޮކްނަޔަރއަށް ވުން ގާތް ކަމަށް ޖަރުމަނުން ބުނި ނަމަވެސް، އޭނާ އެކަމަށް އިންކާރު ކުރެއެވެ. މެޑަލިން މެކެއިން ގެއްލުނު ހާދިޘާގެ އެއްވެސް ކަމެއްގައި އަދި މިހާތަނަށް ކްރިސްޗަން ބްރޮކްނަޔަރއަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މެޑަލިން މެކައިން

ކޮމެންޓް

އިތުރަށް ކިޔާލަން

16 އަހަރު ކުރިން ގެއްލުނު މެޑަލިން މެކެއިން ހޯދުމުގެ އޮޕަރޭޝަނަށް އާ ކުރިއެރުމެއް؟

16 އަހަރު ކުރިން ގެއްލުނު މެޑަލިން މެކެއިން ހޯދުމުގެ އޮޕަރޭޝަނަށް އާ ކުރިއެރުމެއް؟

25 މެއި 2023
ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

18 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު