Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ޞަލާޙު ލިވަޕޫލް ދޫކޮށްނުލާނެ ކަމުގެ ޔަޤީންކަން ކްލޮޕް ދީފި

ކްލޮޕް ބުނީ ކުޅުންތެރިންނަށް އަބަދުވެސް އިތުބާރު އޮންނަކަމަށާއި، މިހާރު އޮތް ހާލަތުން ލިވަޕޫލް އަރައިގަންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2023 | ހޮނިހިރު 04:37
ލިވަޕޫލްގެ ފަރިތަކުރުމެއްގައި ކޯޗު ކްލޮޕާއި ޞަލާޙު

ލިވަޕޫލްގެ ފަރިތަކުރުމެއްގައި ކޯޗު ކްލޮޕާއި ޞަލާޙު

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު، އެ ކުލަބު ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ކްލޮޕް މިހެން ބުނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި، ލިވަޕޫލް ޔުއެފާ ޔޫރޮޕާ ލީގު ކުޅެން ޖެހުމުން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ޞަލާޙުވެސް ވަނީ ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ އެއީ އެއްވެސް ވަރަކަށް އުންމީދުކުރި ކަމެއް ނޫންކަމަށާއި، ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުމުން ވަރަށް ހިތްދަތިވާކަމަށެވެ.

އެކަމާ ގުޅިގެން ވާހަކަދައްކަމުން ކްލޮޕް ބުނީ، ކުރިއަށް އޮތް ސީޒަނުގައިވެސް ޞަލާޙު ހުންނާނީ ލިވަޕޫލްގައި ކަމަށެވެ. ކްލޮޕް ބުނީ ލިވަޕޫލް ޗެމްޕިއަންސް ލީގަށް ކޮލިފައިނުވީ އޭނާގެ ސަބަބުން ކަމަށާއި، އޭނާ ކުލަބު ދޫކޮށްލަން ޖެހޭނެ ކަމަށް އެއްވެސް ކުޅުންތެރިޔަކު ބުނެފިނަމަ އެ ކުޅުންތެރިޔަކަށް ލިވަޕޫލުން ފުރުޞަތެއް ނޯންނާނެ ކަަމަށެވެ. ނަމަވެސް އެއީ ޞަލާޙުއާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، އެކަން އެގޮތަށް ނުވާނެ ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ ކުޅުންތެރިންނަށް އަބަދުވެސް އިތުބާރު އޮންނަކަމަށާއި، މިހާރު އޮތް ޙާލަތުން ލިވަޕޫލް އަރައިގަންނާނެ ކަމަށެވެ. އެކަމަށްޓަކައި އަންނަ ސީޒަނުގައި ޓީމު ވަރުގަދަކޮށް، ޓީމު ދާން ބޭނުންވާ މަންޒިލަށް ގެންދާނެ ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

ލީގުގައި ކޮންމެ ޓީމަކަށްވެސް މިހާރު ބާކީ އޮތީ އެންމެ މެޗެކެވެ. ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން 66 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ފަސް ވަނާގައެވެ. ލީގުގެ ގަދަ ހަތަރަކަށް ވަނުމުގެ ފުރުޞަތު މިހާރު ވަނީ މުޅިން ގެއްލިފައެވެ.

ލިވަޕޫލްމުހައްމަދު ސަލާހުޔާގެން ކްލޮޕް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު