Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެގައި މަގުހުރަސް ބައްތި ތައާރަފްކުރުން

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" ބޭނުންކުރަން ފަށައިފި

މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން

އަމްނާ އިމާދު
އަމްނާ އިމާދު | 27 މެއި 2023 | ހޮނިހިރު 03:35
މަގުހުރަސް ބައްތި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

މަގުހުރަސް ބައްތި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" އިފްތިތާހުކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Advertisement - newsAdvertisement

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުންކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައި ދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ. 

އާބަންކޯއިން ބުނީ މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތްކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި މީގެ ސަބަބުން މަގު ހުރަސްކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބޭނެކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ މިފަހަރު 8 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރުކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުންކުރާ ކަފިހި ހުރަސްތަކާއި މަގު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ، މި ތަންތަނަށް އިސްކަންދޭނެކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތީގައި 1 ބައްތި، އަދި ހިޔާ ސަރަހައްދުގައި 1 ބައްތި ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަމުން ދާނެއެވެ.

މިއިން ކޮންމެ ބައްތިއެއްގައިވެސް ހުންނަ ބަޓަނަށް ފިތައިލުމުން، އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެންނާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރުމަށާއި ހިނގައިގަންނަންވުމުން އެއިން ބުނެދޭނެއެވެ. އެ ބަޓަނަށް ފިތައިލުމުން، ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓްކުރާއިރު، ހުރަސްކުރުމަށްވެސް ވަކި ވަގުތެއް ލިބޭނެއެވެ.

ހުޅުމާލެ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، ވަކިން ޚާއްސަކޮށް މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، ގިނަ މަސައްކަތްތަކެއް ރޭވި ކުރެވެމުންދެއެވެ. އަދި ހުޅުމާލޭގައި ދިރި އުޅޭ މީހުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތްކުރާ މީހުންނަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުމަށް އާބަންކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު