Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޕާ ހިންގުމުގެ ހުއްދަ ދިނުން

ރަށްރަށުގައި ސްޕާ ހިންގުމުގެ ހުއްދަދޭނީ ކައުންސިލްތަކުން ކަމަށް ކަނޑައަޅައިފި

26 މެއި 2023 | ހުކުރު 07:51

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރަން ހުށަހަޅާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 26 މެއި 2023 | ހުކުރު 07:51
ކ. މާފުށި

ކ. މާފުށި

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކުގައި ހިންގާ ސްޕާގެ ޚިދުމަތްދޭ ތަންތަން ފިޔަވައި ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ސްޕާ ހިންގަން ހުއްދަ ދޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ކަނޑައަޅައި، ސްޕާ ހިންގުމުގެ ގަވައިދަށް ބަދަލު ގެނެސްފިއެވެ.

ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީ ވަނީ ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށްފައެވެ.

މިގަވާއިދުގައި ބުނެފައިވާ ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގައި ހިންގާ ސްޕާގެ ޚިދުމަތްދޭ ތަންތަން ފިޔަވައި ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ފުރަތަމަ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބުމުން ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމަށް އެދޭ ރަށުގައި ނުވަތަ ސިޓީގައި ސްޕާގެ ވިޔަފާރި ހިންގޭނެކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް އެ ރަށެއްގެ ރަށު ކައުންސިލުގައި ނުވަތަ ސިޓީއެއްގެ ސިޓީ ކައުންސިލުގައި މިނިސްޓްރީން އެދޭނެ ކަމަށެވެ.

މިނިސްޓްރީން ފޮނުވާ ފޮނުވުމަކާއި ގުޅިގެން ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ނިންމާ ނިންމުމަކީ ރެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމާ ގުޅޭގޮތުން ކަނޑައެޅޭ ކަނޑައެޅުން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރަން ހުށަހަޅާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން ސްޕާތަކުގައި ހުންނަންޖެހޭނެ މިންގަނޑުތައް ފުރިހަމަވެފައިވޭތޯ ބެލުމަށް އިކޮނޮމިކް މިނިސްޓްރީ އާ މަތިކޮށްފައިވާ މާއްދާ ވަނީ އުވާލާފައެވެ. މިނިސްޓްރީ އިން ކަނޑައަޅާ ފަރާތަކުން، ސްޕާތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާއިރު، އިންސްޕެކްޝަންފީ 1000 ރުފިޔާއިން 2،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

އެސްޕީއޭއިކޮނޮމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
18 ފެބުރުއަރީ 2025

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ
05 މެއި 2024

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

05 މެއި 2024
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
02 ޖެނުއަރީ 2024

ޓްރާންޝިޕްމަންޓަށް ހާއްސަ ކުންފުންޏެއް އުފައްދަނީ

02 ޖެނުއަރީ 2024
ޓްރާންޝިޕްމަންޓަށް ހާއްސަ ކުންފުންޏެއް އުފައްދަނީ
09 ޑިސެމްބަރު 2023

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް: މިނިސްޓަރު ސައީދު

09 ޑިސެމްބަރު 2023
ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއްނެތް: މިނިސްޓަރު ސައީދު
20 ނޮވެމްބަރު 2023

މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް

20 ނޮވެމްބަރު 2023
މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް
06 އޮކްޓޯބަރު 2023

ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ 700ށްވުރެ ގިނަ ފާރާތްތަކަށް ފައިސާ ދޫކޮށްފި

06 އޮކްޓޯބަރު 2023
ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ 700ށްވުރެ ގިނަ ފާރާތްތަކަށް ފައިސާ ދޫކޮށްފި
05 އޮކްޓޯބަރު 2023

ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި

05 އޮކްޓޯބަރު 2023
ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް