Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ މަސްރަހު

މަޖިލީހަށްވެސް ސިޔާސީ "ޖޫން ޖުލައި"

ކުރިއަށް އޮތް ދުވަސްތަކަކީ މަޖިލީހުގައި ސިޔާސީ ފޯރިގަދަ ދުވަސްކޮޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 14:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ދިވެހިން ކިޔައިއުޅޭ ގޮތުން ނަމަ އެންމެ ގަދައީ ޖޫން ޖުލައިގެ ވިއްސާރައެވެ. އެ ދުވަސްވަރުގެ މޫސުމަކީ ބަރޯސާވާން ދަތި، އަވަސް އަވަހަށް ބަދަލުވާ ވަހުތާނެކެވެ. އެހެންކަމުން ކަންކަން ގޯސްވެ، ކައިރި ކައިރީގައި ބޮޑެތި ބަދަލުތަކެއް އަންނަނަމަ އެއީ ޖޫން ޖުލައިގެ ވިއްސާރަ އައުންކަަމަށް ބުނެއުޅެއެވެ. ހަޔާތުގައި ކުއްލިއަކަށް ދިމާވާ ބަނަކަމަކީވެސް މި ދެންނެވި ފަދައިން "ޖޫން ޖުލައި" އައުންކަމަށް ސިފަކުރެއެވެ.

ކަން މިހެން އޮތްއިރު ބައެއް ސިޔާސީ ބޭފުޅުން ސިފަކުރާގޮތުގައި ރިޔާސީ އިންތިޚާބާ ދިމާކޮށް މި ދުވަސްވަރަކީ ރާއްޖެއަށް ސިޔާސީ "ޖޫން ޖުލައި"އާ ކުރިމަތިލާންޖެހޭ ދުވަސްކޮޅެކެވެ. ސިޔާސީ ޕާޓީތަކާމެދު ހިތްހަމަނުޖެހި، ކުސްތަޅާފައި އާ ފިކުރުތައް އުފެއްދުމާއި، ޕާޓީތަކުން ވަކިވުމާއި، އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމުގެ ސަގާފަތަކީ މި ދުވަސްވަރާ ދިމާކޮށް ދިވެހި ސިޔާސީ މަސްރަހުން ފަރިތަކޮށް ފެންނަ ކުލަވަރެކެވެ.

ކަން މިހެން އޮތްއިރު "ޖޫން ޖުލައި"ގެ ސިޔާސީ ވިއްސާރައިގެ ކޮޅިގަނޑު އެންމެ ބޮޑުކޮށް ފެންނަން އޮތީ ރައްޔިތުންގެ މަޖިލީހުންނެވެ. ތެދަށް ދަންނަވާނަމަ، އަބަދުވެސް ރާއްޖޭގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ މޫނުބަލާ ލޯގަނޑެވެ. މަޖިލީހަށް ބަލައިލުމުން، އެއިރެއްގެ ސިޔާސީ ފިކުރާއި އޮއިވަރު ހުރި ގޮތް ވަރަށް ރަނގަޅަށް ފެންނާން އޮވެއެވެ. އެކަމުގެ އެއް މިސާލަކީ މެމްބަރުންގެ ވާހަކަ އަޅައިކިޔައިލުމުން ސަރުކާރުތަކާމެދު މެމްބަރުން ދެކެވަޑައިގަންނަވާގޮތުން ފެށިގެން ޕާޓީތަކުގެ އެތެރޭގެ ނުތަނަވަސްކަމަށް ދާން ދެން މި މަޖިލީހުގެ ތަޅުމުގައި ބަންޑުންކޮށްލެއްވުމެވެ.

އިއްޔެގެ ސިޔާސީ ހަތުރުން މިތުރުންނަށް ވެއްޖެއެވެ. އިއްޔެ ރޯނު އެދުރުންނަށް ގޮވި މީހުން މިއަދު މޮޅު ހާކިމުންނަށް ވެއްޖެއެވެ. އިއްޔެގެ ހަތުރުން އެކުވެރިންނަށް، އިއްޔެގެ ރައްޓެހިން ސިޔާސީ ދުޝްމިނުންނަށް ވެއްޖެއެވެ. ދުވަހަކުވެސް އެއްގަލަކަށް ނާރާނެކަމަށް ބުނި ފަރާތްތައް ކޮނޑާ ކޮނޑު ޖައްސައިގެން ހިނގަންފަށައިފިއެވެ. ހައްތަހާވެސް ބަދަލުތަކެވެ.

ދާދި މިދާކަށްދުވަހު މަޖިލީހުގެ ބައެއް މެމްބަރުން، ސިޔާސީ ހިތްޕުޅުހަމަނުޖެހުމާއި ނުތަނަވަސްކަމުގައި ޕާޓީއެއް ދޫކުރައްވައިފިއެވެ. އެއާއެކު އެތައް ދުވަސްތަކެއް ވަންދެން މަޖިލީހުގައި ނުގޮތަކަށް ދައްކަމުން އައި ނުތަނަވަސްކަން އިތުރުވެ، މިހާރު ކޮޅިގަނޑުގެ ކެރި އޮއްސައިލާން ކައިރިވާ ކަހަލައެވެ. ވަށްބަހުން ޖެހުމާއި، މަލާމާތްކުރުމުގެ ހަވާސާގައި ފޮރުވިފައި އޮތް ސިޔާސީ ރުޅިވެރިކަން ފަހުމުކުރެވޭވަރަށްވުރެ މިހާރު ބަރުވެއްޖެެއެވެ. މިހައި ދުވަހު ނުސީދާކޮށް ކީ ފާޑުކިޔުންތައް ފާޅުގައި ކުރާ ހުޝާމަދަކަށް ވެއްޖެއެވެ.

ޕާޓީގެ މަސަލަަސްކަމަށްޓަކައި އިހު ކެތްކޮށްލައިގެން ސިޔާސީ އެކުވެރިންނަށް ވެގެން ތިބި ތިބުންވެސް ނިމުމަކަށް އަތުވެއްޖެއެވެ. އެއާއެކު، ނުރުއްސަވާ ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވަން ބައެއް މެމްބަރުން ފޫގަޅުއްވައި މަސައްކަތް ފައްޓަވައިފިއެވެ. ރިޔާސަތުން ހިތްޕުޅުހަމަޖެހޭ ބޭފުޅުންނަށް ގިނަ ވަގުތު، ހިތްޕުޅުހަމަނުޖެހޭ ބޭފުޅުންނަށް ކުޑަ ވަގުތުކޮޅެއް ދެއްވާކަމުގެ ޝަކުވާވެސް އެހައި ގަދައެވެ. ނުވިތާކަށް، ރިޔާސަތުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް ހުރީ ރަނގަޅަށް ނޫންކަަމަށް ވިދާޅުވެ، ނިޒާމީ ނުކުތާތައް ނަންގަވާ އަދަދުވެސް އިންތިހާއަށް އިތުރެވެ.

މަޖިލީހުގައި އޮތް ސިޔާސީ ޖޫން ޖުލައިގެ ހައްސާސްކަން އެނގޭ އަނެއްކަމަކީ، ރިޔާސަތުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެއްގެ އިތުބާރު ނެތްކަމަށް ނިންމަން މައްސަލަ ހުށަހަޅާ ހިސާބަށް ކަންކަން ދިއުމެވެ. އަދި މަޖިލީހުގައި މެމްބަރުންނަށް ފުރުސަތު ދިނުމުގައި އަބަދުމެ އަމަލުކުރަމުން އައި އުސޫލާމެދު ވެސް މިއަދު ހިތްޕުޅުހަމަނުޖެހޭ ގޮތްވެ ސިޔާސީ ބޮޑު ބަހުސެއް އުފެދުމެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކަކީ މަޖިލީހުގައި ސިޔާސީ ފޯރިގަދަ ދުވަސްކޮޅެކެވެ. އަދި މި ވިއްސާރައިގެ އަސަރު މުޅި ސިޔާސީ މަސްރަހަށް ނުގޮސް ނުދާނެކަން ޔަގީނެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު