Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯގެ ޚިދުމަތް

ރައްޔިތުންނާ ހަމަޔަށް ކަރަންޓު ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ އެއްހަމައަށް އާދެވޭނެ ބަޔަކު ނެތް: ޝަރީފް

މިފަދަ އިތުރު ފުރުސަތުތައް ކުންފުނިން ތަނަވަސްކޮށްދޭނެކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 13:39
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު، އަހުމަދު ޝަރީފް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު، އަހުމަދު ޝަރީފް

ރައްޔިތުންނާ ހަމަޔަށް ކަރަންޓު ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތްކަމަށް, ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ހިންގި، ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްއާއި، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނިއަރުންނާ އެއް ލެވެލެއްގައި މަސައްކަތްކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭކަމަށެވެ. އެހެންނަމަވެސް ފެނާއި ނަރުދަމާއަކީ ސްޓެލްކޯއަށް އާ ދެ ޚިދުމަތް ކަމަށާއި، އެ މައުލޫމާތާއި، ތަޖުރިބާ ސްޓެލްކޯއަށް އިތުރަށް ބޭނުންވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުރިމަގުގައި މިފަދަ އިތުރު ފުރުސަތުތައް ކުންފުނިން ތަނަވަސްކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ސްޓެލްކޯގެ އަސާސް ނުވަތަ ޕްރައިމް މެންޑޭޓަކީ އާންމުރައްޔިތުންނަށް ޚިދުމަތް ދިނުންކަމަށް އޭނާ ވިދާޅުވިއެވެ. ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެއްވެސް މިންވަރެއްގެ ނުވަތަ ބާވަތެއްގެ އިހުމާލެއް އަދި އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަކުރުމެއް އޮވެގެން ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން, ކުންފުނީގެ ޚިދުމަތުގެ ފެންވަރު ވަޒަންކުރާނީ ކުންފުނީގެ މުވައްޒަފުން ނޫންކަމަށާއި، އެކަން ކުރާނީ ޚިދުމަތް ލިބޭ މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ ފެންވަރު ރަނގަޅު، ރައްޔިތުން ގަބޫލުކުރާ މިންވަރުތޯ ނުވަތަ ނޫންތޯވެސް ނިންމާނީ ޚިދުމަތް ލިބޭ ފަރާތްތަކުން ކަމަށާއި، މުވައްޒަފުންގެ ދައުރަކަށް ވާންވާނީ ޚިދުމަތް ހޯދަން އަންނަ ފަރާތްތައް ހިތްހަމަޖެހޭފަދަ ޚިދުމަތެއް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ، ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމާއި، އިލްމީ އަދި ފަންނީ ގޮތުން ގާބިލް، ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރުންކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ކުރާ މަސައްކަތުގައި ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި ތަޖުރިބާ ހޯދައިދިނުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެވެސް ވަރަށް ބޮޑު އަމާޒެއްކަމަށާއި، އަމާޒަކީ ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުންކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ދައުރު އަދާކުރުމަށްޓަކައި ކުރާ އެ މަސައްކަތަކީ، މަސައްކަތްތެރިންގެ ހުނަރުވެރިކަމާއި ގާބިލްކަން އިތުރުކުރުމަށް މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، އެންމެ ޒަމާނީ މައުލޫމާތާއި ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމަށް އުންމީދުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ދެ ކޯހުގައި ޖުމްލަ 89 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު، މީގެތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 66 މުވައްޒަފުންނެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 23 މުވައްޒަފުންނެވެ.

ސްޓެލްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު