Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ އެންމެ ފަހު އެމްޕަރަރގެ ގަޑިކޮޅު

ޗައިނާގެ އެންމެ ފަހު އެމްޕަރަރގެ ގަޑިކޮޅު 6.2 މިލިއަން ޑޮލަރުގެ ރިކޯޑު އަދަދަކަށް ވިއްކާލައިފި

24 މެއި 2023 | ބުދަ 04:04

މިގަޑިކޮޅު ގަނެފައި ވަނީ ހޮންކޮންގުގައި ދިރިއުޅޭ އޭޝިއާގެ ކަލެކްޓަރެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 މެއި 2023 | ބުދަ 04:04
ޗައިނާގެ އެންމެ ފަހު އެމްޕަރަރގެ ގަޑިކޮޅު 6.2 މިލިއަން ޑޮލަރުގެ ރިކޯޑު އަދަދަކަށް ވިއްކާލައިފި

ޗައިނާގެ އެންމެ ފަހު އެމްޕަރަރގެ ގަޑިކޮޅު 6.2 މިލިއަން ޑޮލަރުގެ ރިކޯޑު އަދަދަކަށް ވިއްކާލައިފި

މިހާތަނަށް އެންމެ ބޮޑު އަގެއްގައި ނީލަމެއްގައި ވިއްކާލެވުނު ކުރީގެ އެމްޕަރަރއެއްގެ ގަޑިކޮޅުގެ ލަގަބު، ޗައިނާގެ ޗިންގް ދަރިކޮޅުގެ އެންމެ ފަހު އެމްޕަރަރ، އައިސިން ޖިއޯރޯ ޕުޔީގެ ގަޑިކޮޅެއް މިވަނީ ހޯދާފައެވެ. ހޮންކޮންގްގައި ބޭއްވި ނީލަމެއްގައި ޕިޔޯގެ ގަޑިކޮޅެއް ވަނީ ރެކޯޑް އަދަދެއްކަމަށްވާ 49 މިލިއަން ހޮންކޮންގް ޑޮލަރު (6.2 މިލިއަން ޑޮލަރު)ގެ އަގަގަކަށް ވިކިފައެވެ.

1906 ވަނަ އަހަރު އުފަންވި، ޗައިނާގެ ޗިންގް ދަރިކޮޅުގެ އެންމެ ފަހު އެމްޕަރަރ ޕުޔީ އޭނާގެ ވެރިކަން ފެށީ އުމުރުން ދެ އަހަރުގައެވެ. ޕުޔީގެ ދިރުއުޅުމުގެ މައްޗަށް ހާއްސަކޮށް އުފެއްފި ފިލްމު، "ދަ ލާސްޓް އެމަޕަރަރ" އަށް ވަނީ އޮސްކަރ އެވޯރޑްވެސް ލިބިފައެވެ.

1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާން ބަލިވުމުން، އޭރުގެ ސޯވިއެޓް ޔޫނިއަން، މިހާރުގެ ރަޝިއާގެ ސޯވިއެޓް ރެޑް އަރމީން ވަނީ ޗައިނާގެ ޝެނިޔަންގް އެއާޕޯޓުން ޕުޔީ އަތުލައިގަތްފައެވެ. ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ބަންދުކޮށް ރަޝިޔާގެ ޚަބަރޯވްސްކްގެ ޑިޓެންޝަން ކޭމްޕެއްގައި ފަސް އަހަރު ވަންދެން ޕުޔީ ބަންދުކޮށްފައި ހުއްޓެވެ.

ހޮންގްކޮންގްގެ ނީލަމެއްގައި ވިއްކާލާފައި ވަނީ ޕުޔީގެ ޕަޓޭކް ފިލިޕް ރެފަރެންސް 96 ކުއަންޓިއެމް ލޫން ޓައިމްޕީސްގެ ގަޑިކޮޅެވެ. ޕުޔީގެ މިގަޑިކޮޅަކީ މިހާތަނަށް އެނގިފައިވާ މީގެ އަށް ގަޑިކޮޅުގެ ތެރެއިން އެއް ގަޑިއެވެ. ޕުޔީ ރަޝިއާގެ ޖަލުގައި ހުރި އިރު އޭނާގެ ރަޝިއާގެ ތަރުޖަމާނަށް ޕުޔީ ވަނީ މިގަޑިކޮޅު ހަދިޔާކުރައްވާފައެވެ.

ޕުޔީގެ ތަރުޖަމާނު ޖޯޖީ ޕެރްމިޔާކޯވްގެ އިންޓަވިއުއެއް، 2001 ވަނަ އަހަރު ކުރި ނޫސްވެރިޔާ ރަސެލް ވޯކިން ހިއްސާކޮށްފައިވާގޮތުން މިގަޑިކޮޅު، ޕުޔީ ވަނީ އޭނާ ރަޝިއާގައި ހޭދަކުރި އެންމެ ފަހު ދުވަހު، އޭނާ އަނބުރާ ޗައިނާއަށް ހަވާލު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އޭނާގެ ރަޝިއާގެ ތަރުޖަމާނަށް އެގަޑިކޮޅު ހަދިޔާކޮށްފައެވެ.

މިގަޑިކޮޅު ނީލަންކުރިި ތަނުން، ގަޑިކޮޅުގެ ޕްރީ ސޭލް އަގެއްގެ ގޮތުގައި ލަފާކޮށްފައި ވަނީ ތިން މިލިއަން ޑޮލަރެވެ. ނަމަވެސް ނީލަމުގެ ތެރެއިން މިއަގުގެ ދެގުނައަށް ޕުޔީގެ ގަޑިކޮޅު ވަނީ ވިކިފައެވެ.

މިގަޑިކޮޅު ނީލަމުގައި ވިއްކާލި ނީލަން ހައުސް، ފިލިޕްސް އޭޝިއާގެ ގަޑިތައް ނީލަމުގައި ވިއްކުމުގެ އެންމެ އިސް ދައުރު އަދާކުރާ، ތޯމަސް ޕެރާޒީ ރޮއިޓާސް އަށް ވިދާޅުވީ މިއީ މިހާތަނަށް ނީލަންކުރެވުނު ކުރީގެ އެމްޕަރަރއިންގެ ގަޑިކޮޅުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިއްކާލެވުނު ގަޑިކޮޅުކަމަށެވެ. އަދި މިއީ ޕަޓޭކް އޭރު އުފެއްދި ގަޑިތަކުގެ ތެރެއިން އެންމެ ރީތި ގަޑީގެ ގޮތުގައި ފާހަގަކޮށްލެވޭ ގަޑި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިގަޑިކޮޅަކީ ހަގީގަތުގައިވެސް ޕުޔީގެ ގަޑިކޮޅުކަން ކަށަވަރުކުރުމަށްޓަކައި ނީލަން ކިޔާ ތަނުން ވަނީ ގަޑީގެ ސްޕެޝަލިސްޓުންނާއި ތާރީޚު ލިޔުންތެރިންނާއި ނޫސްވެރިންނާއި ސައިންސްވެރިންނާ ގިނަ ދިރާސާތަކެއް ކުރުމަށް ތިން އަހަރު ހޭދަކޮށްފައެވެ.

މިގަޑިކޮޅު ގަނެފައި ވަނީ ހޮންކޮންގުގައި ދިރިއުޅޭ އޭޝިއާގެ ކަލެކްޓަރެކެވެ. އޭނާ ގަޑިކޮޅު ގަނެފައި ވަނީ ފޯނުން ގުޅައި ނީލަމުގައި ބައިވެރިވެގެެންނެވެ. މިގަޑިކޮޅުގެ ބިޑް ހުޅުވާލިތާ ހަ މިނެޓުގެ ތެރޭގައި، ގަންނަ ފަރާތުގެ ޕްރީމިއަމް ފީ ނުހިމަނައި 40 މިލިއަން ހޮންކޮންގް ޑޮލަރު (5.1 މިލިއަން ޑޮލަރަށް)، ޕުޔީގެ ގަޑިކޮޅު ވަނީ ވިކިފައެވެ.

މީގެ ކުރިން ނީލަމުގައި ވިއްކާލާފައިވާ، ޕަޓެކް ފިލިޕް ޓައިމްޕީސް، ވިއްކާލާފައި ވަނީ 2017 ވަނަ އަހަރު ވިކިފައިވަނީ 2.9 މިލިއަން ޑޮލަރަށެވެ. މިއީ އިތިއޮޕިއާގެ އެމްޕަރަރ ޔަރ ހައިލެ ސެލާސީގެ ގަޑިކޮޅެކެވެ.

ޕުޔީގެ ގަޑިކޮޅުގެ ކުރިން ނީލަމުގައި ވިއްކާފައިވާ ކުރީގެ އެމްޕަރަރއިންގެ ގަޑިކޮޅުތަކުގެ ތެރެއިން އެންމެ އަގު ބޮޑުކޮށް ވިއްކާލާފައި ވަނީ ވިއެޓްނާމްގެ އެންމެ ފަހުގެ އެމްޕަރަރ، ޔަރ ބާއޯ ޑައިގެ ރޮލެކްސް ގަޑިކޮޅެކެވެ. އެއީ 2017 ވަނަ އަހަރުގެ ނީލަމެއްގައި ފަސް މިލިއަން ޑޮލަރަށެވެ.

ޗައިނާދުނިޔެދުނިޔެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް