Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގުގެ މަސައްކަތް

އަމީނީ މަގުގެ 6 އަދި 7 ވަނަ ސެގްމެންޓުގައި މިމަހުގެ 25 ވަނަ ދުވަހު ތާރުއަޅަނީ

އަމީނީ މަގުގެ މަސައްކަތަކީ އުންމީދުކުރިވަރަށްވުރެ އުނދަގޫ މަޝްރޫއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2023 | ހޯމަ 17:19
ފަލަސުރުހީ ޕްރޮގްރާމްގައި އާރްޑީސީގެ އެމްޑީ، މޫސާ އަލީ މަނިކު ވާހަކަފުޅުދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އާރްޑީސީގެ އެމްޑީ، މޫސާ އަލީ މަނިކު ވާހަކަފުޅުދައްކަވަނީ

އަމީނީ މަގުގެ 6 އަދި 7 ވަނަ ސެގްމެންޓުގެ އެތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، މިމަހުގެ 25 ވަނަ ދުވަހު ތާރުއަޅައި، ދެ ދުވަހުގެ ތެރޭގައި އާއްމުންނަށް ހުޅުވާލާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެމްޑީ, މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޫކޭ ވިދާޅުވީ އަމީނީ މަގުގެ މަސައްކަތަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ބަލަމުންދާ މަސައްކަތެއް ކަމަށާއި، އެހާމެ މައްސަލަ ބޮޑުވި މަޝްރޫއެއް ކަމަށެވެ. ގިނަ ގޮންޖެހުންތަކާއެކު މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ 1، 2 އަދި 3ގެ ސެގްމެންޓް ނިމިފައިވާކަމަށާއި، މިހާރު ހަދަމުންދާ 6 އަދި 7ގެ ސެގްމެންޓްގެ ގްރައުންޑްގައި ކުރަމުންދާ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ތާޅުއެޅުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އަމީނީ މަގުގެ މަސައްކަތަކީ އުންމީދުކުރިވަރަށްވުރެ އުނދަގޫ މަޝްރޫއެއްކަމަށެވެ. އެމަގުގެ އަޑީގައި އުރީދޫ، ދިރާގު، އަދި ސްޓެލްކޯގެ ކޭބަލްތައް ވަޅުލާފައިވާއިރު، މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށެވެ. ކޭބަލަކަށް މައްސަލައެއް ދިމާވެއްޖެނަމަ ރާއްޖޭގެ މުހިންމު އިދާރާތަކުގެ ނެޓްވޯރކްތަކަށް ބުރޫއަރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫކޭ ވިދާޅުވީ މުޅިން އައު ނެޓްވޯރކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހަރަދުވެސް ބޮޑުވާނެ ކަމަށެވެ. އަދި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދަނީ އެންމެންނަށް ބޭނުންކުރެވޭހެން ރައްކާތެރިކޮށްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ލޯފަން މީހުންނާއި، އެހެނިހެންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު އަމީނީ މަގު ބޭނުންކުރެވޭނެކަމަށް މޫކޭ ވިދާޅުވިއެވެ.

އާރްޑީސީގެ މަސައްކަތްތަކަށް އިޝާރާތްކުރައްވައި މޫކޭ ވިދާޅުވީ، މިދިޔަ އަހަރު ފީސީބީ އެކުންފުންޏާ ބެހޭގޮތުން ނެރުނު ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެންދިޔަ ކަމަށެވެ. މިދިޔަ އަހަރު ކުންފުނި ގެއްލުމުގައި ހިންގިނަމަވެސް މިއަހަރު އާރްޑީސީއަށް ފައިދާވެފައިވާކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ އާރްޑީސީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް މަސައްކަތްކުރާނެ ކަމަށެވެ.

އަމީނީ މަގުއަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު މޫކޭ

އިތުރަށް ކިޔާލަން

17 މާރިޗު 2025

ރައީސް މުޢިއްޒުގެ ވެރިކަމުގައި ޕާޓީތައް އުވާލަން މަސައްކަތްކުރައްވާތަން ފެނޭ: މޫކޭ

17 މާރިޗު 2025
ރައީސް މުޢިއްޒުގެ ވެރިކަމުގައި ޕާޓީތައް އުވާލަން މަސައްކަތްކުރައްވާތަން ފެނޭ: މޫކޭ
07 ޑިސެމްބަރު 2024

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރައްޔިތުން ތިބީ ކިރިޔާ ނޭވާ ލެވޭ ހިސާބުގައި، އެހާލަތަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން: މޫކޭ

07 ޑިސެމްބަރު 2024
ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރައްޔިތުން ތިބީ ކިރިޔާ ނޭވާ ލެވޭ ހިސާބުގައި، އެހާލަތަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން: މޫކޭ
02 ނޮވެމްބަރު 2024

2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު ފެންނަނީ ރައްޔިތުންގެ ބޭސް ފަރުވާގެ ކަންކަން ސަލާންޖެހުމާއި ދިމާލަށް ގެންދާ މަންޒަރު - މޫކޭ

02 ނޮވެމްބަރު 2024
2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު ފެންނަނީ ރައްޔިތުންގެ ބޭސް ފަރުވާގެ ކަންކަން ސަލާންޖެހުމާއި ދިމާލަށް ގެންދާ މަންޒަރު - މޫކޭ
08 އެޕްރީލު 2024

އެމްޑީޕީގެ ސަރުކާރުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ފެށި ކަމަށް ބުނެ ހަދަނީ ބުހުތާން ދޮގު - މޫކޭ

08 އެޕްރީލު 2024
އެމްޑީޕީގެ ސަރުކާރުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ފެށި ކަމަށް ބުނެ ހަދަނީ ބުހުތާން ދޮގު - މޫކޭ
07 އެޕްރީލު 2024

މިސަރުކާރުގެ އަސްލު ސްޕީޑް ފެންނަން އޮތީ ރަސްމާލެ މަޝްރޫ ޢިން: މޫކޭ

07 އެޕްރީލު 2024
މިސަރުކާރުގެ އަސްލު ސްޕީޑް ފެންނަން އޮތީ ރަސްމާލެ މަޝްރޫ ޢިން: މޫކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު