Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫކޭގެ ފާޑުކިޔުން ސަރުކާރަށް

2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު ފެންނަނީ ރައްޔިތުންގެ ބޭސް ފަރުވާގެ ކަންކަން ސަލާންޖެހުމާއި ދިމާލަށް ގެންދާ މަންޒަރު - މޫކޭ

މޫކޭ ވަނީ ، މީދޫ ހޮސްޕިޓަލާއި މަޑުއްވަރީގެ މަގުތައް ނެހެދޭތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ނޮވެމްބަރު 2024 | ހޮނިހިރު 06:48
އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ)

އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ)

2025 ވަނަ އަހަރުގެ ބަޖެޓުގައި ހުރީ ފުރިހަމަ ތަފްސީލުތައް ނުހިމަނާ ކަމަށާއި އޭގައި އޮތް އެއްޗެއް ރައީސް ޑރ މުހައްމަދު މުއިއްޒު އަށްވެސް ސާފުނުވާނެކަން ޔަގީން ވެވަޑައިގަންނަވާކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު ފެނިގެންދަނީ ރައްޔިތުންގެ ބޭސް ފަރުވާގެ ކަންތައްތައް ސަލާންޖެހުމާއި ދިމާލަށް ގެންދާ މަންޒަރުކަމަށާއި މިހާރު އެކަމުގެ އެއްބައި ފުރިހަމަ ކޮށްފައިވާކަމަށެވެ. އެގޮތުން އަމިއްލަ އިންޝުއަރެންސް އަށް އިސްކަންދޭ ވާހަކައަކީ ދައުލަތުގެ އިންޝުއަރެންސް ނެތް ވާހަކަ ކަމަށާއި ސަރުކާރުން ހާމަކޮށްފައިވަނީ އެކަން ނިމިފައިވާ ވާހަކަ ކަމަށެވެ.

މޫކޭ ވިދާޅުވީ، ކުރިއަށް އޮތްތާނގައި ޖެހޭނީ މެމްބަރުންނާއި އެހެނިހެން އެފަދަ ފަރާތްތަކުގެ ކިބައިން ބޭސް ފަރުވާއަށް ސަލާން ޖަހަންކަމަށާއި ފެނުނީ މެމްބަރުންނަށް ވެސް އޮޅުވާލާފައިވާ ބަޖެޓެއްކަމަށެވެ. ރައީސް މުއިއްޒު މެމްބަރުންނަށް ފައިސާ ދޭކަމަށް ތުހުމަތުކުރައްވާ މޫކޭ ވިދާޅުވީ، އެކި ދާއިރާތަކުގެ މެމްބަރުންނަށް ދެނީވެސް އެކި އަދަދުތައްކަމަށް ށެއެވެ. އޭނާ ވިދާޅުވީ، ނައިފަރު ދާއިރާގެ މެމްބަރަށް އެއްލައްކަ ރުފިޔާ ދޭއިރު މަޑުއްވަރީ ދާއިރާގެ މެމްބަރަށް 50،000 ރުފިޔާ ދިނުމުން ކަމަކު ނުދާކަމަށާއި މެމްބަރުނަށް މި މިންގަނޑަށް އޮޅުވާލާފައިވާއިރު އެއީ ރައްޔިތުންގެ ހައްގުގައި ބަސްބުނަން ތިބި މީހުންކަމަށެވެ.

މޫކޭ ވިދާޅުވީ، އެ ފަރާތްތަކަށް ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ކަންބޮޑުވުންތައް އަންނާނީ މި ދުވަސްވަރުކަމަށާއި އެއީ ދައުލަތުގެ ބަޖެޓު އެކުލަވާލަމުންދިއުމާއި ގުޅިގެންކަމަށް އިޝާރާތްކުރެއްވިއެވެ. އެނާ ވިދާޅުވީ ބަޖެޓު ހަދަމުންދާއިރު ސަރުކާރުންވަނީ އެމްޑީޕީއިން މަޑުއްވަރީގައި ފެށި މަސައްކަތްތައް ހުއްޓުވާލާފައިކަމަށާއި މީދޫގައި ހުރި ޕްރޮޖެކްޓުތައްވެސް ގެއްލުވާލައިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މީދޫ ހޮސްޕިޓަލާއި މަޑުއްވަރީގެ މަގުތައް ނެހެދޭ ސަބަބާއިމެދު ރައްޔިތުން ސުވާލުކުރަމުންދާކަމަށާއި ސަބަބު ނޭނގޭކަމަށް ދާއިރާގެ މެމްބަރު ވިދާޅުވާކަމަށެވެ. މޫކޭ ވިދާޅުވީ ބައްދަލުކުރާނެ މީހަކު ނުހުންނަކަމަށާއި އެއްވެސް ވުޒާރާއެއްގެ ވެރިޔަކުވެސް ބައްދަލުނުކުރާކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރެވެނީ ރައީސް އޮފީހުން ހުއްދަ ދިނުމުންކަމަށެވެ. އަދި މެމްބަރުންވެސް ޖެހެނީ އެކި ފަރާތްތަކާއި ބައްދަލުކުރަން ރައީސް އޮފީހުގައި އެދެންކަމަށާއި ބައްދަލުވުމަށް ފުރުސަތު ލިބިގެންދަނީ ރައީސް އޮފީހުން އެޕޮއިންޓުމެންޓު ހަމަޖެއްސުމުންކަމަށެވެ.

އޭނާ ވިދާޅުވީ، މެމްބަރުން ތިބީ އެ މިންގަނޑަށް ބާކީ ކޮށްފައިކަމަށާއި ރަށްތަކަށް އަދަދުތައް ހިމަނާފައިވަނީ ގަނޑުކޮށްކަމަށެވެ. އޭނާ ވިދާޅުވީ، ބަޖުޓުގައި ވާކަމެއް އަދި ނެތްކަމެއްވެސް ނެތްކަމަށާއި އެއްވެސް އެއްޗެއް ސާފުވެސް ނުވާކަމަށެވެ. މޫސާ ވިދާޅުވީ މީހަކަށް ސާފުވެސް ކޮށްދެވެން ނެތްކަމަށާއި ސާފުކޮށްދީގެންވެސް ވާނެ ސަރުކާރަށް ނެތްކަމަށާއި ބަޖެޓުގައި އޮތް އެއްޗެއް ރައީސް މުއިއްޒުއަށް ވެސް ސާފުނުވާނެކަން ޔަގީން ވެވަޑައިގަންނަވާ ކަމަށެވެ.

މޫކޭޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު