Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަންނުވެރިކަން ކުރިއެރުވުން

ފަންނީ މަސައްކަތްތަކަށް ރާއްޖޭގައި ޑިމާންޑު އެބަ އޮތް: މިނިސްޓަރ

5 އޮކްޓޯބަރު 2021 | އަންގާރަ 18:05

އާރޓިސްޓުންގެ ރެޖިސްޓްރީއެއް މިހާރު ވަނީ ހެދިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 އޮކްޓޯބަރު 2021 | އަންގާރަ 18:05
އަބުޑީ މޯލްޑލިވްސްގެ ކޯހުގެ ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަބުޑީ މޯލްޑލިވްސްގެ ކޯހުގެ ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަންނާނުންގެ ހައްގުގައި މިވަގުުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އަބުޑީ މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިޔަ, ރޮދިން ކުރެހުމުގެ ކޯހުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ފަންނުވެރިކަން ކުރިއެރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުން ފަންނާއި ތަރިކައިގެ މިނިސްޓްރީގެ އުފެއްދީ ފަންނާއި ސަގާފީ ތަރިކަ ރައްކާތެރިކޮށް މިފަދަ ފަންނުތައް ދިރުވައި އާލާކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމަށްވާއިރު، މި ފަންނުތައް ކުރިއަރުވަން މިނިސްޓްރީއާއި، ނެޝަނަލް ސެންޓަރ ފޯރ އާރޓްސްގެ ފަރާތުން މިވަގުތުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިފަދަ ކޯސްތައް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އާރޓް ގެލަރީއާއި އޮލިމްޕަސް މަރާމާތުކުރުމާއި، އާރޓިސްޓުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބިލެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އާރޓިސްޓުންގެ ރެޖިސްޓްރީއެއްވެސް މިހާރު ހެދިފައިވާނެ ކަމަށާއި، އާރޓިސްޓުންގެ ޑައިރެކްޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތަފާތު އީޖާދީ ފަންނުވެރި މަސައްކަތްތަކަށް ރާއްޖޭގައިވެސް ޑިމާންޑު އޮތް ކަން މިހާރު މިވަނީ ހާމަވެފައި ކަމަށެވެ. ތަފާތު ފަންނުތައް ދިރުވަން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަސައްކަތްކުރުން އިތުރުވާނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިފަދަ މަސައްކަތްތައްކުރާ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، ކައުންސިލްތަކާއި ގުޅިގެން މިފަދަ ފަންނުތައް ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

އަބުޑީ މޯލްޑިވްސްއާއި އެންސީއޭ ގުޅިގެން ކުރިއަށްގެންދިޔަ ރޮދިން ކުރެހުމުގެ ކޯސް ފުރިހަމަކުރި 41 ދަރިވަރަކާ ސަނަދު ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޔުމްނާގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2023

މިނިސްޓަރު ޔުމްނާގެ މެސެޖު: ހިތްވަރު ދޫކޮށްނުލައްވާ، 2 ވަނަ ބުރު އަދި އޮތީ!

10 ސެޕްޓެމްބަރު 2023
މިނިސްޓަރު ޔުމްނާގެ މެސެޖު: ހިތްވަރު ދޫކޮށްނުލައްވާ، 2 ވަނަ ބުރު އަދި އޮތީ!
21 މެއި 2023

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ޔުމްނާ

21 މެއި 2023
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު ޔުމްނާ
07 ފެބުރުއަރީ 2023

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި
04 ފެބުރުއަރީ 2023

ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

04 ފެބުރުއަރީ 2023
ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

16 ޖެނުއަރީ 2023
އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

16 ޖެނުއަރީ 2023
އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން
06 ނޮވެމްބަރު 2022

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

06 ނޮވެމްބަރު 2022
މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް
27 އޮކްޓޯބަރު 2022

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ
20 ސެޕްޓެމްބަރު 2022

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ

20 ސެޕްޓެމްބަރު 2022
އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ
26 ޖުލައި 2022

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި

26 ޖުލައި 2022
ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް