Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް އޮޕަރޭޝަން

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހުން ހައްޔަރުކޮށްފި

21 މެއި 2023 | އާދީއްތަ 07:05

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މެއި 2023 | އާދީއްތަ 07:05
ތ. ގުރައިދުއާއި މަޑިފުށި އަދި ލ. ފޮނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން

ތ. ގުރައިދުއާއި މަޑިފުށި އަދި ލ. ފޮނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ގުރައިދުއާއި މަޑިފުށި އަދި ލ. ފޮނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން މި މަހު 20 ވަނަ ދުވަހު ގުރައިދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

Advertisement - newsAdvertisement

އެ އޮޕަރޭޝަނުގައި 45 އަހަރުގެ މީހަކު އެ ރަށު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މަޑިފުށީގައި ހިންގި އޮޕަރޭޝަނަކީވެސް އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 19 އަހަރުގެ މީހަކު އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

ފޮނަދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި އެރަށު ތިން ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 86 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް