Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި

މިހާރު މި މައްސަލަ ބައްލަވަނީ އެ ކޯޓަށް އަލަށް އައްޔަނު ކުރެއްވި ގާޒީ އިބްރާހިމް އިހުސާން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މެއި 2023 | އާދީއްތަ 06:49
119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ އެ ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީއެވެ. ނަމަވެސް ދީބާނާޒް ހައިކޯޓަށް އައްޔަނު ކުރައްވާފައިވާތީ މިހާރު މި މައްސަލަ ބައްލަވަނީ އެ ކޯޓަށް އަލަށް އައްޔަނު ކުރެއްވި ގާޒީ އިބްރާހިމް އިހުސާންއެވެ.  

Advertisement - newsAdvertisement

ގާޒީ ވަނީ މި މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ.

މިހާރު މި މައްސަލައިގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމުންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ދިފާއުންވެސް ބުނެފައިވަނީ އެހެންނެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން އިތުރަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ ހުށައެޅުންތަަކަށް ގޮތެއް ނިންމަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.  

މި މައްސަލައިގެ ޒިންމާ ވަކި މީހަކު ނަގަންޖެހޭ ގޮތަށް އަމަލުކުރާކަމުގެ ތުހުމަތާއެކު ދައުލަތުން ވަނީ އެކަމާ ކަންބޮޑުވުން މީގެ ކުރިން ފާޅުކޮށްފައެވެ.

ގާޒީ ދީބާނާޒް މި މައްސަލަ ބެއްލެވިއިރު ދައުލަތުގެ ވަކީލުން ވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަށް ވަކި މީހަކު ޒިންމާ ކުރުވުމުގެ މިސްރާބަށް ދިފާއުން ދާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގައި ދައުވާލިބޭ އަލީ ޒުބައިރުގެ ވަކީލުން އެކަށީގެންވާ ގޮތެއްގައި އޭނާ ދިފާއު ނުކުރާކަމަށް ބަޔާންކޮށް ދައުލަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގައި އަލީ ޒުބައިރުގެ ފަރާތުން އެއްވެސް ހުށައެޅުމެއްވެސް ހުށައަޅާފައިނުވާ ކަމަށެވެ. ނަމަވެސް އަހުމަދު ސުނައިނުއާއި އަހުމަދު މުޖާހިދުގެ ފަރާތުން ހުށައެޅުންތައް ހުށައަޅާފައިވާކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅިގެން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުން އަލީ ޒުބައިރު ބުނީ، ދައުލަތުގެ އެ ވާހަކަތައް އޭނާ ޤަބޫލު ނުކުރާ ކަމަށެވެ. އެގޮތުން ދިފާއީ ވަކީލުން އެކަށީގެންވާ ގޮތެއްގައި އޭނާ ދިފާއު ކުރުމަށް މަސައްކަތް ކުރައްވާކަން ޤަބޫލު ކުރާކަމަށް އޭނާ ބުންޏެވެ.

ވުމާއެކު، އެ އަޑުއެހުމުގައި ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވީ، ދައުލަތުން ފާހަގަކުރި ކަންބޮޑުވުމާއި ގުޅޭގޮތުން އަލީ ޒުބައިރުގެ އެފަދަ ޝަކުވާއެއް ނެތްނަމަ ޝަރީއަތަށް އެ މިންވަރަށް ފުދޭ ކަމަށެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު