Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސެނަލް ބަލިވެ މެންޗެސްޓަރ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެ

ސިޓީއަށް ލީގު ކަށަވަރުވީ ބާކީ ދެ މެޗު އޮއްވާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 މެއި 2023 | އާދީއްތަ 02:28
ޗެމްޕިއަން މެންޗެސްޓަރ ސިޓީ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ޗެމްޕިއަން މެންޗެސްޓަރ ސިޓީ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ނޮޓިންގހަމް ފޮރެސްޓް އަތުން އާސެނަލް ބަލިވުމުން, މެންޗެސްޓަރ ސިޓީއަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.

ސިޓީއަށް ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ބާކީ ތިން މެޗު އޮއްވައެވެ. ސީޒަންގެ ބޮޑުބައެއްގައި ލީގުގެ އެއްވަނަ ދެމެހެއްޓި އާސެނަލްއަށް ލީގު ހޯދުމުގެ ފުރުޞަތު މުޅިން ބަންދުވީ ނޮޓިންގހަމް ފޮރެސްޓްގެ ދަނޑުގައި އެޓީމް އަތުން ބަލިވުމުންނެވެ. މެޗުން އާސެނަލް ބަލިވީ 1-0 ނެވެ. އާސެނަލް މުޅިން މާޔޫސްކޮށްލި ލަނޑު އެޓީމް ކޮޅަށް ޖެހީ ފުރަތަމަ ހާފްގައި ޓައީވޯ އަވޮނިޔީއެވެ. ނަތީޖާ ހަމަހަމަކުރާނެ ފުރުޞަތެއްވެސް ނޮޓިންގހަމް ފޮރެސްޓްގެ ވަރުގަދަ ޑިފެންސްލައިންގެ ތެރެއިން އާސެނަލްއަށް ނުލިބުނެވެ.

މެންޗެސްޓަރ ސިޓީއަށް ލީގު ޗެމްޕިއަން ކަށަވަރުވިއިރު އެޓީމް އެއްވަނާގައި އޮތީ 35 މެޗުން 85 ޕޮއިންޓާއެކުއެވެ. ދެވަނާގައިވާ އާސެނަލްއަށް ލިބެނީ 81 ޕޮއިންޓެވެ. އާސެނަލްއަށް ބާކީ އޮތީ އެއް މެޗެވެ. ލީގު ޗެމްޕިއަންކަން ލިބުމުގެ އުފާފާޅު ކުރުމަށް ސިޓީ އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ފޯމް ދަށްކޮށް އޮތް ޗެލްސީއާ ދެކޮޅަށެވެ. މެންޗެސްޓަރ ސިޓީއަށް މިސީޒަންގައި އެފްއޭކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުޞަތު އެބައޮތެވެ. އެދެމުބާރާތުގެ ފައިނަލުންވެސް ވަނީ ޖާގަ ކަށަވަރުކޮށްފައެވެ.

އާސެނަލް އަތުން ހޯދި މޮޅާއެކު ނޮޓިންގހަމް ފޮރެސްޓް ވަނީ ލީގުގައި ދެމި އޮތުމުގެ ފުރުޞަތު ހޯދާފައެވެ.

ޕްރިމިއަރ ލީގުއާސެނަލްނޮޓިންހަމް ފޮރެސްޓްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު