Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫމަޑި މައްސަލަ

މުއިއްޒަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކުރި ޙުކުމް އިސްތިއުނާފު ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ: ޕީޖީ އޮފީސް

މި މައްސަލައިގައި ހުށައެޅިފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2023 | ހޮނިހިރު 09:32
ކުރީގެ ހައުސިން މިނިސްޓަރ، މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ، މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު

ނޫމަޑި މައްސަލާގައި ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާނެއް ދެއްވާފައިވާ ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކުރި ޙުކުމް އިސްތިއުނާފު ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ، އެ އިދާރާއިން މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މައްސަލަ އިސްތިއުނާފު ކުރުމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮޮތެއް ނިންމަވާނެކަމަށެވެ.

މި މައްސަލައިގެ ޙުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޙުކުމުގައި ޝަރީއަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހުށައެޅިފައިވާ މައްސަލައަކީ ޖިނާއީ ތަހުގީގެއް ހިންގައި އޭގެ މައްޗަށް ދައުވާ އުފުލި މައްސަލައެއްކަން ފާހަގަ ކުރައްވައި އެ ދައުވާ ސާބިތު ކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ޝަރީއަތުން ފާހަގަކުރެއެވެ.

އެހެންނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ ވިޓްނަސް ސްޓޭޓްމަންޓަކީ މުއިއްޒު ދިން ބަޔާނެއްކަން އަދި އޭގައިވާ ސޮޔަކީ މުއިއްޒުގެ ސޮއިކަން ކަށަވަރު ކުރުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެއީ ހަގީގަތުގައިވެސް މުއިއްޒު ގެ ވިޓްނަސް ސްޓޭޓްމަންޓެއްކަން އެކަށީގެންވާ މިންވަރަށް ދައުލަތަށް ޔަޤީން ކޮށްދެވިފައިނުވާކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ބުނެފައިވަނީ ނޫމަޑިއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް މުއިއްޒު ވިދާޅުވި ކަމަށެވެ.

ނަމަވެސް ދައުލަތުން "ޝެޑިއުލް" މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ހެކިވެރިން ފާހަގަކޮށްފައިވާ ކަންކަމާ ފުށުއަރާކަމަށް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.  

ގާޒީ ވިދާޅުވީ، ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެކަމަށެވެ.  

އޭގެ އިތުރުން، އީވައިސީގެ މިކަމާ ގުޅޭ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، އެ ބައްދަލުވުމުގައި މުއިއްޒު އަދާކުރެއްވި ދައުރެއްވެސް، އަދި ދެއްކެވި ވާހަކައެއްވެސް ފެންނަން ނެތް ކަމަށާއި، އޭގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ އެއްވެސް ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގައި ހުށައެޅިފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

ނޫމަޑި މައްސަލަ ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު