Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަފީރު ކަނޑައެޅުން

ޓައިވާނަށް ސަފީރަކު ކަނޑައަޅާކަމަށް މާނަކުރެވުނު ސިޓީއާ ގުޅިގެން މައާފަށް އެދެފި

މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލުކޮށްދީ އެކަމަށް މައާފަށް އެދިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 މެއި 2023 | ހޮނިހިރު 01:15
ޗައިނާ ސަފީރު ވެންގް ލިޒިން އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ޗައިނާ ސަފީރު ވެންގް ލިޒިން އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވުނު ސިޓީގެ މައްސަލާގައި ދިވެހި ސަރުކާރުން މާފަށް އެދިފައިވާކަމަށް ޗައިނާ ސަފީރު ވެންގް ލިޒިން ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި ސިޓީއަކީ ޗައިނާއަށް ނުވަތަ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން މިހާރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެކެވެ.

Advertisement - newsAdvertisement

ރިޕަބްލިކް އޮފް ޗައިނާ އަކީ ޓައިވާނެވެ. ޓައިވާނަކީ ޗައިނާގެ މައި ސަރުކާރާ ދެކޮޅު މިނިވަން އަމިއްލަ ދައުލަތެއްގެ ގޮތުގައި ދައުވާކުރާ ގައުމެކެވެ. ރާއްޖެ އާއި ޓައިވާނާ ދެމެދު ޚާރިޖީ ގުޅުމެއްވެސް ގާއިމުވެފައިނުވެއެވެ.

މިމައްސަލައިގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެންގް ލިޒިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލުކޮށްދީ އެކަމަށް މައާފަށް އެދިފައިވާކަމަށެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާނީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށްވެސް ސަފީރު ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ވަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް މީގެކުރިންވެސް ބުނެފައެވެ.

އިތުރަށް ކިޔާލަން

14 މެއި 2020

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމަޔަށް ޔެލޯ އެލަރޓް ނެރެފި

14 މެއި 2020
ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމަޔަށް ޔެލޯ އެލަރޓް ނެރެފި
12 އެޕްރީލު 2020

ޓޫރިސްޓުން ގެނެވެނޭ ދުވަހެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ޔުނިވަރސިޓީއާ ހަވާލުކުރަނީ

12 އެޕްރީލު 2020
ޓޫރިސްޓުން ގެނެވެނޭ ދުވަހެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ޔުނިވަރސިޓީއާ ހަވާލުކުރަނީ
20 ޖެނުއަރީ 2019

އިންޑިއާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅައިފި

20 ޖެނުއަރީ 2019
އިންޑިއާއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅައިފި
06 ނޮވެމްބަރު 2018

މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތާ ހަމަޖެހުން ގުޅިފައިވަނީ އައްޑޫ ސިޓީއާ: ރައީސް ނަޝީދު

06 ނޮވެމްބަރު 2018
މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތާ ހަމަޖެހުން ގުޅިފައިވަނީ އައްޑޫ ސިޓީއާ: ރައީސް ނަޝީދު
11 ޖުލައި 2018

އާބާދީއާ ގުޅޭ ރިސަރޗްތައް ހެދުމަށް ގައުމީ ޔުނިވާރސިޓީއާ ޔޫއެންއެފްޕީއޭއާ އެކު އެއްބަސްވެއްޖެ

11 ޖުލައި 2018
އާބާދީއާ ގުޅޭ ރިސަރޗްތައް ހެދުމަށް ގައުމީ ޔުނިވާރސިޓީއާ ޔޫއެންއެފްޕީއޭއާ އެކު އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު