Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޅުރަށް ކުއްޔަށް ދޫކުރުން

އިޤްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ ޚާއްސަ ޤަވާއިދެއް

އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކަނޑައަޅާ ފަޅުރަށްރަށް ކުއްޔަށް ދެވޭނީ ދެ ގޮތަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 މެއި 2023 | ހުކުރު 16:23
ފަޅު ރަށް

ފަޅު ރަށް

އިޤްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ ޚާއްސަ ޤަވާއިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ "އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ" ގަވާއިދުގައިވާ ގޮތުން، ވަކި ބޭނުންތަކަކަށް ދޫކޮށްފައިވާ ފަޅުރަށްތައް ފިޔަވައި އެހެން ފަޅުރަށްތައް އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކުއްޔަށް ދޫކުރެވިދާނެއެވެ.

Advertisement - newsAdvertisement

އިޤްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ޤަވާއިދުގެ ދަށުން ދޫނުކުރެވޭނެ ފަޅުރަށްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްތަކާއި ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގްތިސާދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށްތަކުގެ އިތުރަށް ވަރުވާއަށް ލިޔެދޭ ފަޅުރަށްތަކެވެ.

އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކަނޑައަޅާ ފަޅުރަށްރަށް ކުއްޔަށް ދެވޭނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ދޫކުރުާ އުސޫލެވެ. އަދި ބިޑުކުރުމުގެ ދައުވަތަކާއި ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްސީލު ޕްރޮޕޯސަލް ހުށަހެޅުމުން އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށެވެ. އަދި މި ދެ އުސޫލުގެ ދަށުން ދޫކުރާ ރަށްރަށް ކުއްޔަށް ދޭނ،ީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިންކަމަށް ޤަވާއިދުގައިވެއެވެ.

ދައުވަތަކާ ނުލައި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރަން ހުއްދަ ދޭއިރު، އެކުއިޒިޝަން ފީގެ ގޮތުގައި އަގެއް ދެއްކުމަށް ޝަރުތުކުރުމުގެ އިހުތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ. އެކުއިޒިޝަން ފީގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކުރުމަށްފަހު، އިކޮނޮމިކް ކައުންސިލުންނެވެ.

ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ރަށްރަށުގެ ކުލި ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. އަދި ކުލީގެ އަދަދު، އަކަފޫޓަކަށް އަހަރަކަށް 10 ލާރިއަށް ވުރެ ދަށްވެގެން ނުވާނެކަމަށް ޤަވައިދުގައިވެއެވެ. އަދި 21 އަހަރު ދުވަހުގެ މުއްދަތަކަށް ފަޅުރަށްތައް ކުއްޔަށް ދޭއިރު، މުއްދަތު އިތުރުކުރަން އެދުމުން، 50 އަހަރަށް ވުރެ އިތުރުނުވާ ގޮތަށް މުއްދަތު އިތުރުކޮށްދެވެއެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި ކުއްޔަށް ހުޅުވާލައިފި

12 ޖޫން 2017
ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި  ކުއްޔަށް ހުޅުވާލައިފި
08 ޖޫން 2017

ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

08 ޖޫން 2017
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި
27 މެއި 2017

ތަކެތީގެ އަގުތައް އުފެލެނީ ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވުމުން: ރައީސް ނަޝީދު

27 މެއި 2017
ތަކެތީގެ އަގުތައް އުފެލެނީ ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތު ފެއިލްވުމުން: ރައީސް ނަޝީދު
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
26 އެޕްރީލު 2017

އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ

26 އެޕްރީލު 2017
އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު