Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ލީގުގެ ފުރަތަމަ މޮޅު ހޯދުމުގެ އުއްމީދުގައި ގްރީން ސްޓްރީޓްސް އަދި ޔޫވީ

19 މެއި 2023 | ހުކުރު 03:19

ދެ ޓީމުވެސް ކުޅުނު ދެ މެޗުން ވަނީ ބަލިވެފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 19 މެއި 2023 | ހުކުރު 03:19
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާކިއްޓެ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާކިއްޓެ

ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުގައި ދެ ޓީމުގެވެސް އުއްމީދަކީ ފުރަތަމަ މޮޅު ހޯދުމެވެ.

މި ސީޒަނުގައި ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައިވާއިރު، ދެ ޓީމުވެސް ވަނީ ކުޅުނު ދެމެޗުން ބަލިވެފައެވެ. ޔޫވީ ފުރަތަމަ ކުޅުނު މެޗުގައި 7-2 ގެ ބޮޑު ތަފާތަކުން ޗެމްޕިއަން މާޒިޔާ އަތުން ބަލިވިއިރު، ގްރީން ވެސް ވަނީ ފުރަތަމަ މެޗުގައި 5-1 އިން ސަސް ކައިރިން ބަލިވެފައެވެ. ޔޫވީ ކުޅުނު ދެވަނަ މެޗުގައި ސަސް ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ގްރީންގެ ދެވަނަ މެޗުގައި މާޒިޔާ އަތުން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ދެ ޓީމުވެސް ނުކުންނާނީ ލީގު މެދުކެނޑުމުގެ ކުރިން މޮޅެއް ހޯދުމުގެ އަޒުމުގައެވެ.

ޔޫވީ އަދި ގްރީން ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު އަލީ ނިޝްތާރު ބުނީ ޓީމު ހާލަތު އޮތީ ރަނގަޅަށްކަމަށާއި، ނަމަވެސް ސަސްޕެންޝަނުގައި ހުރި ހަސީބު ނެތުން ވާނީ ޗެލެންޖެއްކަމަށެވެ. ނިޝްތާރު ބުނި ފުރަތަމަ ދެ މެޗު ދިޔައީ އުނދަގުކޮށް ކަމަށާއި، ކޮންފިޑެންސް ގެންނަން މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ، ލަނޑު ޖެހުމުގައި ޓީމު އަދި ދަށްކަމާއި، އެކަމަށް އިތުރަށް ސަމާލުކަން ދޭނެކަމަށެވެ. އިދިކޮޅު ޓީމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޝްތާރު ބުނީ ދެ ޓީމަކީ ވެސް ދާދި އެއްވަރުގެ ދެ ޓީމުކަމަށާއި، އެއްވަރަކަށް ތައްުޔާރުވެވިފައި އޮތުމުން އެއްވެސް އުޒުރެއް ނުދެއްކޭނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫވީގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ، ޓީމު ފަރާތުން ފެންނަނީ މެޗަކަށްވުރެ މެޗެއް ރަނގަޅުވަމުން އަންނަ ތަންކަމަށެވެ. ޝާކިއްޓެެ ބުނީ ސްކޮޑަށް ބަލާއިރު ދެ ޓީމަކީވެސް އެއްވަރުގެ ދެ ޓީމުކަމަށާއި، އައު ކުޅުންތެރިން ދެ ޓީމުންވެސް ފެންނަ ކަމަށެވެ. އަދި އެއް ލެވެލްއެއްގެ ޓީމެއް އަތުން ޕޮއިންޓެއް ގެއްލިއްޖެނަމަ ވަރަށް އުނދަގޫ ހާލަތަކަށް ދާނެކަމަށާއި، މި މެޗަކީ ޔޫވީ އަށް އެންމެ މުހިންމު އެއް މެޗުކަމަށް އޭނާ ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 16:00 ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް