Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބިއޯންޑް އެއަރލަައިން

ބިއޯންޑް އެއަރލަައިންގެ އޮފީސް މާލޭގައި ހުޅުވައިފި

މި އޮފީސް ހުޅުވާފައިވަނީ ހ. ސަންރޭގެ 3 ވަނަ ފަންގިފިލާގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 15:03
ބިއޯންޑް އެއަރލައިންގެ އޮފީސް ހުޅުވުން

ބިއޯންޑް އެއަރލައިންގެ އޮފީސް ހުޅުވުން

ދުނިޔޭގެ ފުރަތަމަ ލަގްޜަރީ އެއަރލައިން، ބިއޯންޑް އެއަރލައިންގެ އޮފީސް މާލޭގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވާފައިވަނީ ހ. ސަންރޭގެ 3 ވަނަ ފަންގިފިލާގައެވެ.

މި އޮފީސް ހުޅުވާފައިވަނީ މިކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ބިއޯންޑް އެއަރލައިންގެ ސީއީއޯ، ޓޭރޯ ޓަސްކިލާ، ސިމްޑީ ގްރޫޕުގެ ސީއީއޯ، ޑރ. މަރިޔަމް ޝަކީލާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރެވެ.

އޮފީސް ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ޓޭރޯ ވިދާޅުވީ، ރާއްޖޭގައި މި އެއަރލައިން ގާއިމްކުރެވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މި އެއަރލައިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުންދާ ފަތުރުވެރިކަމަށް އިތުރު އެހީއަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބިއޯންޑް އެއަރލައިނުން ގެންދަނީ އެ އެއަރލައިންގެ ދަތުރުތައް މިއަހަރުގެ މެދުތެރޭގައި ފެށުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އެ އެއަރލައިނަށް ކެބިން ކްރޫއިން ނެގުމުގެ މަަސައްކަތް ކޮށްފައިވާއިރު، ކެބިން ކްރޫއިން ނެގުމަށް ބޭއްވި އޯޕަން ޑޭއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ސިމްޑީ ގްރޫޕުން ބުނެފައިވެއެވެ.

ރާއްޖޭގައި ފުރަތަމަ އޯޕަން ޑޭ ބާއްވާފައިވާއިރު، އެ އެއަރލައިންގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އޯޕަން ޑޭތައް ބޭއްވުމެވެ.

ދުނިޔޭގެ ފުރަތަމަ ލަގްޜަރީ އެއަރލައިން ކަމަށްވާ ބިއޯންޑް އެއަރލައިނުން؛ ޗައިނާ، ޔޫއޭއީ، ސައޫދީ އަރަބިއްޔާ، އަދި ޔޫރަޕުގެ އެކި މަންޒިލްތަކަށް ދަތުރުކުރާނެއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު