Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ އަދުލުގެ ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުުރުވުމުގެ ވޯކްޝޮޕެއް ބާއްވައިފި

18 މެއި 2023 | ބުރާސްފަތި 14:12

28 ފަރާތަކުން މިބުރުގެ ޓްރެއިނިންގގައި ބައިވެރިވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މެއި 2023 | ބުރާސްފަތި 14:12
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި ވޯކްޝޮޕްގެ ތެރެއިން

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި ވޯކްޝޮޕްގެ ތެރެއިން

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުުރުމަށް ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕަކީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދު، ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ބެލުމުގެދަށުން އުފެދި، ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް އޯވަރސައިޓް ކޮމެޓީގެ ނިންމުމުގެ ދަށުން، އދ.ގެ މަސްތުވާތަކެއްޗާއި ގާނޫނާއި ޚިލާފު އަމަލުތަކާބެހޭ އޮފީސް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަމާއެކު، 2021 ވަނަ އަހަރު ފެސިލިޓޭޓަރުންތައް ތަމްރީނުކުރެވި، ވަކި މެނުއަލެއް ހެދި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ 5 މުއައްސަސާއާ ގުޅިގެން، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތްކޮށް އެކުދިންގެ މަސްލަހަތުގައި ގޮތް ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި 5 ދުވަހުގެ ވޯކްޝޮޕެކެވެ.

Advertisement - newsAdvertisement

ނިމިގެންދިޔަ ވޯކްޝޮޕަކީ މި އަހަރުގެ ފުރަތަމަ، ނަމަވެސް މި ފަދަ 6 ވަނަ ވޯކްޝޮޕެވެ. މާލޭގެ އިތުރުން ޏ. ފުވައްމުލައް އަދި ހދ. ކުޅުދުއްފުށީގައި ވަނީ މި ފަދަ ޓްރެއިނިންގއެއް ހިންގާފައެވެ. ޏ. ފުވައްމުލަކުގެ ޓްރެއިނިންގގައި ޏ އަތޮޅުގެ އިތުރުން އައްޑު އަތޮޅުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވެއެވެ. ހދ. ކުޅުއްދުއްފުށީގެ ޓްރެއިނިންގައި ހދ އަތޮޅުގެ އިތުރުން، ހއ އަދި ށ އަތޮޅުގެ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މި ވޯކްޝޮޕްގެ އަލީގައި ލިބިގެންދިޔަ މައުލޫމާތާއި ތަމްރީނާއެކު ކުޑަކުދިންގެ ކަންކަން ކުރުމުގައި މުއައްސަސާތަކުން މިހާރަށްވުރެވެސް ހަރުދަނާ އުސޫލެއްގެ މަތިން ކަންކަން ކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިހާތަނަށް ބޭއްވުނު ޓްރެއިނިންގތަކުން ގާތްގަނޑަށް 170 ވަރަކަށް މީހުން ވަނީ ތަމްރީން ހާސިލްކޮށްފައެވެ.

މި ފަހަރުގެ ޓްރެއިނިންގގައި 28 ފަރާތެއް ވަނީ ތަމްރީނުކުރެވިފައެވެ. ޔޫއެންއޯޑީސީން ވަނީ މި ޓްރެއިނިންގގެ އިތުރުން ރިފްރެޝަރ ޓްރެއިނިންގއެއްގެ ގޮތުގައި 2022 އޮކްޓޯބަރު 18އިން 19އަށް ވެސް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް އެހީތެރިވެފައެވެ.

މި ޓްރެއިނިންގައި ކުޑަކުދިންގެ އަދުލާ ގުޅިގެން އެކުލަވާލާފައިވާ ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހުށަހެޅުމުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކުޑަކުދިންނަށް ހާއްސަ ނިޒާމެއް އޮތުމުގެ މުހިންމުކަމަށް ބައިވެރިން އަހުލުވެރިކުރެވިފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންނާ މުއާމަލާތްކުރާއިރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ރިހެބިލިޓޭޓްކޮށް، ބިނާކުރަނިވިގޮތެއްގައި މުޖުތަމައަށް ނެރުމަށްޓަކައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި، ގޮންޖެހުންތައް ހުރި ކަމުގައި ވިޔަސް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލައިލާފައިވެއެވެ.

ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކަށް ބައިވެރިން އަހުލުވެރިކޮށް، ކުޑަކުދިންގޭ ޙައްޤުތަކަށް އަހުލުވެރިކޮށް، އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައިވެސް ކުޑަކުދިންނަށް ލިބިގެންވާ ހައްގުތައް ކަށަވަރުކުރަންޖެހޭކަން ކަމާގުޅޭ މައުލޫމާތު ބަދަލުކޮށް ހިއްސާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖޫން 2017

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

20 ޖޫން 2017
ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް
13 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި
11 ޖޫން 2017

ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

11 ޖޫން 2017
ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް