Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލަށްވުރެ މޮޅީ ސިޓީ: އަންޗެލޮޓީ

މިދިޔަ ސީޒަނުގައި ސިޓީ އަށް ވުރެ ރެއާލް މޮޅުވި ފަދައިން، މި ސީޒަނުގައި ރެއާލަށް ވުރެ ސިޓީ މޮޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 05:22
ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ކޯޗު އަންޗެލޮޓީ

ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ކޯޗު އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ މޮޅަށް ކުޅުނީ މެންޗެސްޓަރ ސިޓީ ކަމަށް، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ސިޓީ އަތުން ބަލިވެ މުބާރާތުން ކެޓި މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ރެއާލުން ކުޅުނީ އެ މެޗުން މޮޅުވާން ހައްގު އިދިކޮޅު ޓީމަކާ ދެކޮޅަށެވެ. ސަބަބަކީ އެ މެޗުގައި ފުރަތަމަ ހާފުގައި ވެސް އެޑްވާންޓޭޖު ނެގޭ ވަރަށް މޮޅަށް ކުޅުނީ ސިޓީން ކަމަށް އޭނާ ފާހަގަކުރި އެވެ. އެހެންކަމުން އެ މެޗުގައި ސިޓީން ދެއްކީ ފައިނަލަށް ދިޔުމަށް ހައްގުވާ ވަރުގެ ކުޅުމެއް ކަމަށް ވެސް އަންޗެލޯޓީ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މިދިޔަ ސީޒަނުގައި ސިޓީ އަށް ވުރެ ރެއާލް މޮޅުވި ފަދައިން، މި ސީޒަނުގައި ރެއާލަށް ވުރެ ސިޓީ މޮޅު ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކަންކަން ވާނީ މިފަދަ ގޮތަކަށް ކަމަށެވެ. ޚާއްސަކޮށް ވަރަށް ވަރުގަދަ އިދިކޮޅު ޓީމަކާ ދެކޮޅަށް ކުޅެ ބަލިވާ ފަހަރު ވެސް އަންނާނެ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ.

އަންޗެލޮިޓީ ޤަބޫލު ކުރާ ގޮތުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅެވުމަކީ ވެސް ކާމިޔާބެކެވެ. ޚާއްސަކޮށް ގިނަ ޓީމުތަކެއްގެ ތެރެއިން ސެމީ ފައިނަލާ ހަމައަށް އަންނާނީ އެންމެ ވަރުގަދަ ހަތަރު ޓީމުކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އަބަދު މޮޅުވުމަކީ ވެސް ކުޅިވަރުގައި ޚާއްސަކޮށް ފުޓުބޯޅައިގައި ކުރަން އުނދަގޫ ކަމެއް ކަމަށެވެ. އެހެންކަމުން މި ސީޒަނުގެ ފައިނަލަށް ދުވެނު ނަމަވެސް، ރެއާލުން މަސައްކަތް ކުރާނީ އަންނަ ސީޒަނުގެ ފައިނަލަށް ދިޔުމަށް ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ވަނީ މިހާރަށް ވުރެ ވަރު ގަދަޔަށް ރެއާލް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

މޫގެ އިތުރުން އޭނާ ބުނީ، މިދިޔަ ސީޒަނުގައި އޮތް ސިޓީއާ މި ސީޒަނުގައި އޮތް ޓީމާ ވަރަށް ތަފާތު ކަމަށެވެ. ޚާއްސަކޮށް އެ ޓީމު ދައްކަމުން އައި ކުޅުމާއި، އެ ޓީމު ނެރެމުން އަންނަ ނަތީޖާ ތަކަކީ އެކަމުގެ ހެއްކެއް ކަމަށް އޭނަ ދެކެ އެވެ. މި ޕްރެސްގައި ވެސް އަޗެލޮޓީ ވަނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ އެކަމުގެ ރެއާލްގެ ރައީސް ވެސް ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ރެއާލްގައި ހުންނަން ކަމަށާއި، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ކަމަށް އަންޗެލޮޓީ ބުންޏެވެ.

ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު