Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަލެމަނީ ނިންމުން ބަދަލުކޮށް ބާސެލޯނާގެ ޕްރޮޖެކްޓް ނިންމަން ހިފައިފި

17 މެއި 2023 | ބުދަ 22:07

އަލެމަނީ އިނގިރޭސި ވިލާތަށް ބަދަލުނުވާން ނިންމީ އާއިލީ ސަބަބުތަކަށްޓަކައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 17 މެއި 2023 | ބުދަ 22:07
އަލެމަނީ: ބާސެލޯނާގައި މަޑުކުރަން ބޭނުން

އަލެމަނީ: ބާސެލޯނާގައި މަޑުކުރަން ބޭނުން

މި ސީޒަނަށް ފަހު އެސްޓަން ވިލާ އަށް ބަދަލުވާން ނިންމިކަން އިއުލާނުކުރިތާ ދެ ހަފުތާ ފަހުން އެ ނިންމުން ބަދަލުކޮށް ބާސެލޯނާގެ ޓްރާންސްފާ ޗީފް މަތިއު އަލެމަނީ ކުލަބުގައި މަޑުކުރަން ނިންމައިފި އެވެ.

އަދި ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ވަނީ ކުލަބުގައި މަޑުކުރަން ނިންމުމުން އެ ފުރުސަތު އަލެމަނީ އަށް ދޭން ނިންމައިފަ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ އަލެމަނީ އިނގިރޭސިވިލާތުގެ އެސްޓަންވިލާ އަށް ބަދަލުނުވާން ނިންމީ އާއިލީ ސަބަބުތަކަށްޓަކައި ސްޕޭނުގައި ހުންނަން ބޭނުންވުމުންނެވެ.

އަނެއް ބަޔަކު ބުނަނީ އެސްޓަންވިލާއިން ހުށަހެޅި ބޮޑު މުސާރަ ބާސެލޯނާ އަށް ދެވެން ނެތުމުން ކުލަބު ބަދަލުކުރަން ނިންމި ނަމަވެސް އަލެމަނީ ފަހު ވަގުތު ނިންމުން ބަދަލުކުރީ އެސްޓަންވިލާގެ ސްޕޯޓިން ޕްރޮޖެކްޓާމެދު މުޅިން ހިތްހަމަނުޖެހޭތީ އެވެ. އޭނާ ވަނީ ދާދި ފަހުން ވިލާގެ ފެސިލިޓީސްތަކާއި ކުލަބުގެ އެތެރޭގެ ކަންކަން ދެނެގަތުމަށް އިނގިރޭސިވލާތަށް ވެސް ގޮސްފަ އެވެ. ވިލާއަށް ބަަލުވާން ނިންމައި އެކަން ބާސެލޯނާ އަށް އެންގި ނަމަވެސް އަލެމަނީ މިހާތަނަށް އެއްވެސް ލިޔުމެއްގައި ސޮއނުކުރެ އެވެ. އޭނާގެ ނިންމުން މިހާ ފަސޭހައިން ބަދަލުކުރެވުނީ މިހެންވެ އެވެ.

އަލެމަނީ އަލުން ބާސެލޯނާގައި ވަޒީފާއަދާކުރަން ނިންމީ ކުރިން ވެސް ލިބެމުން އައި މުސާރައަށެވެ. އަދި އޭނާ ދެން މަސައްކަތްކުރަން ޖެހޭނީ ޖޯޑީ ކްރައިފްގެ ބަދަލުގައި ސްޕޯޓިން ޑައިރެކްޓަރުކަމާ ހަވާލުވާ ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޑެކޯއާ އެކުގަ އެވެ. ޑެކޯ އަކީ އަލެމަނީގެ މަގާމަށް ގެނައުމަށް ބާސެލޯނާއިން ފުރަތަމަ ވިސްނި މީހާ އެވެ. ނަމަވެސް ކްރައިފްގެ މަގާމު އޭނާ އަށް ދޭން ނިންމީ އަލެމަނީ ނިންމުން ބަދަލުކުރިކަން ލަޕޯޓާއަށް އެންގުމުންނެވެ.

އަލެމަނީ އެސްޓަންވިލާއަށް ދާން ނިންމިކަން އިއުލާނުކުރީ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވަ އެވެ. ނަމަވެސް އޭނާގެ ނިންމުން ބަދަލުކުރުމުން މި ކޮންޓްރެކްޓް އިތުރު ދެ އަހަރަށް ދިގު ދަންމާލައި 2026ގައި ނިމޭ ގޮތަށް އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށް ބާސެލޯނާއިން ދަނީ ބާރު އަޅަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
30 މެއި 2017

ބެންގަލޫރު ބަލިކޮށް ތާރީހު ބަދަލުކޮށްލަން މަސައްކަތްކުރާނަން: އަސައްކޮ

30 މެއި 2017
ބެންގަލޫރު ބަލިކޮށް ތާރީހު ބަދަލުކޮށްލަން މަސައްކަތްކުރާނަން: އަސައްކޮ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
11 މެއި 2017

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
29 އެޕްރީލު 2017

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

29 އެޕްރީލު 2017
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް