Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުވެންޓަސް

އަންނަ ސީޒަނަށް ފަހު ބޮނޫޗީ ކުޅުން ހުއްޓާލަނީ

އެ ނިންމުން ނިންމީ ކުރިން ޔުވެންޓަސް އަށް ކުޅެފައިވާ ލެޖެންޑްރީ ގޯލް ކީޕަރު ޖިއަންލުއީޖީ ބުފޮންއާ މަޝްވަރާ ކުރުމަށް ފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 03:04
ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ބޮނޫޗީ

ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ބޮނޫޗީ

އިޓާލިއަން ލީގުގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަންނަ ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައިވާކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އެކަން ހާމަކުރީ ޔުވެންޓަސް އަށް އޭނާ 500 ވަނަ މެޗު ހަމަކޮށްދިނުމަށް ފަހު އެކުލަބުގެ ޔޫޓިއުބު ޗެނަލްގައި ދިން އިންޓަވިޔުގަ އެވެ. ބޮނޫޗީ ބުނީ އޭނާ އެ ނިންމުން ނިންމީ ކުރިން ޔުވެންޓަސް އަށް ކުޅެފައިވާ ލެޖެންޑްރީ ގޯލް ކީޕަރު ޖިއަންލުއީޖީ ބުފޮންއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ބޮނޫޗީ ބުނީ އަންނަ ސީޒަނަށް ފަހު އޭނާ ކުޅުން ހުއްޓާލުން ވާނީ ޑިފެންސިވް ޒަމާނެއްގެ ނިމުން ކަމަށާއި، އެއީ އިޓަލީ ސްޓައިލް ޑިފެންސް ކުރާނެ ގޮތަކަށް ވާނެ ކަމަށެވެ. އޭނާ ބުނީ އެންމެ މޮޅު ކުޅުންތެރިންނާއެކު މަތީ ފަންތީގައި ހުރުމަކީ އޭނާ އަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. ބޮނޫޗީގެ އުންމީދަކީ ބަރެސީ، މޯލްޑިނީ، ނެސްޓާ އަދި ކެނަވާރޯ ކަހަލަ މޮޅު ޑިފެންޑަރުން މުސްތަގުބަލުގައި އުފެދުމެވެ. ބޮނޫޗީ ފާހަގަ ކުރި ގޮތުގައި އޭނާ ހިމެނޭހެން އެ ކުޅުންތެރިން ވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި، ފުޓުބޯޅަ އަށް ޚިދުމަތެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

ބޮނޫޗީ އޭނާގެ ސީނިއާ ކެރިއަރު ފެށީ 2005 ވަނަ އަހަރު އިޓަލީގެ ވިޓާބީސް އިންނެވެ. އެއަށްފަހު އޭނާ ވަނީ މިހާތަނަށް އެކި ކުލަބުތަކަށް ކުޅެފަ އެވެ. ބޮނޫޗީ ކުޅުނު ކުލަބުތަކުގެ ތެރޭގައި އިންޓަ މިލާން އަދި ޔުވެންޓަސް ހިމެނެ އެވެ. އޭނާ އެންމެ ފުރަތަަމަ ޔުވެންޓަސް އަށް ބަދަލުވީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ޔުވެންޓަސް އަށް ހަތް އަހަރު އޭނާ ވަނީ ކުޅެފަ އެވެ. 2017 ވަނަ އަހަރު އޭނާ ޔުވެންޓަސް ދޫކޮށްލިއިރު ވަނީ އެ ކުލަބަށް 319 މެޗު ކުޅެދީ، 21 ލަނޑު ޖަހައިފަ އެވެ. އެއަށްފަހު އޭނަ ބަދަލުވީ އޭސީ މިލާނަށެވެ. އެ ކުލަބަށް އެއް އަހަރު ކުޅުމަށް ފަހު 2018 ވަނަ އަހަރު އަނެއްކާ ވެސް ބަދަލުވީ ޔުވެންޓަސް އަށެވެ. އޭގެ ފަހުން މިހާތަނަށް ވަނީ ޔުވެންޓަސް އަށް 181 މެޗު ކުޅެދީ، 16 ލަނޑު ޖަހައިފަ އެވެ. ބޮނޫޗީ ވަނީ ޔުވެންޓަސް އަށް ޖުމުލަ 500 މެޗު ކުޅެދީފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 16 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގު އަށް ފަހަރު، އިޓާލިއަން ކަޕް ހަތަރު ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ހަތަރު ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ބޮނޫޗީ އަންނަނީ 2010 ވަނަ އަހަރުން ފެށިގެން އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 120 މެޗު ކުޅެދީ އަށް ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރަށް އެ މުބާރާތުގެ ފައިނަލްގައި 2012 ވަނަ އަހަރު ކުޅުނެވެ. ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ކުޅުނުއިރު، ފީފާ ކޮންފަޑަރޭޝަން ކަޕްގެ ތިން ވަނަ ހޯދި އެވެ. މިދިޔަ އަހަރު އިޓަލީ ޤައުމީ ޓީމުގެ ކެޕްޓަން ޖިއޮޖިއޯ ކިއެލީނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމާއެކު، ކެޕްޓަން ބޭންޑު ދީފައި ވަނީ ބޮނޫޗީ އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު