Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ އެއާޕޯޓު

ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭގެ މަސައްކަތާއި ޢިމާރާތްތަކުގެ މަސައްކަތް އަދި ޑްރެޖިން ދަނީ ކުރިއަށް - މިނިސްޓްރީ

17 މެއި 2023 | ބުދަ 08:07

މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 މެއި 2023 | ބުދަ 08:07
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް

ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އައު ރަންވޭގެ މަސައްކަތާއި ޢިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތް އަދި ޑްރެޖިންގ މަސައްކަތް ދަނީ ބާރަށް ކުރިޔަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެފަދައިން ބުނެފައި ވަނީ ބުދަ ދުވަހުކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ މި މަޝްރޫޢު އަކީ ބޮޑުތިލަދުންމަތީގެ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށެވެ.

Advertisement - newsAdvertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ރަންވޭގެ ތާރުގެ މަސައްކަތްތައް ފަށާފައި ވަނީ 9 މޭއި 2023ގައެވެ. މީގެ ކުރިން 2012 ވަނަ އަހަރު ހަނިމާދޫ އެއަރޕޯޓުގެ ނަން އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް އެތަނުން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅެއް ނުވެއެވެ. އެގޮތުން ހަފްތާއަކު 1 ދުވަހު، ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއިން ބާއްވާ އިންޑިއާ ދަތުރު ފިޔަވާ، އިތުރު ބައިނަލްއަޤްވާމީ ދަތުރެއް ތާވަލްކޮށްފައެއް ނެތެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އުތުރުގެ ފަތުރުވެރިކަމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެެ. އަދި އެކަމުގެ އިޤްތިޞާދީ މަންފާ ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ 18ވަނަ ދުވަހު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. މިއީ މާލެ ފިޔަވާ އެހެން ތަނެއްގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުއެވެ.

މުޅި މި މަޝްރޫޢު 2024 ގައި ނިމޭނެ ކަމަށް ލަފާކުރާއިރު މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖުލައި 2017

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި
08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
02 ޖޫން 2017

ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް

02 ޖޫން 2017
ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
27 ފެބުރުއަރީ 2017

އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 ފެބުރުއަރީ 2017
އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް