Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާލަމީ ވަބާ

ކޮވިޑް ފަދަ އިތުރު އާލަމީ ވަބާއަކާއި ދުނިޔެ ކުރިމަތި ލާފާނެ ކަމުގެ އިންޒާރު ދީފި

ދިރާސާތައް ކުރުމަށް އާލަތްތަކާއި ވަސީލަތްތައް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2023 | ހުކުރު 11:55
ވާލުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ދެނެގަތުމުގެ މަސައްކަތް ކުރަނީ

ވާލުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ދެނެގަތުމުގެ މަސައްކަތް ކުރަނީ

ސައިންސްވެރިން ބުނާ ގޮތުގައި އެމެޒޯން ރެއިންފޮރެސްޓްގެ ތެރެއިން ދުނިޔެއަށް ދެން އަންނަ އާލަމީ ވަބާއެއް ނުވަތަ ބޮޑު ބަލިމަޑުކަމެއް ދެން ފެށިދާނެ ކަމަށް އެންމެ ބޮޑަށް ބެލެނީ ބެލެނީ 1.5 ކިލޯމީޓަރަށް ވުރެ ފުންމިނުގައި އެތައް ހާސް ވާލެއް ދިރިއުޅޭ ޕްލެނަލްޓީނާ ނަމަކަށް ކިޔާ ހޮހަޅައެއް ފަދަ ހޮހަޅައަކުންނެވެ.

މިކަހަލަ އިތުރު އެތައް ހޮހަޅައެއް މުޅި އެމެޒޯންގެ އެކި ހިސާބުތަކުގެ އެބަހުއްޓެވެ. ގުނާ ނުލެވޭ ތަންތަނާއި، އަދި އެތަންތަނަށް އުފަން ވާލުގެ ބާވަތްތަކަކީ މުޅިން ދިރާސާ ނުކުރެވި ނުވަތަ ހޯދުންތައް ހޯދިފައި ނުވާ އެއްޗެއްސެވެ. ބްރެޒިލް އަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ ބާވަތްތަކުގެ ވާތައް އުޅޭ ގައުމެވެ.

ދުނިޔޭގެ އެންމެ ފަނާކުރަނިވި ބައެއް ވައިރަސްތައް ވާސިލްވެފައި ވަނީ ވާލުންނެވެ. ކޮވިޑް-19 ފަދަ މުސްތަގުބަލުގައި ފެތުރިދާނެފަދަ ބަލިމަޑުކަން ހުއްޓުވުމުގެ އުންމީދުގައި ސައިންސްވެރިން ދަނީ ވާލުގެ ޒަރިއްޔާއިން ބަލިމަޑުކަން ފެތުރެނީ ކިހިނެއް އަދި ކީއްވެތޯ ދިރާސާ ކުރަމުންނެވެ. އެކަމަކު ލިމިޓެޑް ފަންޑިންގ އާއި އެކު މަސައްކަތް ކުރަމުން އަންނަ ނުވަތަ ސައިންސްވެރިން ބުނާ ގޮތުގައި މި ޕެތޮޖެނިކް (ބަލިތައް އުފައްދާ އޯގަނިސަމް ނުވަތަ އެޖެންޓް) އިން ގޮތްނޭނގޭ ކަންކަން އަވަހަށް ހާމަކުރެވޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެންނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާތަނަށް މި ސަރަހައްދުން ބޮޑު ވައިރަލް ސްޕިލްއޯވަރަކުން ނުވަތަ ވައިރަހުގެ ނުރައްކަލަކުން ސަލާމަތްވުމުގެ ނަސީބު އިންސާނިއްޔަތަށް ލިބިފައިވާ ކަމަށް ބުނެއެވެ.

ޔުނިވަރސިޓީ އޮފް ބްރެޒިލިއާގެ ބަޔޮލޮޖީ އިންސްޓިޓިއުޓްގެ ޕްރޮފެސަރު ސެބަސްޓިއަން ޗާނިއޯ ވިދާޅުވަނީ، މިހާރު މިކަން ނުކޮށްފިނަމަ ކުރިއަށް އޮތްތަނުގައި އެހެން ބަލިމަޑުކަމެއް ފެތުރި، މި ބަލިމަޑުކަން އަންނަނީ ކޮންތާކުން ކަމެއް، އަދި ސާސް-ކޯވް-2 ނުވަތަ ކޮވިޑް-19 އައިސްފައިވަނީ ކޮންތާކުން ކަމެއް ނޭނގި މިއަދު މިތިބި ހާލަތުގައި ތިބެންޖެހިދާނެ ކަމަށެވެ. އަދި އެއީ ބޮޑު މައްސަލައެއް ކަމަށާއި، ސަބަބަކީ މި ވައިރަސް ދިޔަ މަގު ދެނެގަންނަން ނޭނގޭނަމަ، އިވޮލިއުޝަނަރީ ސުވާލާއި އިންސާނުންނަށް ޖެހުނީ ކިހިނެއްތޯ ނޭނގި އެކަމާ ހަނގުރާމަ ނުކުރެވޭނެ ކަމަށެވެ.

ބްރެޒިލްއަކީ އެހެން ޤައުމުތަކަށްވުރެ ވާލުން ޖެހޭ ބަލިތައް ނުވަތަ ވައިރަސް ފެތުރުމަށް ދޮންވެ ފައްކާވެފައި އޮތް ގައުމެކެވެ. އެހެން ގޮތަކަށް ބުނާނަމަ ބްރަޒިލްއަކީ ވާލުގެ ވައިރަސް އިންސާނުންނަށް ފެތުރިގެން ދިއުމުގެ ޙާލަތު ފުރިހަމަވެފައިވާ "ޖަމްޕް ޒޯން" އެކެވެ.

ރޮއިޓާސް އިން ކުރި ތަހުލީލަކުން ދައްކާ ގޮތުގައި ބްރެޒިލްގެ ޖަމްޕް ޒޯންތައް ފާއިތުވި 20 އަހަރު ތެރޭގައި 40 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިފަދަ ނުރައްކާތެރި ސަރަހައްދުތަކަށް ވުރެ 2.5 ގުނަ އަވަސް އަދަދެކެވެ.

މި ނުރައްކާ ބޮޑުވެގެންދަނީ އެމެޒޯން ޖަންގަލީގެ ބޮޑު ބައެއް ޑިފޮރެސްޓް ކުރުން ނުވަތަ ގަސްތައް ކަނޑާ ސުންނާފަތިކުރުމުގެ ސަބަބުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި ގަސްތައް ކަނޑާ ސުންނާފަތި ކުރުމުގެ ސަަބަބުން ވާލަށް ސްޓްރެސް ލިބޭ ކަމަށާއި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ސްޓްރެސް ވެފައިވާ ވާލުގައި ވައިރަސް ހުންނަ މިންވަރު އިތުރުވެ، ކުޑަކަމުދާ ތަކެއްޗާއި، ކުޅު އަދި ނަޖިހުގައި އިތުރު ޖަރާސީމު ހުންނަ ކަމަށެވެ.

ޔުނިވާސިޓީ އޮފް ބްރެޒިލިއާގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ލުޑްމިލާ އަގުއާ ވިދާޅުވާގޮތުގައި، އައު ބަލިމަޑުކަން ހޯދައި ހުއްޓުވުމުގެ ބޮޑު ގާބިލްކަމެއް ސައިންވެސްވެރިންނަށް އެބައޮތްކަން އެނގޭއިރު، އެކަމަށް ރިއާޔަތް ނުކޮށް، ނުވިސނުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެއާ ހިލާފަށް މިހާރު ފެނިގެންދަނީ ތިމާވެށި ހަލާކުކޮށްލުމުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރަޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ވެރިކަމުގައި ވާލުތައް އުޅޭ މާހައުލުތައް ހަލާކުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އޭނާގެ ސަރުކާރުން ވަނީ ތިމާވެށީގެ ގަވާއިދުތައް ފަހަތަށް ޖައްސައި، ސައިންޓިފިކް ދިރާސާތަކަށް ދޭ ފައިސާ ކުޑަކޮށްފައެވެ. އޭނާގެ ބެލުމުގެ ދަށުން ކޮވިޑް-19 ގައި ބްރެޒިލްގެ ސިއްހީ ނިޒާމުގެ ހާލަތު ދަށްވެގެން ދިޔައެވެ. އެންމެ ފަހުން ބޮލްސޮނާރޯ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމުން ދުރުވާން ޖެހުނެވެ.

ސައިންސްވެރިންނާއި ސިއްހީ ތަޖުރިބާކާރުން އިންޒާރު ދެނީ ނުރައްކާތެރި ޕެތޯޖަނެއް ހޯދުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް އެގައުމުގައި އަދިވެސް ނެތް ކަމަށެވެ. މިފަދަ އިންޒާރެއް ދީފައި މިވަނީ އާލަމީ ބަލިމަޑުކަމެއް އުފެދިދާނެ ހާލަތެއްގެ ފުރުސަތު ބޮޑުކަމަށް ސައިންސްވެރިން ބުނަމުން އަންނަ ދުވަސްވަރެއްގައެވެ.

ބޮލްސޮނާރޯގެ ފަހަތުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ބްރެޒިލްގައި ޖަންގަލިތައް ހަލާކުކޮށްލާ ގަސްތައް ކެނޑުން ނިމުމަކަށް ގެންނަވާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ. ނަމަވެސް އެކަން ކުރެއްވުމަށް ބްރެޒިލްގެ ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭނެއެވެ. އަދި ބްރެޒިލްގެ ދަނޑުވެރިކަމުގެ ލޮބީއާ ގުޅިފައިވާ ބާރުގަދަ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެ މަސައްކަތަށް ދުލެއް ނުދޭނެއެވެ.

ފާމް ކޯކަސްގެ މަންދޫބަކު ރޮއިޓާސްއަށް ވިދާޅުވީ ގަވާއިދާ ހިލާފަށް ގަސްތައް ކެނޑުން ހުއްޓުވުމަށް ރައީސް ކުރައްވާ މަސައްކަތަށް އެ ގްރޫޕުން ތާއީދުކުރާ ކަމަށާއި ނަމަވެސް ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން އެކަން ކުރަންޖެހޭ ކަމަށެވެ.

ލޫލާގެ ހެލްތު މިނިސްޓްރީން ބުނީ ޒޫނޮޓިކް ސްޕިލޯވަރ ގެ ނުރައްކާ ކޮންމެ ދުވަހަކު ވެސް ބައެއް ނެޓްވޯކްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން މޮނިޓަރ ކުރާ ކަމަށާއި ސަވައިލެންސް ރަނގަޅު ކުރެވޭނެ ގޮތްތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޖަންގަލިން ގަސް ކެނޑުމުގެ މަސައްކަތް ވެސް ދަނީ އެއްވަރެއްގެ ދުވެލީގައި ކުރިއަށް ގެންދަމުންނެވެ. ގަސް ކެނޑުމަށް ކޮންމެ ދުވަހަކު ކުރާ މަސައްކަތުން ބަލިމަޑުކަމެއް ބްރަޒިލްގައި ފެތުރި ދުނިޔެއަށް ފެތުރިގެން ދިއުމަށް އިތުރު ފުރުސަތެއް އިތުރުވެގެންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
 ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!

ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!

20 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު