ކ. މާލެ
|
16 މެއި 2023 | އަންގާރަ 22:43
ގައުމީ ޔުނިވަރސިޓީގެ ތެވެލި މަހާސިންތާއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި
ގައުމީ ޔުނިވަރސިޓީގެ ތެވެލި މަހާސިންތާއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި
އެމްއެންޔޫ
ތެވެލި މަހާސިންތާ
ތެވެލި މަހާސިންތާގެ އެބްސްޓްރެކްޓް ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްފި
 
މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 21-22 އޮގަސްޓްގައި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ފަސްވަނަ ތެވެލި ބައިނަލްއަގުވާމީ މަހާސިންތާގެ އެބްސްރެކްޓް ހުށައަޅަންޖެހޭ ތާރީޚް އިތުރުކޮށްފިއެވެ.

މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 21-22 އޮގަސްޓްގައެވެ.

މިއަހަރުގެ މަހާސިންތާ ޚާއްސަކޮށްފައިވަނީ ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ. މިމަހާސިންތާއަކީ، ތަފާތު އެކި ޑިސިޕްލިންތަކުން އިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ސްކޯލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެންސެވެ. މި ކޮންފަރެންސްގެ އެންމެ މުހިންމު މަގުސަދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަކީ އިލްމު އުފައްދާ، އިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ހެދުމެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި، ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ގައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުމާއި، ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް  އެހީތެރިވުމެވެ.

ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށްގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔެއަށް މަޝްހޫރު އިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ އިލްމީ ހޯދުންތަކާއި ގައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި، ދިވެހިން އިލްމީގޮތުން ހޯދާފައިވާ ހޯދުންތައް އެކި ސެޝަންތަކުގައި ހުށަހެޅޭނެއެވެ.

މިކޮންފަރެންސްގެ މުހިއްމު ތާރީޚްތައް؛

އެބްސްޓްރެކްޓް ހުށަހަޅަންޖެހޭ ތާރީޚް: 22 މޭ 2023

އެބްސްޓްރެކްޓް ފާސްކުރާ ތާރީޚް: 22 ޖޫން 2023

ރެޖިސްޓްރޭޝަން: 03 އޮގަސްޓް 2023

ކޮންފަރެންސް ބާއްވާ ތާރީޚް: 21-22 އޮގަސްޓު 2023

މި ކޮންފަރެންސްގައި އިނގިރޭސި، ދިވެހި ނުވަތަ އަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން، ފަންނީ އިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ޔުނިވަރސިޓީއަކަށް ވުމާއެކު، މި ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު އިލްމީ ދިރާސާތަކުގެ މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްސަ ކޮންފަރެންސަކަށް ވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް