Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ފައިނަލަށް ދާން ބޭނުންނަމަ ބާނަބެއުގައި ދެއްކި ކުޅުމަށްވުރެ މޮޅަށް ކުޅެން ޖެހޭނެ: ގާޑިއޯލާ

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އޮންނަ މެޗުގެ ފޭވަރިޓުންނަކީ ސިޓީ ކަމަށް ޤަބޫލު ކުރަންތޯ ސުވާލު ކުރުމުން ގާޑިއޯލާ ވަނީ އެކަމާ ދެކޮޅު ހަދައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2023 | ބުދަ 03:03
ރެއާލާ ދެކޮޅަށް ނުކުންނަ ދެ ވަނަ ލެގުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ

ރެއާލާ ދެކޮޅަށް ނުކުންނަ ދެ ވަނަ ލެގުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާން ބޭނުންނަމަ، ރެއާލް މެޑްރިޑުގެ ސަންޓިއާގޯ ބާނަބެއު ގައި ދެއްކި ކުޅުމަށްވުރެ މޮޅު ކުޅުމެއް ދެ ވަނަ ލެގުގައި ދައްކަން ޖެހޭނެ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ ދެ ވަނަ ލެގުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ފައިނަލުން ޖާގަ ލިބޭނީ ދެ ވަނަ ލެގު ކާމިޔާބު ކުރާ ޓީމަކަށެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، މުޅި ސިޓީ އޮތީ ވަރަށް ރަނގަޅަށް ކަމަށާއި، ޓީމު ރޫހު ވެސް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް ދާން ބޭނުންވާ ނަމަ، މިދިޔަ ހަފްތާގައި އޮތް މެޗުގައި ދެއްކި ކުޅުމަށް ވުރެ މޮޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ސެމީގެ ދެ ވަނަ ލެގަށް ނުކުންނައިރު، ފާއިތުވި އަހަރުތަކުގައި ރެއާލުން ކުރަމުން އައި ކަންކަން އެނގި ތިބެން ޖެހޭނެ ކަމަށެވެ. އެހެންކަމުން ބާނަބެއު ގައި ދެއްކި ކުޅުމަށްވުރެ މޮޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އޮންނަ މެޗުގެ ފޭވަރިޓުންނަކީ ސިޓީ ކަމަށް ޤަބޫލު ކުރަންތޯ ސުވާލު ކުރުމުން ގާޑިއޯލާ ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ގާޑިއޯލާ ބުނީ މުބާރާތުގެ ނޮކްއައުޓް ބުރުގައި ސިޓީން ކޮންމެ އަހަރަކު ވެސް ވާދަކުރާ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ކުރިއަށް އޮންނަ ބުރަށް ދަތުރު ކުރަނީ އެންމެ މޮޅު ޓީމުކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ގާޑިއޯލާ ބުނީ ސީޒަނުގެ މިހާތަނަށް އައިއިރު ސިޓީގެ ސަޕޯޓަރުން ތިބީ ވަރަށް އުފަލުން ކަމަށާއި، އެހެންކަމުން އެކަން ދެމެހެއްޓުމަކީ އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އޭނާ އަށް ޤަބޫލު ކުރާ ގޮތުގައި އަމިއްލަ ދަނޑުގައި ސިޓީގެ ކުޅުންތެރިން މާ ހަމަޖެހިގެން، މޮޅަށް ކުޅޭނެ އެވެ. އެގޮތުން ކުޅުންތެރިން އަމިއްލަ އިތުބާރު ހިފަހައްޓަން ޖެހޭނެ ކަމަށާއި، ސިޓީން މެޗުގައި ސަމާލުވެ ތިބުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަަމަށެވެ. އަދި އޭނާ ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ދިހަ ފައިނަލްގައި ވާދަކޮށްފައި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހަތް ސެމީ ފައިނަލުން ބަލިވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ، އެކަމުގެ އިހުސާސް އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދުނިޔޭގެ ފުޓުބޯޅައިގައި ކަންކަން ވާނީ އެކި ފަހަރު އެކި ގޮތަށް ކަމަށާއި، ކުރިން އަހަރުތަކޭ އެއް ފަދައިން މިއަހަރު ވެސް އޭނާ ހުރީ އުންމީދުގައި ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ ޔޫރަޕުގައި ރެއާލުން ދައްކަމުން އަންނަ މޮޅު ކުޅުމުގެ ވާހަކަ ވެސް ދައްކައިފަ އެވެ. ގާޑިއޯލާ ބުނީ އެކަމަށް ރެއާލުން ބޭނުން ކުރަނީ ކޮން ގޮތެއް ކަމެއް އޭނާ އަށް ނޭންގޭ ކަމަަށާއި، އޭނާ އަށް އެނގޭނަމަ އެކަން ކޮޕީ ކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ދެކޭ ގޮތުގައި އެއީ މުޅި ޓީމުގައި ވެސް ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން ތިބުމުން ކުރެވޭ ކަމެއް ކަމަށެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ވަނީ ސްޕެއިންގެ ބާސެލޯނާގެ ވާހަކަ ބުނެފަ އެވެ. އެގޮތުން އޭނާ ބާސެލޯނާގައި ހުރި ދުވަސްވަރު އެކަން ކުރެވުނީ އޭރު އެ ޓީމުގައި ވެސް ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން ގިނައިން ތިބުމުން ކަމަށް އޭނާ ބުންޏެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި މި ދެ ޓީމު ބައްދަލު ކުރާނެ ތިން ވަނަ ފަހަރެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގައި ވެސް ސިޓީ މުބާރާތުން ކެޓީ ރެއާލް އަތުން ބަލިވެގެންނެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމުން ރެއާލާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ އިން 12 ޖަހާއިރު އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު