Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާއިލާތައް ރޫޅުން

"އާއިލާތައް ރޫޅެނީ ޒަވާޖީ ހަޔާތަށް ތައްޔާރުނުވެ ކައިވެނިކުރާތީ"

ކައިވެނީގެ ޕާޓީއާ ދޭތެރޭ މަޝްވަރާކުރެވޭ މިންވަރަށް އާއިލާއާމެދު މަޝްވަރާނުކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 މެއި 2023 | އަންގާރަ 07:37
ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު

ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު

އާއިލީ މައްސަލަތައް އުފަންވުމާއި، އާއިލާ ރޫޅެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އުފާވެރި ޒަވާޖީ ހަޔާތަކަށް ތައްޔާރުނުވެ ކައިވެނިކުރުން ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު ވިދާޅުވެއްޖެއެވެ.

ގާޒީ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ.

އާއިލާތަކާ ގުޅޭގޮތުން ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް އިޝާރަތްކުރައްވައި ގާޒީ މާހިރު ވިދާޅުވީ ކައިވެނީގެ ޕާޓީގެ ކަންކަމާ މަޝްވަރާކުރެވޭ ވަރަށްވެސް ދިރިއުޅޭނެތަނާއި، ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމާއި، ޒިންމާތައް ބަހާލުމާއި، އާއިލީ ދިރިއުޅުން ބައްޓަންކުރުމަށް ބޭނުންވާގޮތާއި، ސިއްހީ މައްސަލައެއް ހުރިނަމަ އެކަމުގައި އަމަލުކުރާނެ ގޮތްފަދަ ދެމަފިރިންނާ ސީދާ ގުޅުންހުރި މުހިންމު ކަންކަމަށް މަޝްވަރާ ނުކޮށް ޒަވާޖީ ހަޔާތް ފެށުމަކީ މައްސަލަތައް ޖެހުން އަވަސްވާ ސަބަބެއް ކަމަށް އިސްގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުމުން، ދެމަފިރިންނާއި ދަރިންނަށް އެންމެ ފައިދާހުރި ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އަވަހަށް ކައިވެނި ރޫޅާލުމަށް އާއިލާގެ ތެރެއިންނާއި ރައްޓެހިންގެ ފަރާތުން ހިތްވަރުދެވޭކަން ފާހަގަކުރެވޭކަމަށް ގާޒީ މާހިރު ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު އާންމުކޮށް އެންމެ ގިނައިން ހުށަހެޅެނީ ދެމަފިރިން ނުވަތަ ވަރިވެފައިވާ މީހުންގެ މައްސަލަތައް ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންނަމަވެސް، ދަރިންގެ ފަރާތުން މައިންބަފައިންނަށް ގެވެށި އަނިޔާ ލިބެމުންދާތީ ރައްކާތެރިކަމަށް އެކި ހުށަހެޅޭ މައްސަލަތައް މިފަހަކަށް އައިސް އިތުރުވާކަން ފާހަގަކުރެވިފައިވާކަމަށް ގާޒީ މާހިރު ވިދާޅުވިއެވެ.

ދަރިންނަކީ މައިންބަފައިންނަށް ލޯތްބާއި އަޅާލުމާއި، ހިމާޔަތާއި އަމާންކަމާއި ލޮލަށް ފިނިކަން ގެނުވާ ބަޔަކަށް ވާންޖެހުނުނަމަވެސް ބައެއް އާއިލާތަކުގައި މައިންބަފައިންގެ ހިތުގައި އަޅަމުންދާ ވޭން ކޯޓުގައި އެމައިންބަފައިން އަޅާ ކަރުނައިން ފާޅުވާކަން ގާޒީ އިބްރާހިމް މާހިރު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2023

އޯގަސްޓު މަސް ނިމެންވާއިރަށް ސީރިއާގައި ތާށިވެފައި ތިބި އާއިލާތައް ރާއްޖެ ގެންނަނީ

09 ޖުލައި 2023
އޯގަސްޓު މަސް ނިމެންވާއިރަށް ސީރިއާގައި ތާށިވެފައި ތިބި އާއިލާތައް ރާއްޖެ ގެންނަނީ
20 ފެބުރުއަރީ 2022

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އާއިލާތައް ބަދަލުވެފައި ވަނީ ކިހާވަރަކަށްތޯ ބެލުމަށް ޚާއްސަ ސަރވޭ އެއް ފަށަނީ

20 ފެބުރުއަރީ 2022
ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އާއިލާތައް ބަދަލުވެފައި ވަނީ ކިހާވަރަކަށްތޯ ބެލުމަށް ޚާއްސަ ސަރވޭ އެއް ފަށަނީ
26 އެޕްރީލު 2021

އަލްމަރްޙޫމް އިބްރާހީމް ރަޝީދު ވަކިވެވަޑައިގަތުމަކީ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް - ރައީސް ސާލިހް

26 އެޕްރީލު 2021
އަލްމަރްޙޫމް އިބްރާހީމް ރަޝީދު ވަކިވެވަޑައިގަތުމަކީ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް - ރައީސް ސާލިހް
25 ސެޕްޓެމްބަރު 2020

މަސްވެރިކަން އޮންނަން ޖެހޭނީ ދިވެހި އާއިލާތައް އަތް މަތީގައި، ބިދޭސީންނަށް މި ސިނާއަތް ދޫކޮށްލަން ސަރުކާރުން ފުރުސަތު ނުދޭނެ: މިނިސްޓްރީ

25 ސެޕްޓެމްބަރު 2020
މަސްވެރިކަން އޮންނަން ޖެހޭނީ ދިވެހި އާއިލާތައް އަތް މަތީގައި، ބިދޭސީންނަށް މި ސިނާއަތް ދޫކޮށްލަން ސަރުކާރުން ފުރުސަތު ނުދޭނެ: މިނިސްޓްރީ
22 ޖެނުއަރީ 2020

ނުރައްކަލަށް ހުށަހެޅިފައިވާ އާއިލާތައް ދެނެގަންނާނެ މިންގަނޑު މަޖިލީހަށް ފޮނުވައިފި

22 ޖެނުއަރީ 2020
ނުރައްކަލަށް ހުށަހެޅިފައިވާ އާއިލާތައް ދެނެގަންނާނެ މިންގަނޑު މަޖިލީހަށް ފޮނުވައިފި
19 ޖެނުއަރީ 2020

ނުރައްކަލަށް ހުށައެޅިދާނެ ކުދިން ތިބި އާއިލާތައް މޮނީޓަރކުރަން ފަށަން ޖެންޑަރއަށް ހަތް ދުވަސް!

19 ޖެނުއަރީ 2020
ނުރައްކަލަށް ހުށައެޅިދާނެ ކުދިން ތިބި އާއިލާތައް މޮނީޓަރކުރަން ފަށަން ޖެންޑަރއަށް ހަތް ދުވަސް!
01 ނޮވެމްބަރު 2019

ހާލުގައި ޖެހުނު އާއިލާތައް މަގުމަތި ނުކުރަން، އާންމު ހާލަތަށް ދެވެންދެން ބަލަހައްޓާނަން: ޑިޒާސްޓަރ

01 ނޮވެމްބަރު 2019
ހާލުގައި ޖެހުނު އާއިލާތައް މަގުމަތި ނުކުރަން، އާންމު ހާލަތަށް ދެވެންދެން ބަލަހައްޓާނަން: ޑިޒާސްޓަރ
16 އޮކްޓޯބަރު 2019

އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދޫކުރުމާއި ގުޅޭ ގަރާރު ބަލައިގަނެ ކޮމެޓީއަށް!

16 އޮކްޓޯބަރު 2019
އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދޫކުރުމާއި ގުޅޭ ގަރާރު ބަލައިގަނެ ކޮމެޓީއަށް!
25 އޯގަސްޓު 2019

އަލަށް ޒަވާޖީ ހަޔާތެއް ފަށާ ފަރާތްތަކަށް ގޯތި ދޫކުރުމާއި ގުޅޭ ގަރާރެއް މަޖިލީހަށް

25 އޯގަސްޓު 2019
އަލަށް ޒަވާޖީ ހަޔާތެއް ފަށާ ފަރާތްތަކަށް ގޯތި ދޫކުރުމާއި ގުޅޭ ގަރާރެއް މަޖިލީހަށް
04 ޖެނުއަރީ 2019

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

04 ޖެނުއަރީ 2019
އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު