Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރުގުއޭ ޤައުމީ ޓީމު

އުރުގުއޭގެ ކޯޗުކަމާ ބިއެލްސާ ހަވާލުވެއްޖެ

16 މެއި 2023 | އަންގާރަ 04:56

އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ބިއެލްސާ އުރުގުއޭ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2026 ވަނަ އަހަރުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2023 | އަންގާރަ 04:56
އުރުގުއޭގެ ކޯޗަކަށް ހަމަޖެއްސި ބިއެލްސާ

އުރުގުއޭގެ ކޯޗަކަށް ހަމަޖެއްސި ބިއެލްސާ

އުރުގުއޭ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ މާސެލޯ ބިއެލްސާ ހަމަޖައްސައިފި އެވެ.

އުމުރުން 67 އަހަރުގެ ތަޖުރިބާކާރު ކޯޗު އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑުގެ ކޯޗުގެ މަގާމުގައެވެ. އެހެންނަމަވެސް، އޭނާއާއެކު އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ލީޑްސްއިން ވަނީ ފެބްރުވަރީ މަހު ބިއެލްސާ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ހުރީ އެއްވެސް ވަޒީފާއެއް ނެތިއެވެ.

އުރުގުއޭގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ޑިއޭގޯ އަލޮންސޯއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕަށްފަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ހޯމަ ދުވަހު އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ބިއެލްސާ އުރުގުއޭ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ. ރަސްމީކޮށް އުރުގުއޭ ކޯޗުގެ ގޮތުގެ ބިއެލްސާ ތައާރަފު ކުރުމާއި، ނޫސްވެރިންނާ އޭނާ ބައްދަލު ކުރުން ބުދަ ދުވަހު އޮންނާނެ ކަމަށް އެ ޤައުމުގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.

ބިއެލްސާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 1982 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެކި ޓީމުތަކަށް އިރުޝާދު ދީފައެވެ. އުރުގުއޭ ވާނީ ބިއެލްސާ ހަވާލުވާނެ ދެވަނަ ގައުމީ ޓީމަށެވެ. މީގެ ކުރިން ވަނީ 1998ން 2004 ވަނަ އަހަރަށް އަމިއްލަ ގައުމުކަމަށްވާ އާޖެންޓީނާއަށް އިރުޝާދު ދީފަ އެވެ. އޭގެ ފަހުން އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމާވެސް ހަވާލުވި އެވެ. އެއަށްފަހު 2007 ވަނަ އަހަރުން 2011 ވަނަ އަހަރަށް ވަނީ ޗިލީގެ ގައުމީ ޓީމަށްވެސް އިރުޝާދު ދީފަ އެވެ. ބިއެލްސާ އިރުޝާދު ދިން ކުލަބުތަކުގެ ތެރޭގައި އެތުލެޓިކް ބިލްބާއޯ، އެސްޕަންޔޯލް، މާސޭ، ލީލް އަދި ލީޑްސް ޔުނައިޓެޑުވެސް ހިމެނެ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 މެއި 2018

ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ

21 މެއި 2018
ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ
15 މެއި 2018

އިޓަލީގެ ކޯޗުގެ މަގާމާއި މަންޗިނީ ހަވާލުވެއްޖެ

15 މެއި 2018
އިޓަލީގެ ކޯޗުގެ މަގާމާއި މަންޗިނީ ހަވާލުވެއްޖެ
13 މެއި 2018

އިޓަލީގެ ކޯޗުކަމާއި ހަވާލުވާން މަންޗިނީ ޒެނިތު ދޫކޮށްލައިފި!

13 މެއި 2018
އިޓަލީގެ ކޯޗުކަމާއި ހަވާލުވާން މަންޗިނީ ޒެނިތު ދޫކޮށްލައިފި!
04 މެއި 2018

ރޭންޖާސްގެ ކޯޗުގެ މަގާމާއި ޖެރާޑް ހަވާލުވެއްޖެ

04 މެއި 2018
ރޭންޖާސްގެ ކޯޗުގެ މަގާމާއި ޖެރާޑް ހަވާލުވެއްޖެ
10 ނޮވެމްބަރު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

10 ނޮވެމްބަރު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!
01 ނޮވެމްބަރު 2017

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

01 ނޮވެމްބަރު 2017
ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ
07 އޮކްޓޯބަރު 2017

މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ

07 އޮކްޓޯބަރު 2017
މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ
10 ޖޫން 2017

ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ

10 ޖޫން 2017
ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ
03 ޖޫން 2017

އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

03 ޖޫން 2017
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް