Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް

ކޯޗަށް އޮތީ މެޑަލް ހޯދޭނެ ކަމުގެ ބޮޑު އުންމީދެއް، އެތުލީޓުން އެދެނީ ސަޕޯޓަށް

ޚާއްސަކޮށް އޯޕަން މެންސް، އޯޕަން ޓީމް މެންސް މެޑަލް ހާސިލް ކުރުމުގެ އުންމީދު ވަރަށް ބޮޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މެއި 2023 | އަންގާރަ 02:47
ޤައުމީ ސާފިން ޓީމުގެ ކޯޗު، ޤައުމީ ސާފިން ޓީމުގެ ދެ އެތުލީޓުންކަަމަށްވާ އަންމަޑޭ އަދި އިބޫ

ޤައުމީ ސާފިން ޓީމުގެ ކޯޗު، ޤައުމީ ސާފިން ޓީމުގެ ދެ އެތުލީޓުންކަަމަށްވާ އަންމަޑޭ އަދި އިބޫ

ޖުލައި މަހު ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ދިވެހި އެތުލީޓުންނަށް މެޑަލް ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް، ސާފިން ޤައުމީ ޓީމުގެ ކޯޗު ދެކުނު އެފްރިކާ އަށް ނިސްބަތްވާ ކްލައިޑް މާޓިން ބުނެފި އެވެ.

މާޓިން މިހެން ބުނީ ރާއްޖޭގައި ބާއްވާ މުބާރާތް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. މާޓިންއާއެކު ޤައުމީ ސާފިން ޓީމުގެ ފަރިތަކުރުންތައް ފެށީ މިއަހަރުގެ ފެބްރުވަރީ މަހު އެވެ. މާޓިން ބުނީ ރާއްޖޭގައި އޮތް ސީނިއާ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންކަމުން މި މުބާރާތުން މެޑަލް ކާމިޔާބު ކުރުމުގެ ވަރަށް ސީރިއަސް ފުރުސަތެއް ދިވެހި ސާފަރުންނަށް އޮތް ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އޯޕަން މެންސް، އޯޕަން ޓީމް މެންސް މެޑަލް ހާސިލް ކުރުމުގެ އުންމީދު ވަރަށް ބޮޑު ކަަމަށް މާޓިން ވަނީ ބުނެފަ އެވެ. މާޓިން ބުނީ ދިވެހި ޓީމުގައި ޚާއްސަ ލަނޑު ދަނޑިތަކެއް އޮތް ކަމަށާއި، މަސައްކަތް ކުރާނީ ސަތޭކަ އިންސައްތަ އެކަން ހާސިލް ކުރުމަށް ކަމަށެވެ. އެހެންކަމުން އަމިއްލަ ޤައުމުގައި އޮންނަ މުބާރާތުން މެޑަލް ހޯދޭނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ދެކެ އެވެ.

މާޓިންގެ އިތުރުން އެ ޕްރެސްގައި ޤައުމީ ޓީމުގެ ދެ އެތުލީޓުން ކަމަށްވާ ހުސެއިން އަރީފް (އިބޫ) އާއި އަހުމަދު އާގިލް (އަންމަޑޭ) ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށް ގެންދާ ރަށް، ތުލުސްދޫ އަށް ވެސް ނިސްބަތްވާ އަންމަޑޭ ބުނީ، މިހާރު ވެސް ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ސަޕޯޓު ދިނުމުގައި ދެމިތިބުމަށް އެދޭ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގައި، އަމިއްލަ ފަސްގަނޑުގައި އެ ފެންވަރުގެ ބޮޑު މުބާރާތެއް ބާއްވާއިރު ޑިސިޕްލިން އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް އަންމަޑޭ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ، ދިވެހި ސާފަރުން ބޭރު ޤައުމުތަކަށް ދިޔުމުން، އެމީހުންގެ މަރުހަބާ ކިޔުމާއި، ތައްޔާރީތައް ވަރަށް ފުރިހަމަ ކަމަށެވެ. އެހެންކަމުން ރާއްޖެ އިން ވެސް އެކަހަލަ ކަމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އަންމަޑޭ ބުންޏެވެ. މީގެ އިތުރުން އަންމަޑޭ ބުނީ އަމިއްލަ ޤައުމުގައި މުބާރާތް ބޭއްވުމަކީ ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.

އަންމަޑޭގެ އިތުރުން އިބޫ ވެސް ވަނީ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ދިވެހި ހުރިހާ އެތުލީޓުންނަށް ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. ޚާއްސަކޮށް މުބާރާތް ކުރިއަށް ދާ ސަރަހައްދަކީ ދިވެހި ސާފަރުން ފަރިތަ ސަރަހައްދެއް ކަމަށާއި، އެހެންކަމުން މުބާރާތުގައި ކުރިއަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް ވެސް އިބޫ ބުންޏެވެ. އަންމަޑޭ ވެސް އެދުނު ފަދައިން އިބޫ ވެސް ވަނީ ސަޕޯޓަރުންގެ ސަޕޯޓު ބޭނުންވާނެ ކަމަށް ބުނެފަ އެވެ. ޚާއްސަކޮށް ސަޕޯޓަރުން ސަޕޯޓުކުރުމުގައި ކުޅިވަރުގެ ޑިސިޕްލިން އާއި އެހެނިހެން ކަންކަން ހިފެހެއްޓުމަށް އިބޫ ވެސް އެދެނެވެ.

ތުލުސްދޫގައި މުބާރާތް ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށެވެ. އެންމެ ފަހުން އޭޝިއަން ސާފިން މުބާރާތް ބޭއްވީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ވެސް ރާއްޖޭގެ އެތުލީޓުން ވަނީ މުބާރާތުގައި ވާދަކޮށްފަ އެވެ. ޖަޕާނުގައި ކުރިއަށް ދިޔަ އެ މުބާރާތުގެ ފައިނަލް ހީޓުގައި ރާއްޖޭގެ އިބޫގެ އިތުރުން އިސްމާއީލް ރަޝީދު (ސްމައިލީ) ވަނީ ވާދަކޮށްފަ އެވެ. އެފަހަރު އިބޫ އަށް ތިން ވަނަ ލިބުނެވެ. ސްމައިލީ އަށް ލިބުނީ ހަތަރު ވަނަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު