Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ވެލެންސިއާ ބަލިކޮށް، އީގަލްސް އަށް މޮޅެއް

14 މެއި 2023 | އާދީއްތަ 19:37

އީގަލްސް އިން ވެލެންސިއާގެ މައްޗަށް ކުރި ހޯދީ 3-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2023 | އާދީއްތަ 19:37
ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ކުލަބު އީގަލްސް އިން، އެ ޓީމުގެ ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް އިތުބާރު ހިފަހައްޓައިފި އެވެ.

މުބާރާތުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗު ވެސް އެ ޓީމު ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ވެލެންސިއާ އިން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. ވެލެންސިއާ އިން ސީޒަަނަށް ކުރިމަތިލީ ޓީމުގައި ގިނަ ޒުވާން ކުޅުންތެރިން ހިމަނައިގެންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން އައީ ވެލެންސިއާ އެވެ. ނަމަވެސް ދެ ޓީމަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އީގަލްސްގެ ކެޕްޓަން އަޙުމަދު ރިޒުވާން (ރިޒޭ) އާއި ބިދޭސީ ކުޅުންތެރިޔާ އިވާން ކާލޮސް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. ބޮލުން ރިޒޭ ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލް ކީޕަރު އާދަމް އިމްއާން މަތަކުރިއިރު، އިވާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ނަަގައިދިނީ އިވާން އެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ހާފެކޭ އެއް ގޮތަށް ވެލެންސިއާ އިން ވަނީ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފަ އެވެ. ހާފުގެ ކުރީ ކޮޅު ވެލެންސިއާގެ ޢަބްދުﷲ ޔާމީން (ޔާނު) ވަނީ ނުރައްކާތެރު ބޯޅައެއް ފޮނުވާލައިފަ އެވެ. އީގަލްސްގެ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލް ކީޕަރު ޙަސަން އަލީފް އިބްރާހީމް ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން އީގަލްސްގެ ރިޒޭ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ވެލެންސިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 61 ވަނަ މިނެޓުގައި ވެލެންސިއާގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އީގަލްސްގެ އިބްރާހީމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލް ކީޕަރު އިމްއާން ވަނީ މަތަކޮށްފަ އެވެ.

އީގަލްސް އަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ރިޒޭ އެވެ. 64 ވަނަ މިނެޓުގައި ރިޒޭ އެ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައިގެންނެވެ. އީގަލްސްގެ ތިން ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ، ފޭދޫ އިއްބެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އިން ރަނގަޅަށް ކުޅުނު ނަމަވެސް، ފަހު ހާފުގައި އެ ޓީމަށް ވަނީ ވަރުބަލިކަމުގެ މައްސަލަ ދިމާވެފަ އެވެ.

މޮޅާއެކު އީގަލްސް އިން ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިފަ އެވެ. އެ ޓީމުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ވެސް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ހަ ޕޮއިންޓު ހޯދައިފަ އެވެ. އީގަލްްސް އަތުން ބަލިވި ވެލެންސިއާ އަށް ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމަށް ލަނޑެއް ވެސް ޖެހިފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް