Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ މުވައްޒަފުން ތަމްރީނުކުރުން

މުވައްޒަފުން ތަމްރީނުކުރުމަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާނެ: އެމްޓީސީސީ

14 މެއި 2023 | އާދީއްތަ 17:12

16،900 ގަޑިއިރުގެ ތަމްރީނު އެމްޓީސީސީގެ މުވައްޒަފުންނަށް ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 މެއި 2023 | އާދީއްތަ 17:12
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ގާބިލް ބަޔަކަށް ހެދުމަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ އެކުގައި މަސައްކަތްކުރާ މީހުން ކުރިއެރުވުމަށް ކަމަށެވެ. މިގޮތުން 16،900 ގަޑިއިރުގެ ތަމްރީނު އެމްޓީސީސީގެ މުވައްޒަފުންނަށް ދީފައިވާނެކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 2021 އަދި 2022 ވަނަ އަހަރު 50 ސްކޮލަރޝިޕެއްގެ ދަށުން ޔޫރަޕުގެ ގައުމުތަކުން މުވައްޒަފުން ތަމްރީނުކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ޓެކްނިކަލް ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ސްކޮލަރޝިޕްތަކެއް ކަމަށާއި، ޓެކްނިކަލް ޓީމު ވަރުގަދަނުކޮށް އެމްޓީސީސީ ފަދަ ކުންފުންޏެއް އިތުރަށް ތަރައްގީ ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގައި މަސައްކަތްކުރާ ޓީމު ވަރުގަދަކުރުމަށް އެކުންފުނީގެ ބޯޑުން ދޭ އެއްބާރުލުން އާޒިމް ފާހަގަކުރެއްވިއެވެ. މިގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށާއި، ކޮންމެ އަހަރަކުވެސް މަސައްކަތްކުރަމުންދަނީ އެވަރުގެ ބަޖެޓެއްގައި ކަމަށް އާޒިމް ވިދާޅުވިއެވެ. މި ތަމްރީނުތަކުގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ އާމްދަނީ އިތުރުވެގެންދާ ކަމަށާއިި، މިއީ ކުންފުނީގެ ކުރިމަގަށް ކުރެވޭ މަސައްކަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފާއިތުވި 4 އަހަރުވެސް އެ ކުންފުންޏަށް ބޮޑު ފައިދާއެއް ވެފައިވާކަމަށެވެ. މި ހުރިހާ ކަމެއްވެސް ބިނާވަނީ މުވައްޒަފުންނަށް ދެވޭ ތަމްރީނަށް ކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ރައީސްގެ އިރުޝާދާ އެއްގޮތަށް އެމްޓީސީސީގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް