Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަނޑުމަތީގެ ހާދިސާތައް

ކަނޑުމަތީގެ ހާދިސާތައް އެންމެ ގިނައިން ހިނގަނީ އިންޖީނު ހުއްޓިގެންނާއި ފަރަށް އަރައިގެން

މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މެއި 2023 | އާދީއްތަ 12:22
މޫސުން ގޯސް ދުވަހެއްގައި ތެޔޮ ބޯޓެއް އަޑިއަށް ދަނީ

މޫސުން ގޯސް ދުވަހެއްގައި ތެޔޮ ބޯޓެއް އަޑިއަށް ދަނީ

ވޭތުވެދިޔަ ހުރިހާ އަހަރެއްގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ފަރަށް އެރުމާއި، އުޅަނދުގެ އިންޖީނުގެ ހުއްޓިގެން ހިނގާ ހާދިސާތައް ކަމަށް ކޯސްޓްގަރޑުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަރޖަންޓް ފަސްޓް ކްލާސް އިބްރާހިމް ދީދީ ވިދާޅުވީ މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ.

Advertisement - newsAdvertisement

ކަނޑުމަތީގެ ހާދިސާތަކަށް ބަލާއިރު، އުޅަނދުގެ އިންޖީނަށް މައްސަލައެއް ދިމާވެގެން ހިނގާ ހާދިސާ އަދި ފަރަށް އަރައިގެން ހިނގާ ހާދިސާތައް އިތުރު ކަމަށެވެ. އަދި ވިދާޅުވީ މެނުއަލް ފެއިލިއަރ އެއްގެ ސަބަބުން ވެސް ބޮޑެތި ހާދިސާތައް ހިނގާފައިވާ ކަަމަށެވެ.

ކޮންމެ އަހަރަކު ވެސް ރިޕޯޓު ކުރެވޭ ހާދިސާތަކަށް އިޝާރާތް ކުރައްވައި މޭޖަރ މުހައްމަދު ނައީމް ވިދާޅުވީ ފަރަށް އަރައިގެން ރިޕޯޓު ކުރާ ހާދިސާތައް ގިނަ ކަމަށެވެ. އެގޮތުން މިއަހަރުގެ މާޗް މަހާ ހިސާބަށް ވެސް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އުޅަނދު ފަރަށް އެރުމުގެ ހާދިސާތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެރިން ޕޮލިސްގެ ފަރާތުން ސަބް އިންސްޕެކްޓަރ ޒަހީރު އީސަ ވެސް ވަނީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ފުލުހުންނަށް ރިޕޯޓުކުރެވޭ ކަނޑުމަތީގެ ހާދިސާތަކުގެ މައުލޫމާތު ހިއްސާކޮށްދެއްވާފައެވެ.

ޒަހީރު ވިދާޅުވީ މިއަހަރު ވެސް ކަނޑުމަތީގެ ހާދިސާތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން މިހާތަނަށް އައިރު ވަރަށް ހިތާމަވެރި ތަފާތު އެކްސިޑެންޓްތަކާއި، ހާދިސާތައް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒަހީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިރު ކަނޑުމަތީގެ ގާތްގަނޑަކަށް 54 ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޒަހީރު ވިދާޅުވީ ރިޕޯޓުކޮށްފައިވާ ގިނަ ހާދިސާތަކަށް ބަލާއިރު، ވަރަށް ބޮޑަށް އިހުމާލުވުމާއި، ފަރުވާ ކުޑަވުމުގެ ސަބަބުން ހިނގާފައިވާ ހަދިސާތައް ފާހަގަކުރެވޭ ކަމަށެވެ.

ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަކޮށް މޫސުމަށް ސަމާލުވުމަށް މެރިން ޕޮލިސް އަދި ކޯސްޓްގަރޑުން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިވެދީފި

20 މެއި 2017
އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިވެދީފި
17 މެއި 2017

އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް

17 މެއި 2017
އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް
13 މެއި 2017

ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް

13 މެއި 2017
ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް
22 އެޕްރީލު 2017

ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި

22 އެޕްރީލު 2017
ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު