Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަންމައިންގެ ދުވަސް

މަންމައަށް ލޯބިދީ! ސުވަރުގެވަނީ މައިމީހާގެ ފައިތިލަދަށުގައި

14 މެއި 2023 | އާދީއްތަ 03:24

މިއަދަކީ މަަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 މެއި 2023 | އާދީއްތަ 03:24
ކުޑަކުއްޖަކާއި މަންމައެއް

ކުޑަކުއްޖަކާއި މަންމައެއް

އިސްލާމްދީނުގައި މައިންނަށް ދީފައިވަނީ އެންމެ މަތިވެރިވެގެންވާ ގަދަރެވެ. މައި މީހާއަށް އަޅާލުމަކީ އާޚިރަތްދުވަހުން ތިމާ ސުވަރުގެ ވައްދަވާ ކަމެކެވެ. މައިންގެ ސަބަބުން ދަރިންނަށް ދުނިޔެއާއި އާޚިރަތުގައި ލިބޭ ފައިދާ އިންތިހާއަށް ބޮޑުއިރު، މައިންނަކީ ކިހާ މާތް ބައެއްކަން މިކަމުންވެސް އެނގެއެވެ.

މަންމައަކަށްވުމަކީ އެތައް ގޮތަކުން އެތައް ގޮންޖެހުމަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ދަރިފުޅު އުފަންވުމުގެ ކުރިންނާއި ފަހުންވެސް އެތައް ކަމަކާ މައިންނަށް ކުރިމަތިލާންޖެހޭއިރު، މަންމައިންގެ ދުވަސް ފާހަގަކުރުމަކީ މައިން އެ ވާ ހުރިހާ ގުރުބާނީއެއްވެސް ބަލައިގަންނަކަން ހާމަވާ ކަމެކެވެ. އާއިލާގެ ތެރޭގައި އެމީހުން އުފުލާ ބުރައަކީ އިތުރު މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން ބުނެދެވޭ ކަމެކެވެ. މައިންނަށް ދަރިންގެ ކިބައިން ލޯބި ލިބޭކަމުގެ އިހުސާސްވާ ކަމެކެވެ.

މައިންގެ އަގު ވަޒަންކުރުމަށް ކޮންމެ އަހަރަކުވެސް މެއި މަހުގެ 14 ވަނަ ދުވަސް މަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަންމައިންގެ ދުވަސް ފާހަގަކުރަމުންދާއިރު، މައިންގެ ފަރާތުން ދަރިންނަށް ލިބޭ ލޯބި މިއަދު ހާމަވެގެންދެއެވެ. ދަރިންނަށް ދެވޭ ތަރުބިއްޔަތާއި، މަންމަގެ ފަރާތުން ދަރިފުޅަށް ކުރާ ރަނގަޅު އަސަރު މިއަދު އެނގިގެންދެއެވެ.

މިއީ އާއިލާގެ އެންމެން އެކުވެ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ފުރުސަތެކެވެ. އަދި މަންމަގެ ފަރާތުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރާ ހެޔޮ އަސަރު ބުނެދޭން ލިބޭ ފުރުސަތެއްވެސް މެއެވެ. މި ފުރުސަތުގައި މަންމައާއެކު ވަގުތު ހޭދަކޮށް މަންމައާ ވާހަކަދައްކައި، މަންމަ ހިތްހަމަޖައްސައިިދޭންޖެހެއެވެ. އެ މަންމަ ކޮންމެ ދުވަހަކު ވާހާ ގުރުބާނީއަކީ ދަރިން ބަލައިގަންނަ ކަމެއްކަން މަންމައަށް ބުނެދޭންޖެހެއެވެ.

މިގޮތަށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައިންގެ ދުވަސް ފާހަގަކުރަމުންދެއެވެ. ހަނދާންކޮށްލަންޖެހޭ ކަމަކީ މަންމަ ކޮންމެ ދުވަހަކުވެސް އެވާ ގުރުބާނީއަކީ ހަމައެކަނި މަންމައިންގެ ދުވަހުގައި ބަލައިގަންނަންޖެހޭ ކަންކަން ނޫން ކަމެވެ. އަދި މަންމައާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ޖެހެނީވެސް ހަމައެކަނި މި ދުވަހު ނޫން ކަމެކެވެ. އޭގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް މަންމައަށް އެ ލޯބި އިހުސާސްކޮށްދޭންޖެހެއެވެ. މަންމައާ ވާހަކަދައްކައި، ހިތްހަމަޖައްސައިދޭންޖެހެއެވެ. މަންމައަށް އަޅާލަންޖެހެއެވެ.

ވަކިން ޚާއްސަކޮށް އިސްލާމްދީނުގައި މައިންނަށް ދީފައިވާ ދަރަޖަ އިންތިހާއަށް މަތިވެރިއިރު މައިންނަށް އަޅާލައި ލޯބިދޭންޖެހެއެވެ. ސުވަރުގެވަނީ މައިމީހާގެ ފައިތިލަދަށުގައޭ ބުނާ ބުނުމަށް ވިސްނާލިއަސް އިސްލާމްދީނުގައި މައިންނަށް ދީފައިވާ މަތިވެރި ދަރަޖަ ސާފުކޮށް އެނގެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގައިވެސް ތިމާއަށް އޭގެ ފައިދާ ލިބޭނެ ކަމެކެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2024

ހަމަލާގައި ސަލާމަތްވީ ތުއްތު ހޫރު އެކަނި، މިއަދު ވެސް ގޮވަމުންދަނީ މަންމައަށް

16 ފެބުރުއަރީ 2024
ހަމަލާގައި ސަލާމަތްވީ ތުއްތު ހޫރު އެކަނި، މިއަދު ވެސް ގޮވަމުންދަނީ މަންމައަށް
26 ސެޕްޓެމްބަރު 2023

މުއިއްޒު ދޮންމަންމައަށް ހަދާލި ގޮތުން ސަޕޯޓަރަކު ބަންޑުންކޮށްލި އުދާސްތައް

26 ސެޕްޓެމްބަރު 2023
މުއިއްޒު ދޮންމަންމައަށް ހަދާލި ގޮތުން ސަޕޯޓަރަކު ބަންޑުންކޮށްލި އުދާސްތައް
26 ޖޫން 2023

"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"

26 ޖޫން 2023
"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"
31 މާރިޗު 2023

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

31 މާރިޗު 2023
ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
12 ޖުލައި 2022

ޝިންޒޯ އަބޭ އަވަހާރަކޮށްލީ މަންމައަށް ޖެހުނު ހާލުގެ ބަދަލު ހިފަން!

12 ޖުލައި 2022
ޝިންޒޯ އަބޭ އަވަހާރަކޮށްލީ މަންމައަށް ޖެހުނު ހާލުގެ ބަދަލު ހިފަން!
22 އޮކްޓޯބަރު 2021

''މަންމައަށް އަބަދުވެސް ހީވަނީ ބައްޕަ ފެންނަހެން''

22 އޮކްޓޯބަރު 2021
''މަންމައަށް އަބަދުވެސް ހީވަނީ ބައްޕަ ފެންނަހެން''
20 މެއި 2021

"ލޯބިވާ މަންމައަށް، އަހަރެމެން ޝަހީދު ކޮށްލައިފިނަމަ ދެމީހުން އެކުގައި ވަޅުލަން ބުނައްޗޭ"

20 މެއި 2021
"ލޯބިވާ މަންމައަށް، އަހަރެމެން ޝަހީދު ކޮށްލައިފިނަމަ ދެމީހުން އެކުގައި ވަޅުލަން ބުނައްޗޭ"
24 އެޕްރީލު 2018

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

24 އެޕްރީލު 2018
ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް