Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއެޗްއެފް ޓްރޮފީ

ފުރަތަމަ މެޗުގައި ރާއްޖޭގެ ދެޓީމަށްވެސް ނާކާމިޔާބު

މި މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އަންހެން ޓީމުން ވަނީ ބައިވެރިވެފަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 13 މެއި 2023 | ހޮނިހިރު 18:02
ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން

ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަން (އައިއެޗްއެފް) ޓްރޮފީ މުބާރާތުގައި ރާއްޖޭގެ ދެޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު މުބާރާތް ފަށާ، ރާއްޖޭގެ ދެޓީމުންވެސް ވަނީ މުބާރާތުގެ ފުރަތަމަ މެޗު ކުޅެފައެވެ. ދެޓީމުންވެސް ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ބަންގްލަދޭޝްއާއެވެ.

 17 އަހަރުން ދަށުގެ ގައުމީ ޓީމު ބަންގްލަދޭޝްއާ ކުޅެ ބަލިވެފައިވަނީ 48-10 ގެ ނަތީޖާއަކުންނެވެ. މެޗު ފެށުނީއްސުރެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ބަންގްލަދޭޝް އިން ކުރީކޮޅު ބޮޑު ލީޑެއްނަގައި، ދިޔައީ އެ ލީޑު ފުޅާކުރަމުންނެވެ. ރާއްޖެ ޓީމަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރާނެ މާގިނަ ފުރުސަތުތަކެއް ލިބިފައެއްނުވެއެވެ.   

19 އަހަރުން ދަށުގެ ގައުމީ ޓީމުން މެޗު ފެށީ ރަނގަޅު ކުޅުމެއް ދައްކައިގެންނެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ބަންގްލަދޭޝްގެ ޓީމު ވަނީ ބޮޑު ލީޑެއް ނަގައި، މެޗުގެ އޮއެވަރު ބަދަލުކޮށްލާފައެވެ. މި މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 38-21 ގެ ނަތީޖާ އަކުންނެވެ.

17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ބައި ހިމެނޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ، އިންޑިއާ، ނޭޕާލް އަދި މުބާރާތް ކުރިޔަށްގެންދާ ޤައުމު، ބަންގްލަދޭޝްއެވެ. މި މުބާރާތަކީ ފަސް ދުވަހަށް ކުރިޔަށްދާ މުބާރާތެކެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު