Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމެރާކީ ކޮފީ

މެރާކީއިން ދިވެހިރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް ލޯންޗުކޮށް މޫލީ މެދުވެރިކޮށް ހިލޭ ޑެލިވަރީ

މި ކޮފީ ކެޕްސޫލްތައް މޫލީ މެދުވެރިކޮށް ކޮންމެތާކު އަދި ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ގަނެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މެއި 2023 | ހުކުރު 17:32
މެރާކީގެ ކޮފީ ކެޕްސޫލް

މެރާކީގެ ކޮފީ ކެޕްސޫލް

މެރާކީ ކޮފީ ރޯސްޓަރސް އިން އުފައްދާ ދިވެހިރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް ލޯންޗުކޮށްފިއެވެ.

އަމިއްލައަށް ނެތިފަނާވާ (ކޮމްޕޯސްޓަބަލް) މާއްދާ އަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ މި ކޮފީ ކެޕްސޫލަކީ، ފަސޭހަކަމާއެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެކެވެ.

ހެޔޮއަގުގައި ލިބެން ހުންނާނެ މިކެޕްސޫލް މޫލީ މެދުވެރިކޮށް ލިބޭއިރު، ކޮފީ ބޯ ފަރާތްތަކަށް އިތުރު އެއްވެސް ތުރާލެއް ނެތި، ގޭގައި ނުވަތަ އޮފީހުގައި ފެންވަރު ރަނގަޅު މީރު ކޮފީއެއް ހަދާލެވޭނެއެވެ.

އަލަށް ތައާރަފްކުރި މި ކޮފީ ކެޕްސޫލްތައް މޫލީ މެދުވެރިކޮށް ކޮންމެތާކު އަދި ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެއެވެ. ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މޫލީ ގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި، އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އަދި ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް ބޮޑު ކަސްޓަމަރ ބޭސްއަކާއި ޑެލިވަރީގެ ޚިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް މި ޕްލެޓްފޯމް އެހީތެރިވެދެއެވެ.

ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ލޯންޗުކުރި އިރު، މި ތިން ބާވަތަކީވެސް މުޅި އަހަރުގެ ތެރޭގައި ލިބެން ހުންނާނެ އުފެއްދުންތަކެކެވެ. އެއީ ކްލެސިކް އެސްޕްރެސޯއެއްގެ މަތިން ހަނދާންކޮށްދޭނެ "ޗޮކްލެޓީ އެންޑް ނަޓީ" ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ "ބްރައިޓް އެންޑް ސިޓްރަސީ" ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާއި ތަފާތު ރަހަތަކެއް ހިމެނޭ "ސްވީޓް އެންޑް ފުރުޓީ" ކެޕްސޫލެކެވެ.

މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް އަހަރުގެ އެކި ހިސާބުތަކުގައި ލޯންޗުކުރުމަށް ވަނީ ރޭވިފައެވެ.

މިހުރިހާ ކެޕްސޫލެއްވެސް ފަރުމާކުރެވިފައިވަނީ ނެސްޕްރެސޯ ކޮފީ މެޝިންތަކުގައި ބޭނުންކުރާ ކެޕްސޫލާ އެއް ފަރުމާއެއްގައެވެ. އެހެން ކަމުން، ނެސްޕްރެސޯ މެޝިނުގައި ނުވަތަ ނެސްޕްރެސޯ ކެޕްސޫލް ލެއްވޭ ކޮފީ މެޝިންތަކުގައި މެރާކީގެ ކެޕްސޫލްތައް ބޭނުންކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލެޕްޓޮޕް ހަވާލުކޮށްފި

11 އޮކްޓޯބަރު 2017
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލެޕްޓޮޕް ހަވާލުކޮށްފި
03 އޮކްޓޯބަރު 2017

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި

03 އޮކްޓޯބަރު 2017
ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި
03 އޮކްޓޯބަރު 2017

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ގުރުއަތުނެގުން މިރޭ

03 އޮކްޓޯބަރު 2017
ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ގުރުއަތުނެގުން މިރޭ
03 ސެޕްޓެމްބަރު 2017

ޔޭޔޭ ކޮފީ ގަނެގެން ކޮންމެ މަހަކު 15 ލެޕްޓޮޕް

03 ސެޕްޓެމްބަރު 2017
ޔޭޔޭ ކޮފީ ގަނެގެން ކޮންމެ މަހަކު 15 ލެޕްޓޮޕް
08 އޯގަސްޓު 2017

މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި

08 އޯގަސްޓު 2017
މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު