Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައިނަލްއަޤުވާމީ ގަހުގެ ދުޅަހެޔޮކަމުގެ ދުވަސް

އަހަރުމެންނާއި ދުނިޔޭގެ ދުޅަހެޔޮކަން ބިނާވަނީ ގަހަށް، އެކަމަކު ރައްކަލެއް ނެތް!

12 މޭއި އަކީ އިންޓަރނޭޝަނަލް ޑޭ އޮފް ޕްލާންޓް ހެލްތް ޑޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 މެއި 2023 | ހުކުރު 02:26
ގަސް

ގަސް

ދިރާސާތަކުން އެނގޭ ގޮތުން އަހަރުމެން ކެއިން ބުއިމަށް ބޭނުންކުރާ ތަކެތީގެ 80 އިންސައްތަ ބިނާވަނީ ގަސްގަހާއި ގެހީގެ ޒަރީއާއިން ލިބޭ ތަކެތީގެ މައްޗަށެވެ. އަދި އަހަރުމެން ނޭވާލާން ބޭނުންވާ އޮކްސިޖަންގެ 98 އިންސައްތަ ލިއްބައިދެނީ ގަސްތަކުގެ ޒަރީއާއިންނެވެ. އަހަރުމެންނާއި އަހަރުމެންނަށް ބޭނުންވާ ދިރުންތަކުގެ ދުޅަހެޔޮކަމަށް ޓަކައި ގަސްތަކަކީ ދުޅަހެޔޮ އެއްޗަކަށް ވުން ވަރަށް މުހިންމެވެ.

އެހެންނަމަވެސް ހިތާމަ އަކީ ގަސްގަހާއި ގެއްސަށް އަޅާލާން ޖެހޭ މިންވަރާއި ގާތަށް ވެސް އަޅާ ނުލެވޭކަމެވެ. ކޮންމެ އަހަރަކު ވެސް އެކި ކަހަލަ ސޫފާސޫފިތަކުގެ ސަބަބުންނާއި ބަލިތަކުގެ ސަބަބުން 40 އިންސައްތަ ގަސް ހަލާކުވެއެވެ. ގަސްތައް މަދުވުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ދަނޑުވެރިކަަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ އެ ސިނާއަތުން ލިބޭ އާމްދަނީ އަށް އޮތް ގޮންޖެހުމެއްވެސްމެއެވެ. އަދި ތިމާވެއްޓަށް ކުރިމަތިވާ ގޮންޖެހުމެކެވެ.

މޫސުމީ ހިރާސްތަކާއި އިންސާނުންގެ އަމަލުތައް ބަހައްޓާ ގޮތުގެ ސަބަބުން ގުދުރަތީ ނިޒާމަށް އިންތިހާ އަށް އޭގެ އަސަރުދަނީ ކުރަމުންނެވެ. އިންސާނުންގެ ދުޅަހެޔޮކަމަށްޓަކާ އަދި އަހަރުމެން ދިރިއުޅޭ ދުނިޔޭގެ ސަލާމަތަށްޓަކާ ގަސްގަހާއި ގެހީގެ ރައްކާތެރިކަން ވަަރަށް މުހިންމެވެ. މިއީ ހީކުރާވަރަށް ވުރެ ސީރިއަސް، ސަމާލުކަން ދޭން ޖެހޭ މައްސަލައެކެވެ. މިއީ ހަމައެކަނި އެއް ޤައުމަކަށް ނޫނީ ސަރަހައްދަކަށް ދިމާވެފައިވާ ކަމެއް ނޫނެވެ. މިއީ މުޅި ދުނިޔެ އެކަމަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ.

ގަސްގަހާއި ގެހީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޔުނައިޓެޑް ނޭޝަންސް އިން ވަނީ 12 މޭއި އަކީ އިންޓަރނޭޝަނަލް ޑޭ އޮފް ޕްލާންޓް ހެލްތް ޑޭ ކަމަށް ކަނޑައަޅާފައެވެ. މަގްސަދަކީ ގަސް ހިމާޔަތް ކުރުމެވެ. ސަބަބަކީ ގަސްތައް ހިމާޔަތް ކުރުމަކީ ބަނޑުހައި ހޫނުކަން ނައްތާލާ، ފަގީރުކަން ކުޑަކޮށް، ގުދުރަތީ ދިރުމާއި ވެށި ހިމާޔަތް ކުރުމަށް އޮތް ބާރަކަށް ވުމުންނެވެ. އަދި އިގްތިސާދީ ބާރުވެރިކަަމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވުމެވެ.

މިފަދަ ދުވަހެއް ފާހަގަކުރާ އިރު ތަރައްގީގެ ބޭނުމުގައި އާއި އެހެނިހެން އުމްރާނީ ސަބަބުތަކާއި ހުރެ ކަނޑާލަކީ ކިތައް ގަސްތޯ ވިސްނާލުން މުހިންމެވެ. ނޭނގުމެއްގެ ތެރޭގައ ހަލާކުގެ ތެރެއަށް ވައްޓާލެވެނީ ކިތައް ގަސްތޯ ވިސްނާލުން ބޭނުންތެރިއެވެ. މި މަގަށް ބާރު އެޅުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އެގޮތުން 2030ގެ ނިޔަަލަށް ގަސްތައް ދުޅަހެޔޮކުރުމަކީ ޔޫއެންގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އަދި ގަހަށް ނުރައްކާ ވެދާނެ ކަންކަމުގެ ނުރައްކަލުގެ ސިގްނަލް ލިބޭނެ ނިޒާމެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ގަހަށް އިންވެސްޓްކުރުމާއި، ގަހާއި ގުޅޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ކޮންމެ މީހަކީ ވެސް މި އަމާޒަށް ވާސިލްވުމުގައި މުހިންމު ދައުރެއް އަދާކުރާ މީހެކެވެ. ގެންނަ ކުޑަ ބަދަލަކުން ބޮޑު ފައިދާ އެއް ހާސިލްކުރެވިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

08 ޑިސެމްބަރު 2017
މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު