Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޮޕާ ލީގް

ރޯމާ ފައިނަލާ ގާތަށް، ޔުވެންޓަސް އާއި ސެވިއްޔާ ހަމަހަމަ

މޮރީނިއޯ ބުނަނީ ފަހު މެޗު އުނދަގޫވާނެ ކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 23:05
ލަނޑުޖަހާފައި ރޯމާ ކުޅުންތެރިން އުފާކުރަނީ: ރޯމާ މޮޅުވީ 1-0 އިން

ލަނޑުޖަހާފައި ރޯމާ ކުޅުންތެރިން އުފާކުރަނީ: ރޯމާ މޮޅުވީ 1-0 އިން

ބަޔާން ލެވަކޫސަން ބަލިކޮށް، ޔޫރޮޕާ ލީގުގެ ފައިނަލާ ގާތަށް ރޯމާ ޖެހިލިއިރު ޔުވެންޓަސް އާއި ސެވިއްޔާގެ މެޗު ހަމަހަމަވެގެން ނިމިއްޖެ އެވެ.

މިހެންވެ ފައިނަލަށް ދިއުމަށް ސެވިއްޔާގެ ދަނޑުގައި ކުޅޭ މެޗުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ.

ޔުވެންޓަސް ކޮޅަށް ސެވިއްޔާގެ ގޯލު ޖެހީ މެޗުގެ 26 ވަނަ މިނެޓުގައި ޔޫސުފް އެން ނަސީރީ އެވެ. ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޕައުލް ޕޮގްބާ ޔުވެންޓަސް އަށް ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގަ އެވެ. މި މެޗުގައި ސެވިއްޔާ އަސްވުރެ މޮޅަށް ކުޅުނީ ޔުވެންޓަސް އެވެ. ނަމަވެސް ހަ ފަހަރު މުބާރާތް ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމުގެ އޮތުގައި އޮތް ސެވިއްޔާގެ އަމިއްލަ ދަނޑުގައި ފަހު ލެގު ކުޅެން ޖެހުމަކީ އެޓީމަށް އޮތް އެޑްވާންޓޭޖެކެވެ.

ފައިނަލަށް ދިއުމުގެ ފުރުސަތު ހޯސޭ މޮރީނިއޯގެ ރޯމާ ތަނަވަސްކުރީ ޖަރުމަނުގެ ބަޔާން ލެވަކޫސަން 1-0އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ 62 ވަނަ މިނެޓުގައި އެޑުއާޑޯ ބޯވް އެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުންރެއާލް މެޑްރިޑަށް ތިން ސީޒަނެއްގައި ކުޅުނު ޒަބީ އަލޮންސޯ ކޯޗުކޮށްދިން ލެވަކޫސަން ވަނީ މެޗު ފަށައިގެން ރަނގަޅު ދެ ފުރުސަތު ހޯދައިފަ އެވެ. ނަމަވެސް އޭގެ ފަހުން ރޯމާ މެޗު ކޮންޓްރޯލްކޮށް ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ.

މެޗަށް ފަހު ރޯމާގެ ކޯޗު މޮރީނިއޯ ބުނީ މޮޅުވީ ކުޅުންތެރިން އެކަމަށް ބޭނުންވެފައިތިބުމުން ކަމަށާއި މެޗަކީ ވަރަށް އުނދަގޫވި މެޗެއް ކަމަށެވެ.

އެންމެ ފަހުގެ ކޮންފަރެންސް ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ޔޫރޮޕާ ލީގުގައި ކުޅެމުން އަންނަ ރޯމާ އަށް ފައިނަލަށް ދިއުމަށް އެޑްވާންޓޭޖް އޮތް ނަމަވެސް ފަހު މެޗު ކުޅޭނީ ލަވަކޫސަންގެ ދަނޑުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު