Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް

ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޑިނަރ ނައިޓު އޭދަފުށީގައި ބާއްވައިފި

ސަމާލުކަންދީގެން މަސައްކަތްކުރުމަށް ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން ސީޕީ އެދިވަޑައިގަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 11:25
ފުލުހުންގެ އަހަރީ ދުވަހުގެ ޑިނަރ ނައިޓް

ފުލުހުންގެ އަހަރީ ދުވަހުގެ ޑިނަރ ނައިޓް

ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޑިނަރ ނައިޓު ބ. އޭދަފުށީގައި ބާއްވައިފިއެވެ.

މި މަހު 10 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޑިނަރ ނައިޓުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.

Advertisement - newsAdvertisement

ޑިނަރ ނައިޓުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، އޭދަފުއްޓާއި މާޅޮހު ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ވާހަކަފުޅުދައްކާލެއްވުމަކީ ހިތްޕުޅަށް ލިބުނު ހަމަޖެހުމެއް ކަމަށާއި، އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާކަން އެނގިވަޑައިގެންފިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަން ހުރިކަމަށާއި އެކަންކަން ހައްލުކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރައްވާނެކަމަށާއި، ކުށް ހިނގުމުގެ ކުރިން ކުށް ހުއްޓުވައި، އެދެވޭ މަސައްކަތްތަކެއް ފުލުހުން ކުރާކަމަށް ގިނަ ރައްޔިތުން ފާހަގަކުރިކަމަށް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ރައްޔިތުންނާ ފުލުހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވައި، ނޯތު ޕޮލިސް ރީޖަންގައި ހުރި މައްސަލަތައް ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޭމް މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން، ކުޑަކުދިންނާމެދު ހިންގޭ ކުށްތައް ފާހަގަކުރެއްވިއެވެ. އަދި އެކުށްތަކުގެ އިތުރުން އެހެނިހެން މައްސަލަތައްވެސް ހުރިކަން ފާހަގަކުރައްވައި އެކަންކަމަށް ސަމާލުކަންދީގެން މަސައްކަތް ކުރުމަށް ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިވަޑައިގަތެވެ. 

ކޮމިޝަނަރުގެ ވާހަކަފުޅު ނިންމަވައިލެއްވީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޝުކުރާއި ތަހުނިޔާ ވިދާޅުވެ، އަދި ފުލުހުންގެ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރުއަދާކުރެއްވުމާ އެކުގައެވެ.

މި ޑިނަރ ނައިޓުގައި، ނޯތު ޕޮލިސް ރީޖަންގެ ފުލުހުންގެ މަސައްކަތަށް އެކިގޮތްގޮތުން ހާއްސަ އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގެ ޒިންމާ އަދާކުރުމުގައި އެކިގޮތްގޮތުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންނަށާއި، ޑިނަރ ނައިޓުގެ އިންތިޒާމުތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންދީފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ 90 އަހަރުގެ ވީޑިޔޯ ޕްރެޒެންޓޭޝަން ދެއްކުމާއި އަހަރީ ދުވަހުގެ ހާއްސަ ވީޑިއޯ ލަވަ ރިލީޒްކުރުމުގެ އިތުރުން، ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ހަވާއަރުވާފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީ ދުވަސްބ. އޭދަފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު