Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބުތަކާބެހޭ ގާނޫނު

އިންތިޚާބުތަކާބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުން، ބޭނުންވި ވަރަށްވުރެ ލަސްވެއްޖެ - އިލެކްޝަން

8 މެއި 2023 | ހޯމަ 14:07

އިންތިޚާބުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ދެ އަހަރު ދުވަސް ކުރިން ވަނީ ފަށާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 މެއި 2023 | ހޯމަ 14:07
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

އިންތިޚާބުތަކާބެހޭ ގާނޫނަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތަކުގެ މަސައްކަތް، ބޭނުންވި ވަރަށްވުރެ މަޖިލީހުގައި ދިގުލައިގެން ގޮސްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފުއާދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އިންތިޚާބާ ކައިރިކޮށްފައި އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުތައް ފާސްވުމަކީ ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ. ފުއާދު ވިދާޅުވީ އީސީން އެ މަސައްކަތްތައް ފަށާފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. އެހެންކަމުން މަޖިލީހަށް އެ އިސްލާހުތައް ހުށަހަޅާފައިވާތާ ދުވަސްތަކެއް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން ރިޔާސީ އިންތިޚާބު ބާއްވަން އަހަރަކަށް ވެފައި ވަނިކޮށް، އެ އިންތިޚާބާ ގުޅުންހުރި އިސްލާހުތައް ފާސްކުރުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އިސްލާހުތައް ފާސް ނުވެއްޖެނަމަ އެ އިސްލާހުތައް މި އަހަރު ފާސްކުރުމުގެ ޝައުގެއް އެ ކޮމިޝަނުގެ ނެތްކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އިންތިޚާބާގުޅޭ ގާނޫނަށް ގެންނަ އިސްލާހުތައް އެ ކޮމިޝަނުން ބަލައިގަންނާނެކަަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ފުއާދު ވަނީ، އިންތިޚާބާ ގާތްކޮށްފައި އިންތިޚާބުތަކާބެހޭ ގާނޫނުތަކަށް އިސްލާހު އައުމަކީ އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން، އާއްމުންގެ މެދުގައި، އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެންނަ މަގުސަދާމެދު ނުރަނގަޅު ތަސައްވުރެއް އުފެދުމުގެ ފުރުސަތު އޮތްކަަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފުއާދު ވަނީ، އިންތިޚާބުތަކާ ގުޅުންހުރި ގާނޫނުތަކަށް ގެންނަ އިސްލާހުތައް އިންތިޚާބާ މާ ކައިރިކޮށްފައި ގެނައުމުން އާއްމުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭކަމަށް ބުނެފައެވެ.

އިންތިޚާބާބެހޭ މައި މަރުކަޒުގެ ގޮތުގައި ހައުސިން މިނިސްޓްރީން ދަރުބާރުގެ ހަޖައްސައިދިނުމާއެކު، އެތަން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. އެގޮތުން އެކަންކަމަށް ބޭނުންވާ ފްލޯ ޕްލޭންތައް ނިންމައި، ވޯރކް ޗާޓްތަކާއި، އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބު 2023

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް