Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ އަފްރާޝީމްގެ މަރު

ހުމާމް މަރަން ކުރި ޙުކުމް ރިވިއުކޮށްދޭން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ

8 މެއި 2023 | ހޯމަ 07:45

ޙުކުމް ރިވިއުކޮށްދިނުން އެދި އޭނާގެ ފަރާތުން ހުށައެޅީ މިދިޔަ މަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މެއި 2023 | ހޯމަ 07:45
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ޙުކުމް ކޮށްފައިވާ ހ.ލޮބީ ޙުސައިން ހުމާމް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ޙުކުމް ކޮށްފައިވާ ހ.ލޮބީ ޙުސައިން ހުމާމް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ޙުކުމްކޮށްފައިވާ ހ.ލޮބީ ޙުސައިން ހުމާމް ގެ ފަރާތުން އެ ޙުކުމް ރިވިއުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

ޙުކުމް ރިވިއުކޮށްދިނުން އެދި އޭނާގެ ފަރާތުން ހުށައެޅީ މިދިޔަ މަހުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަދި އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

Advertisement - newsAdvertisement

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 10 ޖަނަވަރީ 2013 ގައެވެ.

މި މައްސަލައިގެ ޝަރީއަތުގައި 2013، ޖަނަވަރީ 20 ވަނަ ދައުވާއަށް އިންކާރު ކުރުމަށްފަހު، 2013، މެއި 22 ވަނަ ދުވަހު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިޢުތިރާފްވިއެވެ.

އަދި އޭގެ ފަހުން، އަނެއްކާވެސް އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލަ ހުމާމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2014، ޖަނަވަރީ 16 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ މި ޙުކުމަށް ހައިކޯޓުން ތާޢީދު ކުރީ 2015، ސެޕްޓެމްބަރ 7 ވަނަ ދުވަހުއެވެ.

އަދި ހައިކޯޓުން ތާޢީދު ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދުކޮށްފައިވަނީ، 2016، ޖޫން 24 ވަނަ ދުވަހުއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ވަގުތެއްގައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ބަޔަކު ވަޅިން ހަމަލާދީފައިވަނީ، 1 އޮކްޓޯބަރ 2012 ދުވަހުގެރޭ 22:00 އިން 23:00 އަށް ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުގައި އަފްރާޝީމް ބައިވެރިވެވަޑައިގަތުމަށްފަހު އެރޭ ދަންވަރު (2 އޮކްޓޯބަރ 2012) 00:09 ހާއިރު ގެއަށް އަފްރާޝީމް ދިރިއުޅުއްވި، ހ. ފުންވިލު ގެއަށް ވަޑައިގަތް ވަގުތުއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2012 ވަނަ އަހަރު ތަހުގީގު ކުރެއްވުމަށްފަހު 3 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުއްވިއެވެ.

އެ 3 މީހުންގެ ތެރެއިން، އަފްރާޝީމް މަރާލުމުގެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވަނީ ހުމާމު އާއި، އިތުރު މީހެއްގެ މައްޗަށެވެ.

ނަމަވެސް މި މައްސަލައިގައި ދެން ދައުވާ އުފުލި މީހާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ. ކްރިމިނަލް ކޯޓުގައި އުފުލުނު ދަޢުވާ އޭނާގެ މައްޗަށް އެ މައްސަލަ ދަށުކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އިސްތިސްނާފު ކޮށްފައެއް ވެސް ނުވެއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަފްރާޝީމް އަވަހާރަ ކޮށްލާފައިވާ މައްސަލަ ތަހުގީގު ކުރަމުން ދެއެވެ. އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ނިންމާފައިވީ ނަމަވެސް، އަދިވެސް ތަހުގީގަށް އިތުރު މައުލޫމާތު ލިބޭވަރަކުން އެކޮމިޝަނުން މިމައްސަލަ ބަލަމުންދާނެ ކަމަށް ބުނެއެވެ.

ޑރ އަފްރާޝީމް އަލީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
15 ޑިސެމްބަރު 2024

ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

15 ޑިސެމްބަރު 2024
ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
23 ސެޕްޓެމްބަރު 2024

ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!

23 ސެޕްޓެމްބަރު 2024
ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!
19 ސެޕްޓެމްބަރު 2024

ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު

19 ސެޕްޓެމްބަރު 2024
ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް