Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަތަރުގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރުމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ގޮވާލައްވައިފި

ކުވެއިތަށްފަހު ޖޯންސަންވަނީ ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ދޯހާއަށް ވަޑައިގެން ޤަތަރުގެ އަމީރާ ބައްދަލުކުރައްވާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ޖުލައި 2017 | އާދީއްތަ 04:21
ޖޯންސަންވަނީ ކުވެއިތުގެ އިތުރުން ގަތަރަށްވެސް ވަޑައިގެންފައި

ޖޯންސަންވަނީ ކުވެއިތުގެ އިތުރުން ގަތަރަށްވެސް ވަޑައިގެންފައި

ގަތަރާއި އިތުރު ހަތަރު ގައުމަކާމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް "މަޝްވަރާތައް" ކުރިޔަށް ގެންދިއުމަށް އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ގޮވާލައްވައިފިއެވެ.

މީގެ އިތުރުން ޖޯންސަން ވަނީ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކުވެއިތުގެ މަސައްކަތައް ކުރައްވާ ތާއީދު ތަކުރާރުކުރައްވާފައެވެ.

ކުވެއިތުގެ ދައުލަތުގެ ނޫސް އޭޖެންސީ ކޫނާއިން ބުނިގޮތުގައި ޖޯންސަން މިހެން ވިދާޅުވީ ކުވެއިތުގެވެރިރަށް ކުވެއިތު ސިޓީއަށް ހޮނިހިރު ދުވަހު ވަޑައިގެން ޚާރިޖީ ވަޒީރުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގައެވެ.

"އަޅުގަނޑަށް ފެންނަ މަންޒަރަކީ ކުރިއެރުން ހޯދޭތަން...އެކަމަކު އަޅުގަނޑު ނެތިން އެއީ އެއްރޭ އެއްދުވާލުންކަމެއް ކަނޑައަޅާކަށް........"

ގަތަރު އަދި އެ ގައުމާމެދު ޚިޔާލު ތަފާތުވެފައިވާ ހަތަތު ގައުމުން އެކުގައި އަދި ބައްދަލުކޮށްފައެއްނުވެއެވެ.

ޖޯންސަންވަނީ އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިމާނުކޮށް ހަމަ ވިސްނުމާއެކު މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.އަދި ދެ ފަރާތުންވެސް މައްސަލަ ފިނި ކުރުމަށްވަނީ ގޮވާލައްވާފައެވެ.

"އަސްކަރިއްޔާ ނެރެންޖެހޭ ހާލަތަށް ދިއުމުގެ ފުރުސަތެއް ނެތް" އޭނާ ވިދާޅުވިއެވެ.

ޖޯންސަން ވަނީ ޓެރެރިޒަމަށް ފައިނޭންސް ކުރުމާ ދެކޮޅަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށް ކުރިޔަށްދާނެ ގޮތްތައް ކުވެއިތުގެ އެކުވެރިންނަށް އަންގައިދީ އެހީތެރިވާކަމަށާއި އެއީ ހަމައެކަނި ގަތަރަށް ނޫންކަމަށާއި އެ ސަރަހައްދުގެ އެކުވެރި ހުރިހާ ގައުމަކަށް ކަމަށް ބުނެފައެވެ.

ކުވެއިތަށްފަހު ޖޯންސަންވަނީ ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ދޯހާއަށް ވަޑައިގެން ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް ޘާނީއާ އެ ގައިމުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

ޤަތަރުގެ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި ޖޯންސަންގެ ދަތުރުފުޅުގައި ގަލްފްގައި މިހާރު އުފެދިފައިވާ މައްސަލައާ ކައުންޓަރ ޓެރެރިޒަމްގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު