Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގައި ޖެހި މީހާ ހަލާކަށް ދޫކޮށްނުލާ!

މި އާދަ ކުޑަކުދިންގެ މެދުގައިވެސް މިއަދު ވަނީ އަށަގަނެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 މެއި 2023 | އާދީއްތަ 12:23
ސިނގެރޭޓު

ސިނގެރޭޓު

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގޯސް އާދަ އިންސާނުންގެ ތެރޭގައި އާންމުވެ، އަށަގަނެފައިވާތާ މިހާރު އެތައް ގަރުނެއް ވަނީ ވެފައެވެ. އެތައް ގަރުނެއް ފަހުން މިއަދުގެ ހާލަތަށް ބަލާއިރު ނުރައްކާ ހިސާބަކަށް މި ކަންތައް ވަނީ ގޮސްފައެވެ. މިހާރު މިކަމުގައި އުޅެނީ ވަކި އުމުރެއްގެ އަދި ވަކި ޖިންސެއްގެ ބައެއްވެސް ނޫނެވެ. އަދި ޒަމާން ބަދަލުވުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތައްވެސް ވަނީ ފުޅާވެގެންގޮސްފައެވެ.

ސިނގިރޭޓުން ފެށިގެން އީ-ސިނގެރޭޓާއި، ޝީޝާ ފަދަ އެތައް ބާވަތެއްގެ އާލާތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރުން މިއަދު ވަނީ އާންމުކަމަކަށް ވެފައެވެ. މިއަދު މިކަން "ކޫލް" ކަމަކަށް ވަނީ ވެފައެވެ. މިއަދު ސިނގެރޭޓެއް ނުވަތަ އީ-ސިނގެރޭޓެއް ނުގެންގުޅޭ މީހަކު މަދެވެ. ކުޑަކުދިންވެސް މިކަމުގެ ތެރެއަށް ވަދެފައިވަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ.

ސިއްހީ ޚިދުމަތްދޭ މީހަކު ގާތުގައި ދުވަހަކުވެސް ނުކުރާނެ އެއް ކަމެއް ފާހަގަކޮށްލަން ބުނީމަ ހަމަގައިމުވެސް އެ ލިސްޓުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނޭނެއެވެ. ހަށިގަނޑުގެ އެކި ގުނަވަންތަކަށް މިކަމުގެ ނުރައްކާ ފޯރައެވެ. ގިނަ ފަހަރަށް ފުރާނައަށް ނުރައްކާ ވެގެންދެއެވެ.

ހަގީގަތުގައި މިއަދު މިކަމުގެ ތެރެއަށް ގިނަ މީހުން ވަންނަނީ ކަމުގައި ހުރި ނުރައްކާ މިންވަރު އެނގިތިބެއެވެ. މިއީ އަދި މާ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ އެނގިތިބެ އަމިއްލަ ނަފުސަށް ގެއްލުންދިނުން ފަދަ ކަމެކެވެ. ހަގީގަތުގައި ކަމުގެ ގެއްލުން އެނގިތިބެވެސް މި ނޯމަލައިޒް ކޮށްލެވެނީ ވަރަށް ގޯސް އާދައެކެވެ.

މިހާތަނަށް ހަދާފައިވާ އެކި ދިރާސާތަކުންނާއި ހޯދުންތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެކި ގުނަވަންތަކަށް ކެންސަރު ޖެހުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބަލި ފަދަ ނުރައްކާތެރި އެތައް ބައްޔަކަށް މަގުފަހިކުރުވާ ކަމެކެވެ.

ކޮންމެ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރިއަސް ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ. އެއްވެސް ބާވަތެއްގެ ދުންފަތެއްގައި ހަށިގަނޑަށް ރައްކާތެރި ފައިދާކުރަނިވި އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެއެވެ. އެގޮތުން އޭސްޓޯން، ޓާޔާ، ނިކޮޓިން އަދި ކާބަން މޮނޮކްސައިޑަކީ ހަށިގަނޑަށް އެތައްގޮތަކުން ގެއްލުންދޭ މާއްދާތަކެވެ.

އެނގިތިބެ އަމިއްލަ ނަފުސަށް މިފަދަ ގެއްލުން ދިނުމަކީ ހެޔޮވާނެ ކަމެއް ނޫނެވެ. އަމިއްލައަށް މަސައްކަތްކޮށްގެން ނޫނި އެހީ ހޯދައިގެންވިޔަސް މިކަމުން ދުރުވާން ޖެހެއެވެ. މި ވަބާއިން އަހަރުމެންގެ ޅަ ކުދިން ސަލާމަތްކުރަންޖެހެއެވެ.

ސިނގިރޭޓްސިއްހަތު

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

07 ނޮވެމްބަރު 2025
ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
22 ސެޕްޓެމްބަރު 2025

މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2025
މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަމަލީ މަސައްކަތް ފަށައިފި
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
31 ޖެނުއަރީ 2025

ސިނގިރެޓް އޮޕަރޭޝަން: 103 ފޮށިގަނޑު އަތުލައިގަތް، ބައެއް ފޮށީގައި ދުންފަތް ހުރި

31 ޖެނުއަރީ 2025
ސިނގިރެޓް އޮޕަރޭޝަން: 103 ފޮށިގަނޑު އަތުލައިގަތް، ބައެއް ފޮށީގައި ދުންފަތް ހުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު