Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޓީއެމް 2023

އޭޓީއެމް 2023ގެ 'ބެސްޓް ސްޓޭންޑް ފީޗާ' އެވޯޑް ރާއްޖެއަށް

މި އެވޯޑަކީ އެންމެ ތަފާތު ސިފަތައް ހުރި، އަދި ފެއަރއަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން އެންމެ ފާހަގަކުރި ސްޓޭންޑް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މެއި 2023 | ހޮނިހިރު 08:42
އޭޓީއެމް 2023 ގައި ބެހެއްޓި ރާއްޖޭގެ ސްޓޭންޑް

އޭޓީއެމް 2023 ގައި ބެހެއްޓި ރާއްޖޭގެ ސްޓޭންޑް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2023 ގައި ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް ފަރުމާކޮށްފައިވާ ސްޓޭންޑު، އޭޓީއެމްގެ 'ބެސްޓް ސްޓޭންޑް ފީޗަރ' އެވޯޑް ކާމިޔާބު ކޮށްފިއެވެ.

މި އެވޯޑް ދިވެހިރާއްޖޭއިން ކާމިޔާބުކޮށްފައި މިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑެތި މަންޒިލްތަކުގެ ސްޓޭންޑްތަކާ ވާދަކޮށްގެންނެވެ. މި އެވޯޑަށް ސެކްޝަން ހަދާފައިވަނީ ސްޓޭންޑްތަކަށް ޒިޔާރަތްކުރި ނަން ހާމަނުކުރާ ޖަޖުންގެ ޕެނަލެއް މެދުވެރިކޮށެވެ. މި އެވޯޑަކީ އެންމެ ތަފާތު ސިފަތައް ހުރި، އަދި ފެއަރއަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން، އެންމެ ޝައުގުވެރިވާ ފަދަ ތަޖުރިބާތައް ހުރިކަމަށް ފާހަގަކޮށްފައިވާ ސްޓޭންޑަށް ހުށަހަޅާފައިވާ އެވޯޑެކެވެ.

Advertisement - newsAdvertisement

މިއީ އޭޓީއެމް 2023 ގައި މި އެވޯޑްތައް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މި އެވޯޑަކީ ފެއަރގައި އެންމެ މަގުބޫލް ސްޓޭންޑެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާ ކުރުމަށް އެމްއެމްޕީއާރުސީއިން ކޮށްފައިވާ މަސައްކަތްތަކުގެ ހެކިތަކެކެވެ.

ދުބާއީގައި ކުރިއަށްދިޔަ މި ފެއަރގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށްފައިވަނީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރީތިކަން ރަމްޒުކޮށްދޭ ތަފާތު ސިފަތައް އެކުލެވޭގޮތަށް، އަދި ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ރީތިކަން، ފުރިހަމައަށް އިހުސާސްކުރެވޭ ގޮތަށް ފަރުމާކޮށް ބިނާކޮށްފައިވާ ސްޓޭންޑެއްގައެވެ. ފަތުރުވެރިކަމުގެ ޑެސްޓިނޭޝަންއެއްގެ ގޮތުގައި ރާއްޖެ ތަފާތުވާ ގިނަ ސިފަތަކެއް މި ސްޓޭންޑުގެ ޑިޒައިންގައި ވަނީ ހިމެނިފައެވެ.

90 ކޯ އެގްޒިބިޓަރ ކައުންޓަރާއި 53 ބ2ީބީ މީޓިންގ މޭޒު ހިމެނޭ ދިވެހިރާއްޖޭގެ ސްޓޭންޑުގައި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތަކާ ގުޅޭ ހަރަކާތްތަކާއި ރާއްޖޭއާ ބެހޭ ކުއިޒްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ވެސް ހުޅުވާލެވުނެވެ. މީގެ އިތުރުން ސްޓޭންޑްގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ އެލްއީޑީ ސްކްރީންތައް ވެސް ބެހެއްޓިފައި ހުއްޓެވެ. ރާއްޖޭގެ ސްޓޭންޑުގައި ހަދާފައިހުރި 360 ޑިގްރީ ވީޑިއޯ ބޫތުގައި ވީޑިއޯ ނެގުމަށް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތައް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރިއެވެ. އަދި ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖޭގެ ތަފާތު ހަދިޔާތައް ހިމެނޭ ގިފްޓް ބޭގްތައްވެސް ހަދިޔާކޮށްފައިވެއެވެ.

އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގެ އިންބައުންޑް އައުޓްބައުންޑް ޓްރެވަލް އިންޑަސްޓްރީގެ ލީޑިންގ އިވެންޓެވެ. މެއި 1ން 4ށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދިޔަ މި ފެއަރގައި އެމްއެމްޕީއާރުސީއިން މި އަހަރު ބައިވެރިވެފައި މިވަނީ މިހާތަނަށް މި ފެއަރގައި ރާއްޖެއިން ބައިވެރިވި އެންމެ ބޮޑު ވަފުދާ އެކުއެވެ.

ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ 90 ކުންފުންޏެއް ތަމްސީލުކުރާ 200 އަށް ވުރެ ގިނަ ޕާޓްނަރުން އެމްއެމްޕީއާރުސީ އާއެކު އޭޓީއެމް 2023 ގައި ރާއްޖެ ޕްރޮމޯޓް ކޮށްފައިވެއެވެ. މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފަތުރުވެރިކަމުގެ ލަގަބު "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ މަގާމު ޖެހިޖެހިގެން ތިން އަހަރު ކާމިޔާބު ކުރުމަށްފަހު ރާއްޖެއިން އޭޓީއެމްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2021

އަލީގެ ތުހުމަތުތަކަށް ރައީސްގެ ސްޓޭންޑް ބަދަލެއް ނުވޭ: "ކޮމްޕްރަމައިޒް ވާނެ ކަމެއް ނޯންނާނެ"

21 ސެޕްޓެމްބަރު 2021
އަލީގެ ތުހުމަތުތަކަށް ރައީސްގެ ސްޓޭންޑް ބަދަލެއް ނުވޭ: "ކޮމްޕްރަމައިޒް ވާނެ ކަމެއް ނޯންނާނެ"
15 އެޕްރީލު 2021

ބީއެމްއެލްއިން ކުޅުދުއްފުށީގެ އޭޓީއެމް ސެންޓަރު އަޕްގްރޭޑްކޮށް ހިދުމަތްދޭން ފަށައިފި

15 އެޕްރީލު 2021
ބީއެމްއެލްއިން ކުޅުދުއްފުށީގެ އޭޓީއެމް ސެންޓަރު އަޕްގްރޭޑްކޮށް ހިދުމަތްދޭން ފަށައިފި
28 އޮކްޓޯބަރު 2019

އަމާޒަކީ 2023ގެ ކުރިން 70 ޕަސެންޓް ރިނިއުބަލް އެނާރޖީއަށް ބަދަލުކުރުން: ފެނަކަ

28 އޮކްޓޯބަރު 2019
އަމާޒަކީ 2023ގެ ކުރިން 70 ޕަސެންޓް ރިނިއުބަލް އެނާރޖީއަށް ބަދަލުކުރުން: ފެނަކަ
16 މެއި 2019

ސަބަބެއް ނެތި ސްޓޭންޑް ބަދަލެއް ނުކުރުން، އެގޮތަށް ހައިކޯޓަކަށް ނުބުނެވޭނެ: ޕީޖީ ބިޝާމް

16 މެއި 2019
ސަބަބެއް ނެތި ސްޓޭންޑް ބަދަލެއް ނުކުރުން، އެގޮތަށް ހައިކޯޓަކަށް ނުބުނެވޭނެ: ޕީޖީ ބިޝާމް
18 ޖުލައި 2018

ހާއްސައެހީ އަށް ބޭނުންވާ މީހުނަށް އީސީގެ އޮފިޝަލުން އެހީތެރިވުމަކީ ދުނިޔޭގެ އަމަލުކުރާ ބެސްޓް ޕްރެކްޓިސް: އީސީ

18 ޖުލައި 2018
ހާއްސައެހީ އަށް ބޭނުންވާ މީހުނަށް އީސީގެ އޮފިޝަލުން އެހީތެރިވުމަކީ ދުނިޔޭގެ އަމަލުކުރާ ބެސްޓް ޕްރެކްޓިސް: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު